Roadha Mihaaru
އެންމެ ބޮޑު އާމްދަނީއެއް ޓޭލާ ސްވިފްޓަށް

މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ލަވަކިޔުންތެރިޔަކީ ޓޭލާ ސްވިފްޓް

13 ޖުލައި 2016

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ލަވަ ކިޔުންތެރިޔާގެ މަގާމާ އެކު ފޯބްސް މަޖައްލާގެ އަހަރީ ލިސްޓްގެ އެއް ވަނަ އެމެރިކާގެ ޒުވާން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ލަވަ ކިޔުންތެރިޔާގެ މަގާމާ އެކު ފޯބްސް މަޖައްލާގެ އަހަރީ ލިސްޓްގެ އެއް ވަނަ އެމެރިކާގެ ޒުވާން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހޯދައިފި އެވެ.

ޓޭލާ، 26، އަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 170 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭނާގެ އަލްބަމް "1989" އިން އެކަނި ވެސް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެ އެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވިޔަފާރި އެންމެ ރަނގަޅު އަލްބަމް ވެސް މެ އެވެ.

ފޯބްސްގެ އާމްދަނީގެ ލިސްޓަށް ބަލާ އިރު ލިސްޓްގެ ދެވަނާގައި އޮތީ އިނގިރޭސި ބޭންޑް ވަން ޑިރެކްޝަން އެވެ. އެއީ 110 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

ލިސްޓަށް އިތުރަށް ޖެހިލާ އިރު، ޓޭލާއާ ވާދަވެރިކަން އޮންނަ ލަވަ ކިއުންތެރިންގެ ތެރެއިން އެޑެލް އޮތީ ލިސްޓްގެ ނުވަ ވަނައިގަ އެވެ. އެއީ 80.5 މިލިއަން ޑޮލަރާ އެކުގަ އެވެ.

ޕޮޕް ލަވައިގެ ރާނީގެ ގޮތުގައި މަޝްހޫރު މެޑޯނާ އޮތީ 76.5 މިލިއަން ޑޮލަރާ އެކު ލިސްޓްގެ 12 ވަނައިގަ އެވެ.

ތޭރަ ވަނާގައި އޮތީ ރިހާނާ އެވެ. އެއީ 75 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ. އަދި 14 ވަނާގައި އޮތީ ކެޓީ ޕެރީ އެވެ. އެއީ 41 މިލިއަން ޑޮލަރާ އެކުގަ އެވެ.