18 ޑިސެމްބަރ 2017
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އަމިއްލަ އަށް ކަނޑައެޅި ކަނޑައެޅުމަކީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަނޑައެޅުމެއް ކަމަށް ބަޔާންކޮށް މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށާހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކޮށް ބާތިލު ކޮށްލައިފި އެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އަމިއްލަ އަށް ކަނޑައެޅި ކަނޑައެޅުމަކީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަނޑައެޅުމެއް ކަމަށް ބަޔާންކޮށް މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށާހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކޮށް ބާތިލު ކޮށްލައިފި އެވެ.
މިސްރުން ހުށަހެޅި ގަރާރާ މެދު ސަލާމަތީ މަޖިލީހުގައި މިއަދު ކުރި ބަހުސްގެ ތެރޭގައި ވެސް އެ ގަރާރު ވީޓޯ ކުރާނެ ކަމަށް އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި އެ ގަރާރަކީ މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތަށް ހުރަސް އަޅާ ގަރާރެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސުލްހައިގެ މައްޗަށް ބިނާވާ މިނިވަން ދެ ދައުލަތުގެ ސިޔާސަތު އެމެރިކާ އިން އަދިވެސް ގެންގުޅޭ ކަމަށެވެ.
ނިކީ ވިދާޅުވީ މިދިޔަ އަހަރު ފަލަސްތީނުގެ މައްސަލައިގައި ސަލާމަތީ މަޖިލީހުގައި ފާސްކުރި ގަރާރަށް ނެގި ވޯޓުގައި އެމެރިކާ ބައިވެރިވު ނުވުމަކީ އެމެރިކާ ސަރުކާރުން ހެދި ގޯހެއް ކަމަށާއި އެފަދަ ގޯހެއް މި ސަރުކާރުން ތަކުރާރު ނުކުރާނެ ކަމަށެވެ.
ސަލާމަތީ މަޖިލީހުގައި ގުދުސާ ދެކޮޅަށް އެމެރިކާ އިން ވީޓޯގެ ބޭނުން ކުރުމުން، އިނގިރޭސި ވިލާތުގެ ސަފީރު ވިދާޅުވީ އެމެރިކާގެ ވީޓޯ އިން މެދުއިރުމަތީގެ ސުލްހަ އަށް އެއްވެސް ކުރިއެރުމެއް އަދި މަންފާއެއް ނުލިބޭނެ ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އދ. މަޖިލީހުގެ ފުރިހަމަ މެމްބަރެއްގެ ހައިސިއްޔަތު ހޯދުމަށް މިހާރުން ފެށިގެން އދ. އަށް ހުށަހަޅުއްވާނެ ކަމަށެވެ. ފަލަސްތީނަކީ ބިމަކާއި ރައްޔިތެއް އޮތް ގައުމެއް ކަމަށްވާތީ، އދ. މަޖިލީހުގެ ފުރިހަމަ މެމްބަރުކަން ހޯދުމުގެ ފުރިހަމަ ހައްގު ފަލަސްތީނަށް ވެސް ލިބިގެންވާ ކަމަށް މަހްމޫދު އައްބާސް ވިދާޅުވި އެވެ.
އޭގެ އިތުރުން މަހްމޫދު އައްބާސް ވިދާޅުވީ ބައިނަލްއަގުވާމީ 22 ޖަމާއަތެއްގައި ބައިވެރިވުމަށް ވެސް ފަލަސްތީނުން ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ. އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ހުށަނާޅައި މަޑު ކުރަނީ އެމެރިކާ އިން އެކަމާ ދެކޮޅު ހަދައި، ސުލްހައިގެ ވާހަކަތައް މެދުކަނޑައިލާނެ ކަމުގެ އިންޒާރު ދެމުން އަންނާތީ އެވެ.
