09 ފެބުރުއަރީ 2018
ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާއެކު، ރާއްޖޭގައި މިހާތަނަށް ބާއްވާ ވަޒީފާގެ އެންމެ ބޮޑު ފެއާ، ޔޫތު ޗެލެންޖު ރޭ ފަށައިފި އެވެ.
ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާއެކު، ރާއްޖޭގައި މިހާތަނަށް ބާއްވާ ވަޒީފާގެ އެންމެ ބޮޑު ފެއާ، ޔޫތު ޗެލެންޖު ރޭ ފަށައިފި އެވެ.
ޔޫތު ޗެލެންޖު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އެ ފެއާގައި ބައިވެރިވެފައިވާ ކުންފުނިތަކާއި ޖަމިއްޔާތަކާއި ރިސޯޓުތަކުން 800 އެއްހާ ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.
ޔޫތު މިނިސްޓްރީން ރޭ ފެށި ޔޫތު ޗެލެންޖުގެ ސްޓޯލެއްގައި މީހަކު ބައިވެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާ ވިދާޅުވީ ޔޫތު ޗެލެންޖާއެކު ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ތަފާތު ތަމްރީން ޕްރޮގްރާމްތަކާއެކު ޒުވާނުންނަށް 2،000 އަށް ވުރެ ގިނަ ފުރުސަތު ފަހިކޮށްދޭނެ ކަން ވެސް ޔޫތު މިނިސްޓްރީން ފާހަގަކުރި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫތު ޗެލެންޖުގެ ބޭނުމަކީ ޒުވާނުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި ވިޔަފާރީގެ ދާއިރާގައި އެ މީހުންނަސް ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ޔޫތު މިނިސްޓްރީން ރޭ ފެށި ޔޫތު ޗެލެންޖުގެ ސްޓޯލެއް، މިނިސްޓަރު އިރުތިޝާމް އާދަމް ބައްލަވާލައްވަނީ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ޔޫތު ޗެލެންޖު އޮންނާނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. މިއަދުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އަދި މާދަމާ ރޭ ވެސް ރޭގަނޑު 11 ޖަހަންދެން ޔޫތު ޗެލެންޖު ފެއާ ހުޅުވިފައި ހުންނާނެ ކަމަށް މިނިސްްޓްރީން ބުންޏެވެ.
މި އަހަރުގެ ޔޫތު ޗެލެންޖުގައި 88 ސްޓޯލް ބަހައްޓާފައި ވެ އެވެ.
ޒުވާނުންނަށް ޚާއްސަ ހަރަކާތެއް މެޕްސްއިން ފަށައިފި
ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޒުވާނުންގެ އެވޯޑަށް 40 އަށް ވުރެ ގިނަ މީހުން
63 ސްޓޯލާއެކު ޔޫތު ޗެލެންޖް އަންނަ މަހު ފަށަނީ
އެމްއޭސީއެލުން 225 މީހުންނަށް ތަމްރީނު ދެނީ
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް
ފެނަކައިން އަހަރަކު 120 ޒުވާނުން ތަމްރީން ކުރަނީ