Roadha Mihaaru
މެޑްރިޑުން ރޮނާލްޑޯ އާއި ނޭމާ ބަދަލުކުރަނީ؟

މެޑްރިޑުން ރޮނާލްޑޯ އާއި ނޭމާ ބަދަލުކުރަނީ؟

15 ޖެނުއަރީ 2018

މެޑްރިޑް (ޖެނުއަރީ 15) – ރެއާލް މެޑްރިޑުން އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅާފާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖެނުއަރީ 15) – ރެއާލް މެޑްރިޑުން އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅާފާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސެލޯނާ ދޫކޮށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށްވެ އެވެ. އެ ޓީމުން ދުނިޔޭގެ ފެންވަރުގެ ތަރި ނުހޯދާ ދުވަސްތަކެއް ވެފައިވާއިރު އަންނަ ސީޒަނަކީ އެފަދަ ކުޅުންތެރިޔަކަށް އެ ކްލަބުން އިންވެސްޓްކުރާނެ ފަހަރު ކަމަށް ބެލެވެ އެވެ. މެޑްރިޑުން އެ މަސައްކަތް ފަށާނެ ކަމަށް ލަފާކުރެވެނީ ވޯލްޑް ކަޕަށް ފަހު އެވެ.

އަނެއްކޮޅުން ރޮނާލްޑޯގެ ފޯމް ދަށްވުމާ އަދި އޭނާ ވެސް ކްލަބް ދޫކޮށްލަން ބޭނުން ވެސް ވުމާ އެކު މެޑްރިޑުން އޭނާ ވިއްކާލަން ވިސްނަމުން އަންނަ ކަމަށްވެ އެވެ. އެހެންވެ ނޭމާ ގެނައުމަށް މަގުފަހިކުރުމަށްޓަކައި، އެ ޑީލުގެ ދަށުން ޕީއެސްޖީ އަށް ރޮނާލްޑޯ ދޭން މެޑްރިޑުން އެއްބަސްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ސީޒަނުގައި ނޭމާ ބާސެލޯނާ ދޫކޮށްދިޔައީ އެ ޓީމުގައި ލިއޮނަލް މެސީ ހުރުމުން އޭނާ އަށް އެ ޓީމުގެ އެންމެ މުހިއްމު މަގާމް ނުލިބޭތީ ކަމަށް އޭރު ވާހަކަދެކެވުނެވެ. އެކަމަކު ޕީއެސްޖީގައި އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަން އެންމެ އެކަށީގެންވާ ކްލަބް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭއިރު ނޭމާ މެޑްރިޑަށް ދިއުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އަމުދުން ރޮނާލްޑޯ ނެތް ނަމަ މެޑްރިޑުގައި ނޭމާ އަށް އެންމެ މުހިއްމު މަގާމް ލިބޭނެ އެވެ.

ނޭމާ ޕީއެސްޖީ އަށް ބަދަލުވި ދުވަސްވަރު ވެސް ވަނީ، އޭނާ އެ ޓީމަށް ބަދަލުވީ ބާސެލޯނާ އިން ސީދާ މެޑްރިޑަށް ބަދަލުވާން ބޭނުންނުވާތީ އެހެން ކްލަބެއްގައި ހުރެފައި މެޑްރިޑަށް ބަދަލުވާން ކަމަށް އަޑުއަރައިފަ އެވެ.