27 އޮކްޓޯބަރ 2016
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން ބޭރު ގައުމުތަކުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން ބޭރު ގައުމުތަކުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ މިދިޔަ ހަފުތާގައި ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދިޔަ ދުނިޔޭގެ ކުޅިވަރުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު ހާލަތާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ 36 ގައުމަކުން ބައިވެރިވި އެވެ.
ގދ. ތިނަދޫ ސްވިމިން ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ތަރައްގީ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ ބޭރުގެ ގައުމުތަކާ ވާހަކަ ދައްކައިގެން ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ ދުރު ނޫން މުސްތަގުބަލެއްގައި ދުނިޔޭގެ ފެންވަރުގެ ސްވިމިން ޕޫލެއް ވެސް ރާއްޖޭގައި އެޅުމަށް މިދަނީ މަސައްކަތް ކުރަމުން،" އިރުތިޝާމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގައި ހިންގަމުން އަންނަ ގިނަ ޕްރޮޖެކްޓްތައް ވީހާ ވެސް އަވަހަކަށް ނިންމުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.
ވަޒީރު ވިދާޅުވީ ސްވިމިންގެ އިތުރުން ގައުމީ ފެންވަރުގައި ކުޅެވޭ އެހެން ކުޅިވަރުތަކުގެ ތަރައްގީ އަށް ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ކުޅިވަރަށް ލިބުނު ގެއްލުނު ފުރުސަތުތައް އެހެން ގޮތްގޮތުން ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އިރުތިޝާމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ޒުވާނުންނަށް ޚާއްސަ ހަރަކާތެއް މެޕްސްއިން ފަށައިފި
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ތިނަދޫގައި ސްވިމިން ޓްރެކެއް އަޅައިފި
ކުޅިވަރުގެ ފުރުސަތުތައް ހޯދައިދޭން މިނިސްޓަރު ޖަޕާނަށް
ކުޅިވަރުތައް ތަފާތު ނުކޮށް ބޮޑު އިންގިލާބެއް ގެނެވިއްޖެ
ހިދުމަތްތެރިންގެ އަގު ސްޕޯޓްސް އެވޯޑްސްގައި ވަޒަންކޮށްފި
އަހަރުގެ އެންމެ މޮޅު އެތުލީޓުންނަކީ އަޒްނީން އާއި ދީމާ
އެވޯޑް ހަފުލާއަށް ޚަރަދުވީ ފަސް މިލިއަން؟
"ކޮންމެ 4000 މީހަކަށް ފުޓްސަލް ދަނޑެއް އޮންނާނެ"
ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު