03 ޖެނުއަރީ 2018
ހުޅުމާލޭ ފެރީ ޓާމިނަލަށް ދާ ޓެކްސީތައް ޓާމިނަލް ސަރަހައްދަށް ވަނުން މަނާކޮށް، ފަސިންޖަރުން އަރުވައި ބޭލުމަށް ބޮޑުތަކުރުފާނު މަގުގައި ޓެކްސީތައް މަޑުކުރާ ގޮތަށް ހަމަޖެއްސުމުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހެން ފަށައިފި އެވެ.
ހުޅުމާލޭ ފެރީ ޓާމިނަލަށް ދާ ޓެކްސީތައް ޓާމިނަލް ސަރަހައްދަށް ވަނުން މަނާކޮށް، ފަސިންޖަރުން އަރުވައި ބޭލުމަށް ބޮޑުތަކުރުފާނު މަގުގައި ޓެކްސީތައް މަޑުކުރާ ގޮތަށް ހަމަޖެއްސުމުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހެން ފަށައިފި އެވެ.
ހުޅުމާލެ އަށް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީން ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ފަހު ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޓާމިނަލްގެ ގޯތި ތެރެ އަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. އޭގެ ބަދަލުގައި ބޮޑުތަކުރުފާނު މަގުގައި ޓެކްސީތަކަށް ހާއްސަ ޒޯނެއް ހެދި ނަމަވެސް، އެ ތަނުގައި މަޑު ކުރުމުގެ ބަދަލުގައި ޓާމިނަލަށް ވަންނަ ދޮރުމައްޗަށް މަޑުކުރުމުން ބާރު ބޮޑު ގަޑިތަކުގައި ތޮއްޖެހި އެތައް ބަޔަކަށް އޭގެ އުނދަގޫ ކުރިމަތިވެ އެވެ.
އެމްޓީސީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓާމިނަލްގެ ގޯތި ތެރެ އަށް އުޅަނދުތަކަށް ނުވެދެވޭ ގޮތަށް ހެދީ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރާ އިރު މަސައްކަތަށް ދަތިވާނެތީ ކަމަށެވެ.
"ގިނަ ފަހަރަށް ޓެކްސީތައް އައިސް މަޑުކުރަނީ ކްރޮސް ޖަހާފައި ހުންނަ ތަނުގެ ތެރޭގައި. އެ ތަނުގައި މަޑުކުރާތީ ޓްރެފިކަށް އުނދަގޫ ވަނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އަލަށް ހެދި ޓެކްސީ މަޑުކުރާ ޒޯން. އެ ތަން ހެދި ނަމަވެސް ގިނަ ޓެކްސީތައް މަޑުކުރަނީ ޓާމިނަލަށް ވަންނަ ދޮރުމަތީގައި. ފޮޓޯ: ނިޝާން އަލީ /މިހާރު
އެ އޮފިޝަލް ވިދާޅުވީ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ނިމުމުން އުޅަނދުތަކަށް ގޯތި ތެރެ އަށް ވަދެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.
"އޭރުން ނުޖެހޭނެ މަގުމަތީގައި ޓެކްސީތައް މަޑުކުރާކަށް. މިހާރު މި ގެނައި ބަދަލަކީ ވަގުތީ ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވުމުން ފެރީ ޓާމިނަލަށް ބާރު ބޮޑުވާނެތީ ޖާގަ ބޮޑު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މި މަހުގެ ތެރޭގައި ނިންމަލެވޭތޯ މަސައްކަތްކުރާ ކަމަށެވެ.
މާލޭގެ ޓާމިނަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޓާމިނަލްގެ ލައުންޖްތައް ބޮޑުކޮށް، ނަސަންދުރަ ކުރިމައްޗަށް ބައެއް ފެރީތައް ކައިރިކުރެވޭ ގޮތް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ އަށް އޭސީ އިތުރު ފެރީއެއް ފަށައިފި
ހުޅުމާލޭގެ އާބާދީ ބޮޑުވަނީ، ފެރީ ނިޒާމު ސުމެއް!
އިތުރު ދެ އޭސީ ފެރީ މިމަހު ބޭނުންކުރަން ފަށަނީ
ބޮޑު ފެރީ ނެތުމުން ޓާމިނަލަށް ބާރުބޮޑުވެފައި
އެމްޓީސީސީ ފެރީ ދަތުރުތައް އެއްގަޑިއިރަށް މެދުކަނޑާލަނީ
އެމްޓީސީސީ: އެންމެ ބޮޑު ބޮލުރިހުމަކީ ދަތުރުފަތުރު!
ހެލްމެޓާ އެކު، ފެރީތަކަށް ބާރު ބޮޑުވެއްޖެ!
ހުޅުމާލެ ފެރީ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި
ހުޅުމާލޭ ސައިކަލް ފެރީގެ ހިދުމަތް ހުއްޓާލައިފި
ހުޅުމާލެ ފެރީ ތާވަލު ބަދަލު ކުރާނީ މަހެއް ފަހުން