14 ޑިސެމްބަރ 2017
ހާއްސަ ހުއްދައަކާ އެކު ނޫނީ ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާކޮށް ސާކިއުލާ ނެރުނީ އިންޑިއާގެ ސަފީރާ ބައްދަލުކުރި ފަހުން ކަމަށް، އެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ހާއްސަ ހުއްދައަކާ އެކު ނޫނީ ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާކޮށް ސާކިއުލާ ނެރުނީ އިންޑިއާގެ ސަފީރާ ބައްދަލުކުރި ފަހުން ކަމަށް، އެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުން ނޫނީ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ނުކުރެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމެއް ނެރުނީ މިދިޔަ ހޯމަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އަދި އެންގުމާ ހިލާފުވި ކަމަށް ބުނެ ގއ. އަތޮޅު ކައުންސިލްގެ މެންބަރުން އިއްޔެއިން ފެށިފެންތިން މަސް ދުވަހަށް ސަސްޕެންޑްކުރީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރުމުންނެވެ.
ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ ކައުންސިލަރުންނަށް އެ އެންގުން ލިބުނީ ބައްދަލުވުން ނިމުނު ފަހުން ތިނެއް ޖަހާކަންހާއިރު ކަމަށެވެ. އެހެންވެ، އެއީ އެ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ އަދި ސާކިއުލާގެ ދަށުން އެޅޭނެ ފިޔަވަޅެއް ކަމަށް. އަދި އެލްޖީއޭއަށް އެންމެ ފުރަތަމަ މި ފަދަ ފިޔަވަޅެއް އެޅޭނެ ކަމަކަށް ވެސް ނުދެކެން. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބައެއް،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލަރުން އިއްޔެގެ 2:00 ގެ ކުރިން ޖަވާބުދާރީވުމަށް އެލްޖީއޭން އެންގުމުން، އެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި ހުރިހާ މައުލޫމާތެއް ފޮނުވި ކަމަށެވެ.
"އެކަމަކު އެލްޖީއޭން ދެން އެހީ މި ޑިސެމްބަރު މަހު ބޭރުގެ އެއްވެސް ފަރާތަކާ ބައްދަލު ކުރިންތޯ. ޖަވާބުގައި އަޅުގަނޑުމެން ދެންނެވިން ސާކިއުލާ ނެރުމުގެ ކުުރިން އިންޑިއާ ސަފީރާ ބައްދަލު ކުރީމޭ،" ފުއާދު ވިދާޅުވި އެވެ.
އެލްޖީއޭން ބުނެފައިވާ ގޮތުން ކައުންސިލަރުންގެ ސަސްޕެންޝަން މުއްދަތުގައި، ކައުންސިލް އިދާރާ ހިންގާނީ އެލްޖީއޭގެ ލަފާގެ މަތިން، އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ. އަދި އެ މުއްދަތުގައި ކައުންސިލަރުންނަށް އެއްވެސް ތަނެއްގައި އެ ކައުންސިލް ތަމްސީލު ނުކުރެވޭނެ ކަމަށް ވެސް އެތަނުން ބުނެފައިވެ އެވެ.
އެކަމަކު އެލްްޖީއޭގެ މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ގިނަ ހިދުމަތްތަކެއް ހުއްޓިގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ، ސަސްޕެންޑްކުރި ކައުންސިލަރުން ތައްޔާރުވަމުން އަންނަނީ އެލްޖީއޭގެ އެ ނިންމުން އިސްތިއުނާފް ކުރުމަށް މިއަދު ކޯޓަށް ހުށަހެޅުމަށެވެ.
އިންޑިއާގެ ސަފީރުގެ އިތުރުން އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ މި ހަފުތާގައި ގދ. ތިނަދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައިފަ އެވެ. ޚާއްސަ ހުއްދައަކާ އެކު ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، އެލްޖީއޭއިން މަނާކުރީ ތިނަދޫގެ ކައުންސިލަރުންނާ އެކު ޑޯރިސް ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.
އެލްޖީއޭ ނިންމުމާ މެދު އިނގިރޭސި ސަފީރުގެ ކަންބޮޑުވުން
ކައުންސިލަށް ޑިޕްލޮމޭޓުންނާ ބައްދަލުކުރެވޭނީ ހުއްދައާއެކު
ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރަން އޮނިގަނޑެއް
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
އެހީދޭ ޖަމާއަތްތަކާ ބައްދަލުކުރަން ހުއްދަ ހޯދާކަށް ނުޖެހޭ
ޑިޕްލޮމޭޓުން ކިތަންމެ ހެޔޮ އެދުނަސް އިމެއް އޮންނަންވާނެ
ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށް އެދި ކޯޓަށް
ކައުންސިލަރުންގެ އަމަލުގެ ސަބަބުން ގުޅުމަށް ބުރޫއަރާފާނެ
ސަފީރުންނާ ގުޅުން ބަދަހިވުމުން ފައިދާކުރާނެ: އެމްޑީޕީ
ގއ. އަތޮޅު ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް