21 ޑިސެމްބަރ 2017
ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޖަޕާނުގެ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޖަޕާނުގެ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓްމަންޓްކުރަން ނިންމާފައިވާ އެ އޮޕަރޭޝަން އަންނަ އަހަރުގެ ކުރީކޮޅު ފެއްޓުމަށް އައިލެންޑް އޭވިއޭޝަނުން ސެޓާޗީއާ އެކު އެމްއޯޔޫގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
މޯލްޑިވިއަން އާއި ސެޓާޗީ ގުޅިގެން ޖޮއިންޓްވެންޗާ ކުންފުންޏެއް ހެދުމަށް ފަހު އެ އޮޕަރޭޝަން ކުރިޔަށް ގެންދާނީ ސްކައި އެޓޯލް ޕްރައިވެޓް ލިމިިޓެޑުގެ ނަމުގައި ކުންފުންޏެއް އުފައްދައިގެންނެވެ.
އެ ކުންފުނިން ނިންމާފައި ވަނީ ކުރިޔަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި 50 ބޯޓު ގެންނަ ގޮތަށެވެ. އަދި ސެޓާޗީން ގެންނަ ބޯޓުތަކުގެ އޮޕަރޭޝަންސް ޓާގެޓްކުރަނީ ރާއްޖެ އަންނަ މަތީ ފެންވަރުގެ ޓޫރިސްޓުންނަށް ކަމަށް ވެސް އެނގިފައިވެ އެވެ.
ބޭރުގެ ބައެއް ނޫސްތަކުގައި ދާދި ފަހުން ބުނެފައި ވަނީ ސްކައި އެޓޯލްގެ ވިޔަފާރި ފަށައިގަތުމަށް ކޯޑިއެކް 100އެސް މަރުކާގެ ހަތަރު ސީޕްލޭން އަށް އޯޑަރު ދީފައިވާ ކަމަށެވެ. ކޯޑިއެކް މަރުކާގެ ބޯޓުތަކަކީ އެމެރިކާގެ ކުންފުންޏަކުން އުފައްދާ ބޯޓުތަކެކެވެ.
ސެޓާޗީ ހޯލްޑިންގްސްގެ ދަށުން ހިންގަމުން އަންނަ ކުއެސްޓް އެއާކްރާފްޓް ކޮމްޕެނީގެ ސީއީއޯ ރޮބް ވެލްސްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ކޯޑިއެކް 100އެސް މަރުކާގެ ސީޕްލޭން ރާއްޖޭގައި ބޭނުންކުރަން ނިންމީ ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށެވެ. އެއީ ރާއްޖޭގަައި ބޭނުންކުރަން އެންމެ އެކަށީގެންވާ ސީޕްލޭން ކަން އިވެލުއޭޝަންތަކުން ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޑިއެކްއަކީ ކުއެސްޓް އެއާކްރާފްޓް ކޮމްޕެނީން އުފައްދަމުން އަންނަ ސީޕްލޭން މަރުކާގެ ބޯޓެކެވެ. ލަގްޒަރީ މި ސީޕްލޭންގައި އޮންނަނީ 10 މީހުންގެ ޖާގަ އެވެ.
މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ ބޯތުތަކެވެ. އެ ކުންފުނިން މިހާރު ވެސް 15 މީހުންގެ ޖާގައިގެ ދިހަ ސީޕްލޭން ބޭނުންކުރެ އެވެ.
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް ހަތަރު އަހަރު
މޯލްޑިވިއަނުން އިތުރު ސީޕްލޭނެއް ގެނެސްފި
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
ސީޕްލޭން ކްރޫއިންނަށް އަވަގުރާނަ ގޮވުމުން ޕޮލިހަށް
ސީޕްލޭން ހަބަކާއެކު އައްޑުއަށް ޓޫރިޒަމް މަޝްރޫއެއް
ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެއްޖެ
ޓީއެމްއޭގެ ފްލީޓަށް އާ ބޯޓެއް
ވާޗުއަލް ޓުއާއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް