09 ޖެނުއަރީ 2018
ދުނިޔޭގެ ކިތަންމެ ޖަމިއްޔާ ޖަމާއަތްތަކާއި، އަދި ދޭދޭ ޤައުމުތަކުގެ އިދާރާތަކަށް، ދިވެހިރާއްޖެއާ ގުޅޭ ގޮތުން ލިބެނީ ކަންބޮޑުވާ ފަދަ މައުލޫމާތެވެ. ދިވެހިރާއްޖެ މިއަދު ފާހަގަވަމުން އަންނަނީ ކަޅު ފައިސާ ދައުރުކުރާ މަރުކަޒެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލި، ދިވެހި އިޤްތިޞާދު ބިކަ ހާލުގައި ޖެހުމަށް މަގުފަހިވަނީ އެވެ. ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއަރަމުން އަންނަ މިންވަރު ހަ ޕަސެންޓަށް ދަށްވެއްޖެ އެވެ. މިއީ ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއަރުމުންދާ މިންވަރާ އަޅާބަލާ ނަމަ އަމްދުން އަދި މާ ދަށް މިންވަރެކެވެ.
ދުނިޔޭގެ ކިތަންމެ ޖަމިއްޔާ ޖަމާއަތްތަކާއި، އަދި ދޭދޭ ޤައުމުތަކުގެ އިދާރާތަކަށް، ދިވެހިރާއްޖެއާ ގުޅޭ ގޮތުން ލިބެނީ ކަންބޮޑުވާ ފަދަ މައުލޫމާތެވެ. ދިވެހިރާއްޖެ މިއަދު ފާހަގަވަމުން އަންނަނީ ކަޅު ފައިސާ ދައުރުކުރާ މަރުކަޒެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލި، ދިވެހި އިޤްތިޞާދު ބިކަ ހާލުގައި ޖެހުމަށް މަގުފަހިވަނީ އެވެ. ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއަރަމުން އަންނަ މިންވަރު ހަ ޕަސެންޓަށް ދަށްވެއްޖެ އެވެ. މިއީ ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއަރުމުންދާ މިންވަރާ އަޅާބަލާ ނަމަ އަމްދުން އަދި މާ ދަށް މިންވަރެކެވެ.
މެލޭޝިޔާ ރައްޔިތެއް ކަމަށްވާ، ތަން ކުއަން ޔޫ، ދިވެހި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި އަދި މެލޭޝިޔާގެ ބައެއް ވިޔަފާރިވެރިންނަށް އެޑްރެސްކޮށް ފޮނުވި އީމޭލްތަކެއް އާންމުވެގެން އައީ، "ސްޓީލިން ޕެރަޑައިޒް" ޑޮކިއުމެންޓްރީ ފިލްމުންނެވެ. އަލްޖަޒީރާ ސްޓޭޝަންގެ އުފެއްދުމެކެވެ.
އެފިލްމުން ފެންނަ އެއް އީމޭލްއެއްގައި ހިމެނެނީ 20 ޑިސެންބަރު 2014 ވަނަ ދުވަހުގެ ތާރީހުގައި މި ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސް އަށް އެޑްރެސް ކޮށްފައި ވާ ސިޓީއެކެވެ. ތަން ކުއަން ޔޫގެ މި އީމޭލްގައި އޭނާ ބުނަނީ، "އަހަރުމެންގެ މައިގަނޑު އެއް ޕްރިންސިޕަލްއާ އެކު ވަރަށް ޝައުޤުވެރިކުރަނިވި ކުރިއެރުމެއް ލިބިފައިވެއެވެ. މި ބަލަނީ އަހަރުމެންގެ ފަންޑުގެ ބޮޑު ބައެއް، ނަގުދު ފައިސާއިންނާއި ސްވިފްޓް ޓްރާންސްފަ އިން ޔޫރޯ އަދި އެމެރިކާ ޑޮލަރު، ބޭންކް އޮފް މޯލްޑިވްސްއަށް ބަދަލުކުރުމަށެވެ."
