14 ޖެނުއަރީ 2018
އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެކި ފަރާތްތަކާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފި އެވެ.
އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެކި ފަރާތްތަކާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފި އެވެ.
މިދިޔަ ހަފުތާގައި ސިވިލް ކޯޓުގައި މީރާއިން ދައުވާކުރީ 15 ފަރާތަކާ ދެކޮޅަށެވެ. އޭގެ ތެރޭގައި ކުންފުނިތަކާއި ވަކިވަކި ފަރުދުން ވެސް ހިމެނެ އެވެ. އެ ހުރިހާ މައްސަލަތަކެއްގައި ދައުލަތަށް ހޯދަން އެދޭ ފައިސާގެ ޖުމްލަ އަދަދު 22 މިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ.
މީރާ އިން މިފަހަރު ދައުވާކުރި މައްސަލަތަކުގައި ހިމެނެނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބީޕީޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ފައިސާ އެވެ. އެ ހުރިހާ މައްސަލަތަކެއް ވެސް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
ޓެކްސް ނުދައްކައިގެން ގިނަ ފަރާތްތަކެއްގެ މައްސަލަ މިހާރު ވެސް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިތުރުން، ފައިސާ ހޯދުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ގިނަ ފިޔަވަޅުތަކެއް މީރާއިން އަޅަ އެވެ. އެގޮތުން އެކައުންޓް ފްރީޒްކޮށްގެން ފައިސާ ނެގުމާއި ދައުލަތުގެ އިދާރާތަކުން އެ ފަރާތްތަކަށް ޚިދުމަތް ދިނުން ހުއްޓާލުމުން ފަދަ ފިޔަވަޅުތައް ވެސް އަޅަ އެވެ.
ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ ކޯޓަށް
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ލިބިއްޖެ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން
މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ލިބުނު
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ޓެކްސްގެ ގޮތުގައި 2.8 މިލިއަން ދައްކަން ހުކުމްކޮށްފި
ޓެކްސް ނުދައްކައިގެން 12 ފަރާތެއްގެ މައްސަލަ ކޯޓަށް
ހުކުމާ އެއްގޮތަށް ޓެކްސް ނުދެއްކި ބަޔަކު ގޭ ބަންދަށް
ޓެކްސްގެ ގޮތުގައި 1.9 މިލިއަން ދައްކަން ހުކުމްކޮށްފި