23 ޑިސެމްބަރ 2017
އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ތަފާތު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދީ، ކަންކަމުގައި އިސްނަގާ ބަޔަކަށް އެމީހުން ހެދުމަށްޓަކައި މެޕްސް ކޮލެޖުގެ ދަރިވަރުން ޚާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.
އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ތަފާތު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދީ، ކަންކަމުގައި އިސްނަގާ ބަޔަކަށް އެމީހުން ހެދުމަށްޓަކައި މެޕްސް ކޮލެޖުގެ ދަރިވަރުން ޚާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.
"ހިއްސާ - ތަރައްގީގެ ދަންމަރު ޒުވާނުންނަށް" ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް ފައްޓަވައި ދެއްވީ، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.
މިއީ ޒުވާނުންނަށް ޚާއްސަ ކޮށްގެން މެޕްސްގެ ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން، ޓޯކް ޝޯ އާއި މަސައްކަތު ބައްދަލުވުންތައް އަދި މުހިއްމު ތަންތަނަށް ޒިޔާރަތް ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
ހިއްސާ ހަރަކާތާ ގުޅޭގޮތުން މެޕްސް ކޮލެޖުގެ ދެ ދަރިވަރުން މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް ވަނީ، ޒުވާނުންނަށް ޚާއްސަ ކޮށްގެން މެޕްސް ކޮލެޖުގެ ދަރިވަރުން ޕްރޮގްރާމެއް ފެށީތީ ޝުކުރު ދަންނަވައިފަ އެވެ. އަދި އެއީ ކޮލެޖަކުން ޒުވާނުންނަށް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިރުތިޝާމް ވިދާޅުވީ މެޕްސްގެ ދަރިވަރުންގެ މި ހަރަކާތަށް ޔޫތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާއަކުން ވެސް އެއްބާރުލުން ލިބޭނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭ ފަންތީގައި ދިރާސާ ކުރެވޭނެ ފުރުސަތުތައް ކޮލެޖާއި ޔުނިވަސިޓީތަކުގެ ދަރިވަރުންނަށް ކުރިއަށް އޮތްތަނުގައި ލިބޭނެ ކަން އިރުތިޝާމް ފާހަގަކުރެއްވި އެވެ.
މި ހަރަކާތްތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޔޫތު ލީޑާސް ނެޓްވޯކްގެ ރައީސް ހަސަން ފަރުހާން މުހައްމަދު ވިދާޅުވީ "ހިއްސާ" ހަރަކާތުގައި ހުރިހާ ޒުވާނުންނަށް ވެސް އޮންލައިން ކޮށް ފޯމު ފުރައިގެން ބައިވެރިވެވޭނެ ކަމަށެވެ.
ހިއްސާ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓާރު އިރުތިޝާމް ވާހަކަދައްކަަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޒުވާނުންގެ ހުނަރު ތަރައްގީކޮށް ތަޖުރިބާކާރުންގެ މައުލޫމާތު ހިއްސާކުރަން ބާއްވާ އެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވަނީ 10 ސެޝަނެވެ. އެ ސެޝަންތަކުގެ ތެރޭގައި ތަފާތު މައުލޫއަށް، އެ ދާއިރާތަކުގެ ތަޖުރިބާކާރުން ވާހަކަ ދައްކާނެ ކަމަށް ފަރުހާން ވިދާޅުވި އެވެ.
"ހިއްސާ" ގެ ފުރަތަމަ ހަރަކާތް މިއަދު ވަނީ ބާއްވައިފަ އެވެ. މިއަދުގެ ހަރަކާތް ޚާއްސަ ކޮށްފައި އޮތީ ކަސްރަތާއި ދުޅަހެޔޮ ސިއްހަތާ ގުޅޭ ގޮތުންނެވެ.
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ގިނަ ޒުވާނުން ކިޔެވީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނު
"ތައުލީމާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދަން ޖެހޭ"
ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު
ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި
ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޒުވާނުންގެ އެވޯޑަށް 40 އަށް ވުރެ ގިނަ މީހުން
"ކުޅިވަރު ކުރިއަރުވަން ބޭނުންވާ ބޭރުގެ އެހީ ލިބޭނެ"
ތިނަދޫގައި ސްވިމިން ޓްރެކެއް އަޅައިފި