އޭނާ އިތުރަށް ލިޔަނީ، "ފުރަތަމަ ބައިގައި، 500 މިލިއަން ޔޫރޯ ނުވަތަ އެއާ އެއްވަރަށް އެމެރިކާ ޑޮލަރުގެ މުޢާމަލާތެއް ކުރުމަށް އަހަރުމެން ވިސްނަން" ކަމަށެވެ. ލިއުންތަކުން މާ ބޮޑަށް ސާފުވާ ގޮތުގައި ފައިސާގެ ފުރަތަމަ ޝިޕްމަންޓު ފޮނުވާން ނިންމާފައި އޮތީ 11 ޖެނުއަރީ 2015 ވަނަ ދުވަހުއެވެ.
ފައިސާ ފޮނުވުމުގެ ކުރީގައި ތަން ކުއަން ޔޫ ވަނީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ގޮތަށް ޓްރަސްޓު ކުންފުންޏެއް އުފައްދާފައެވެ.
އީމެއިލްގައި، ތަން ކުއަން ޔޫ އިންވެސްޓްމަންޓުތަކަށް ހުއްދަ ދޭ ލިޔުން އޮންނަންވީ ގޮތް ދިވެހި ސަރުކާރަށް ކިޔައިދެއެވެ. އޭނާ ލިޔަނީ، "އަހަރެންގެ ޕްރިންސިޕަލް އެދުނީ އަހަރުމެންގެ ޝައުޤުވެރިކަން ފާޅުކުރާ ލިޔުމުގެ ކޮޕީއެއް ތިޔަ ފަރާތަށް ފޮނުވައި، ދިވެހި ސަރުކާރުގެ ކިބައިން ޔަޤީންކަން ހޯދުމަށެވެ... ފައިނޭންޝަލް މިނިސްޓަރަށް އޮތް އެ ސިޓީގެ ޑްރާފްޓް ކޮޕީއެއް އެޓޭޗްކޮށްފައިވާނެ އެވެ. އޭގައި، އަހަރުމެން އެދޭ ގޮތް އޮންނާނެއެވެ."
ތަން ކުއަން ޔޫ ބުނެފައިވާ ގޮތަށް ލިއެފައިވާ ސިޓީއެއް ފެންނާން އެބަ އޮތެވެ. ޑިސެންބަރު 22، 2014 ވަނަ ދުވަހުގެ ތާރީޙްގައި ލިއެފައި އޮތް ސިޓީއެކެވެ. ސިޓީ ފޮނުވާފައި އޮތީ، އެސް.ޓީ އެންޑް އޭ މެލޭޝިޔާގެ ރޮސިހާން ޔަކުބްއަށެވެ. ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އިންނެވެ. ސޮއި ކުރައްވާފައިވަނީ މިނިސްޓަރެވެ. މިނިސްޓަރުގެ ސިޓީ، 15 ޑިސެމްބަރު 2014 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއަކާ ހަވާލާދީ، މރ. ރޮސިހާންއަށް ޝުކުރު ދަންނަވައެވެ. ސިޓީގައި ފިނޭންސް މިނިސްޓްރީން ޔަޤީންކަން އަރުވަނީ، "ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ދިވެހިރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްއެއް ކުރުމަށް މަގުފަހިކޮށް ދޭނެ ކަމަށެވެ. ތިޔަ ފަރާތުގެ އިންވެސްޓްމަންޓް ފަންޑު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދިވެހިރާއްޖެ ގެނެވިދާނެ ކަމުގެ ޔަޤީންކަމެވެ." ސިޓީ ނިންމާލަމުން "ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި މި އިންވެސްޓްމަންޓް ކުރުމަށް މަރުޙަބާ" ކިޔާފައިވެ އެވެ.