މިދިޔަ އަހަރު، ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހުކޮޅު، ސަލާމަތީ މަޖިލީހުން ފާސް ކުރި 2334 ނަންބަރު ގަރާރުގައި ވަނީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި، ޔަހޫދީ އާބާދީތައް ހެދުން ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި ގުދުސް ވެސް ހިމެނެ އެވެ. އެ ގަރާރު ފާސް ކުރުމަށް ނެގި ވޯޓުގައި އެމެރިކާ ބައިވެރިއެއް ނުވެ އެވެ. އެހެންކަމުން އެއްވެސް ގައުމަކުން އެ ގަރާރު ވީޓޯ ނުކުރުމާ އެކު ސަލާމަތީ މަޖިލީހުން ވަނީ އެ ގަރާރު ފާސްވެފަ އެވެ.
މިސްރުން ހުށަހެޅި ގަރާރަށް ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެންބަރުން ތާއީދު ކުރި އެވެ. އެ ގަރާރަށް ދެކޮޅު ހަދައި ވީޓޯ ކުރި ހަމައެކަނި ގައުމަކީ އެމެރިކާ އެވެ.ސަލާމަތީ މަޖިލީހުގައި ކަމެއް ފާސް ކުރެވޭނީ، ދާއިމީ ފަސް މެމްބަރުން ކުރެ މެމްބަރަކު ވީޓޯ ނުކޮށް މަދުވެގެން ނުވަ ވޯޓު ލިބިގެންނެވެ. ދާއިމީ މެމްބަރުންނަކީ، އެމެރިކާ، އިނގިރޭސި ވިލާތް، ރަޝިޔާ، ޗައިނާ، ފަރަންސޭސި ވިލާތެވެ.
ގުދުސްގެ ހިމާޔަތުގައި މިސްރުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކުރާނެ ކަން އެނގި ހުރެ ވެސް، އެ ގަރާރާއިގެން ކުރިއަށް ދިޔައީ، ގުދުސްގެ މައްސަލައާ ގުޅިގެން ބައިނަލް އަގުވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވެފައި އޮތް މިންވަރު ދެއްކުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
މެދުއިރުމަތީގެ ސުލްހައާ ބެހޭ އދ،ގެ ޚާއްސަ ކޯޑިނޭޓަރު އަދި ޕީއެލްއޯ އާއި ފަލަސްތީނު ސަރުކާރަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކޮލައި މިލަޑެނޯވް.
މި ގަރާރާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި މިރޭ ކުރި ބަހުސްގައި، މެދުއިރުމަތީގެ ސުލްހައާ ބެހޭ އދ،ގެ ޚާއްސަ ކޯޑިނޭޓަރު އަދި ޕީއެލްއޯ އާއި ފަލަސްތީނު ސަރުކާރަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކޮލައި މިލަޑެނޯވް ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސްދުވަހުގެ ތެރޭގައި އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 22 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އަދި ގުދުސްގެ މައްސަލައިގައި އެމެރިކާ އިން ނިންމި ނިންމުމަށް ފަހު، ފަލަސްތީނު މީހުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިލަޑިނޯފް ވިދާޅުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޟް އަލް މާލިކީ މިއަދު ދެއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އެމެރިކާ އިން މިސްރުގެ ގަރާރު ވީޓޯ ކޮށްފި ނަމަ، "ސުލްހައަށްޓަކައި ގުޅިގެން" ނަމުގައި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް އދ. އަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެމެރިކާ އިން އދ. އަށް ދޭ އެހީ މަދުކުރަނީ
ގުދުސް ގަރާރަށް ތާއީދުކުރި ގައުމުތަކަށް އެހީ ކަނޑާލަނީ
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
އެމެރިކާގެ ވިސްނުމަކީ ދެ ދައުލަތުގެ ސިޔާސަތު
ގުދުސްގަ އެމެރިކާގެ ކޮންސުލޭޓް ހުޅުވުން ބޮޑު ބަހުސަކަށް
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ
ގުއަޓެމާލާގެ އެމްބަސީ ވެސް ގުދުސަށް ބަދަލުކުރަނީ
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް
ފަލަސްތީނު މުޒާހަރާތައް ފުޅާވެ ދެ ސަހަރެއް ބަންދުކޮށްފި
ގުދުސްގެ ގަރާރު 128 ވޯޓުން ފާސްކޮށްފި