27 ޑިސެމްބަރ 2017
މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ ސަރަހައްދުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދޭ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލެ އަށް ދަތުރުކުރާ މީހުން ބޭނުންކުރާ ޓާމިނަލްގެ ޖާގަ ބޮޑުކުރަނީ އަންނަ އަހަރު ހުޅުމާލެއަށް މީހުން އިތުރުވާނެތީ، ދަތުރުކުރާ މީހުންނަށް ފަސޭހަ އިންތިޒާމް ތަކެއް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ޓާމިނަލްގެ ކުރިމަތިން އޮންނަ ހުސް ޖާގަ ހިޔާކޮށް، މީހުން މަޑުކޮށްލައިގެން ތިބޭ ސަރަހައްދު ބޮޑުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ ހުޅުމާލޭގައި ހުންނަ ޓާމިނަލަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނެސްފައި. މިހާރު ފަށައިގެން މިއުޅެނީ މާލޭގައި ހުންނަ ޓާމިނަލަށް ގެންނަން ޖެހޭ ބަދަލުތައް. އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ ޓާމިނަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޓާމިނަލްގެ ލައުންޖް އޭރިއާ ބޮޑުކޮށް، އިތުރު އިލެކްޓްރޯނިކް ގޭޓްތައް ހަރުކުރުން ހިމެނެ އެވެ. އަދި އޭސީ ފެރީން ދަތުރުކުރާ މީހުންނަށް ވެސް ދަތުރުކާޑު ބޭނުންކުރެވޭނެ އިންތިޒާމް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އިތުރުން ނަސަންދުރަ ކުރިމަތީގައި އޮންނަ ހުރަސް ތޮއްޓާ ދިމާލަށް ފެރީ ކައިރިކުރެވޭނެ ގޮތް ހަދަން ވަނީ ނިންމާފައި. އަދި އެ ހިސާބުން ފެށިގެން ފެރީ ޓާމިނަލާ ދެމެދު ހިޔާކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަސަންދުރާ ކުރިމަތީގައި ހަދާފައިވާ ތޮށިގަނޑު ކައިރިއަށް ފެރީ ގާތް ކުރެވޭނެ ގޮތް ހެދުމުން، އެއްފަހަރާ ތިން ފެރީއަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
ހުޅުމާލެ އަށް ދަތުރުކުރާ ފަސިންޖަރުންނަށް ޓާމިނަލްގައި ފަސޭހަ އިންތިޒާމްތަކެއް އެމްޓީސީސީން ހަމަޖެއްސުމުގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދުގައި ސައިކަލް ޕާކުކުރަން އޮތް ޖާގަތައް ނަގަމުންދާ މައްސަލަ ވަރަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެގޮތުން ނަސަންދުރަ އިމާރާތްކުރަމުންދާތީ ފެރީ ޓާމިނަލް ކުރިމަތިން އޮންނަ ގޯޅީގައި ޕާކުކުރުން މަނާކޮށްފައިވާއިރު ފެރީ ޓާމިނަލް ކުރިމަތިން އޮންނަ ޕާކިން ޒޯނު ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ޕާކުކުރަން ދީފައިވާ އެހެން ޒޯންތަކުގެ ޖާގަތައް ވެސް ކުޑަކޮށްފައިވާ މައްސަލަ ވަރަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ބޮޑު ފެރީ ނެތުމުން ޓާމިނަލަށް ބާރުބޮޑުވެފައި
ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ނަޖިސް ލީކުވަނީ
ޓެކްސީތައް ހުޅުމާލޭ ފެރީ ޓާމިނަލަށް ވަނުން މަނާކޮށްފި
ހުޅުމާލެ އަށް އޭސީ އިތުރު ފެރީއެއް ފަށައިފި
ފެރީ ޓާމިނަލްގެ ޕާކިން ޒޯން ހުސްކުރަނީ
އެމްޓީސީސީ ފެރީ ދަތުރުތައް އެއްގަޑިއިރަށް މެދުކަނޑާލަނީ
ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ސްޓޮޕެއް
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ
ހުޅުމާލޭގެ މީހުންގެ ޝަކުވާ އަޑުއަހާނަން: ރައީސް
ހުޅުމާލޭގެ ފޭސް ދެއަކަށް ހާއްސަ 15 ބަސް ގެނެސްފި