ފަސް ސަތޭކަ މިލިއަން ޔޫރޯ ނުވަތަ އެ އަދަދުގެ އެމެރިކާ ޑޮލަރު ރާއްޖެ އެތެރެކުރުމުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ފެންނާން އޮތް އިތުރު ލިއުމަކީ، 30 ޑިސެމްބަރު 2014 ވަނަ ދުވަހު ތަން ކުއަން ޔޫ ފޮނުވާފައިވާ އީމެއިލްއެވެ. އެ އީމޭލްގައި އެސްޓީ އެންޑް އޭ ލަބުއާންގެ 100 ޕަސެންޓް ސަބްސިޑިއަަރީއެއްގެ ގޮތުގައި އެސް.ޓީ އެންޑް އޭ މޯލްޑިވްސް އުފެއްދުމަށް ތަން ކުއަން ޔޫ އެދިފައިވެއެވެ. ކުރިއަށް އޮތް ވިޔަފާރީގެ ބޭނުމުގައި ކުންފުނި އުފައްދަނީކަމަށް ބުނެފައިވެއެވެ. އެސް.ޓީ އެންޑް އޭ މެލޭޝިޔާއަކީ މި މުޢާމަލާތުގައި އިންވެސްޓްކުރާ ކުންފުންޏެވެ.
ތަން ކުއަން ޔޫ ފޮނުވާފައިވާ އިތުރު އީމެއިލްއެއްގައި އޭނާ ބުނަނީ، 13 ޖަނަވަރީ 2015 ވަނަ ދުވަހު، ތަން ކުއަން ޔޫ އާއި މރ. ހާންސް، ސިންގަޕޫރުން މާލެއަށް ދަތުރު ކުރާނެ ކަމަށާއި، އެމީހުންނާ އެކު މަސައްކަތްކުރާ، ފައިޒާން ޙަސަން އަދި ޢަބްދުލް ހާދީ ކުއަލަ ލަމްޕޫރުން މާލެ އަންނާނެ ކަމަށެވެ. ތަން ކުއަން ޔޫ ދައުލަތުގެ ވަޒީރުންނާ ބައްދަލުކުރުމަށް އެދޭކަމަށް ވެސް އީމޭލްގައި ބުނެފައިވެއެވެ. އެއީ "ފުރަތަމަ މުޢާމަލާތް ފައިނަލައިޒް ކުރުމަށް" ކަމަށެވެ.
"ވިސްލް ބްލޯވާސް" ވެބްސައިޓްގައި ފައީޒާން ހަސަންގެ ނަން ހިމެނޭ ގޮތަށް މަނީ ލޯންޑަރިންގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ޝާއިޢުކުރިއެވެ. އެ ރިޕޯޓުގައި 11 ޖެނުއަރީ 2015 ވަނަ ދުވަހު ހިނގާފައިވާ މުޢާމަލާތަކަށް ޙަވާލާދީފައިވެއެވެ. އެއީ، 500 މިލިއަން ޔޫރޯ ނުވަތަ އެ އަދަދުގެ އެމެރިކާ ޑޮލަރު ރާއްޖެ އެތެރެކުރުމުގެ މަޝްވަރާގައި ބުނާ ތާރީޚެވެ. ފައިސާގެ ފުރަތަމަ ޝިޕްމަންޓު ފޮނުވާން ނިންމާފައި އޮތް، 11 ޖަނަވަރީ 2015 ވަނަ ދުވަހުއެވެ. މި ރިޕޯޓުގައި "އިންވެސްޓްމަންޓަށް ފައިސާގެ ފަންޑު ބަދަލުކުރުމާ ގުޅޭ އެއްބަސްވުން" ހިމަނާފައިވެއެވެ. "ޕްރޮޖެކްޓްތައް ހިއްސާވާ ރޭޝިއޯ" ހަ ފަރާތެއްގެ މައްޗަށް ބެހިފައިވާކަމަށް ބުނެއެވެ. ފަންޑުގެ 25 ޕަސެންޓް އޮތީ އެސް.ޓީ. އެންޑް އޭ. މެލޭޝިޔާއަށެވެ. އެސް.ޓީ. އެންޑް އޭ މެލޭޝިޔާގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ މަލާޔަން ބޭންކިންގ ބަރްހާދްގައި ކަމަށާއި، އެކައުންޓުގެ ފުރިހަމަ ތަފްޞީލުތައް "ވިސްލް ބްލޯވާސް" ވެބްސައިޓުގައި ފެންނަން އެބަ ހުއްޓެވެ. ވެބްސައިޓުގައިވާ ޑޮކިއުމަންޓުގައި އެސް.ޓީ. އެންޑް އޭ މެލޭޝިޔާ ތަމްޞީލުކުރާ އަދި ކުންފުނީގެ ފަރާތުން ސޮއިކުރާ ފަރާތަކީ ފައިޒާން ޙަސަން ކަމަށާއި، ފައިޒާން ޙަސަން ސޮއިކުރުމުން ހެއްކެއް ގޮތުގައި ހުންނަނީ ޢަބްދުލް ހާދީ ކަމަށް އޮވެއެވެ. ފައިޒާން ޙަސަންގެ ޕާސްޕޯޓުގެ ކޮޕީއެއް ވެސް ހިމަނާފައި އޮވެއެވެ. އޭނާއަކީ އެސް.ޓީ. އެންޑް އޭ މެލޭޝިޔާގެ ބޭންކް އެކައުންޓްތަކުގެ ޖޮއިންޓް ސިގްނޭޓޮރީއެއްވެސްމެއެވެ. ފައިޒާން ޙަސަން އާއި ޢަބްދުލް ހާދީ އަކީ އެސް.ޓީ. އެންޑް އޭ މޯލްޑިވްސް އާއި ކުންފުނީގެ ބޭންކް އެކައުންޓް ހިމެނޭ ގޮތަށް ޑައިރެކްޓަރުން/ސިގްނެޓޮރީޒްއެވެ. ތަން ކުއަން ޔޫ ސާފުކޮށްދޭ ގޮތުގައި، 500 މިލިއަން ޔޫރޯ ނުވަތަ އެއަދަދުގެ އެމެރިކާ ޑޮލަރު ރާއްޖެ އެތެރެކުރުމުގެ ކަންކަމާ ގުޅިގެން، ފަންޑު ބަދަލުކުރުމަށްޓަކައި އެމީހުންގެ ބައިވެރިވުން އޮވެއެވެ.
އަޅުގަނޑުގެ މި މަޒުމޫނުގައިވާ ގިނަ މަޢުލޫމަތަކީ ޢާންމު މަޢުލޫމާތެވެ. ތަން ކުއަން ޔޫގެ އީމޭލްތަކަކީ އަލްޖަޒީރާ ޑޮކިއުމަންޓްރީ އިން ލިބެން ހުރި މަޢުލޫމާތެވެ. ފުލުސް އޮފީހުންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކުން މި މައްސަލަ ބަލާ ތަހުޤީގު ކުރުން މުހިންމުވަނީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށް، ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ މައްޗަށް އިތުބާރު ހިފެން ޖެހޭ ކަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ދޭތެރެ ދޭތެރެއިން އެކި މައުލޫއުތަކަށް މަޒުމޫން ލިއުއްވަމުންނެވެ. އެއިން ކޮންމެ ލިއުމެއްގައި އެވަނީ އެމަނިކުފާނުގެ އަމިއްލަ ހިޔާލުފުޅެވެ. އެއީ މި ނޫހުން އެކަންކަމާ މެދު ދެކޭ ގޮތެއް ނޫނެވެ.
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ
އިތުރަށް ޗާޕްކުރި ފައިސާ އެމްއެމްއޭއިން ހިފަހައްޓަނީ
ޑޮލަރު ރިޒާވް އިތުރުކުރާނަން، ރައްޔިތުންނަށް ބުރަނުވާނެ
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޓެލެތޯނުން ލިބުނު ފައިސާ އަންރުއާއާ ހަވާލުކޮށްފި
ބައެއް އެމްޑީން ނަގަނީ އެމްއެމްއޭގެ ތެރެއިން
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު