28 ޑިސެމްބަރ 2017
ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން، އެހީދޭ ޖަމިއްޔާ ޖަމާއަތްތަކާ ކައުންސިލްތަކުން ބައްދަލުކުރާ އިރު، އެ ކަމަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން، އެހީދޭ ޖަމިއްޔާ ޖަމާއަތްތަކާ ކައުންސިލްތަކުން ބައްދަލުކުރާ އިރު، އެ ކަމަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
އެލްޖީއޭ އިން މިގޮތަށް ބުނީ، ހުއްދަ ނެތި ކައުންސިލްތަކުން، ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރުން މަނާ ކުރުމުން، އޭގެ ތެރޭގައި ރާއްޖެ އަށް އެކި ދާއިރާތަކުން އެހީ ދޭ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނޭނެތޯ ސާފުކުރަން ކައުންސިލްތަކުން އެދެމުން އަންނާތީވެ، އެކަން ސާފުކޮށްދީ އިއްޔެ ފޮނުވި ސިޓީގަ އެވެ.
އެ ސިޓީގައި އެލްޖީއޭ އިން ބުނެފައި ވަނީ "ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީއަކާ ގުޅިގެން ކުރިއަށް ގެންދަވާ ކަންކަމުގައި ރާއްޖެ އިން ބޭރުގެ ފަރާތްތަކާ އެކު ބައްދަލުކުރައްވާ އިރު ކުރިން ހުއްދަ ހޯދުމަކާ ނުލައި ބައްދަލުވުންތައް ކުރިއަށް ގެންދެވުން އެންމެ ރަނގަޅު ކަމުގައި ދަންނަވައިދިނުމަށް" ހޯމް މިނިސްޓްރީން އެ އޮތީރިޓީގައި އެދިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމެއް ނިމޭތާ ތިން ދުވަސް ތެރޭގައި، އެ ބައްދަލުވުމެއްގެ ޔައުމިއްޔާ ހޯމް މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ފޮނުވަން ވެސް ހޯމް މިނިސްޓްރީން އެދިފައިވާ ކަމަށް ސިޓީގައިވެ އެވެ.
ރާއްޖެ އަށް އެހީދޭ، ޔޫއެންޑީޕީ އާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ އެކު ހުއްދަ ނުހޯދައި ބައްދަލުކުރެވުނަސް، ބޭރުގެ ޑިޕްލޮމޭޓުންނާ ކައުންސިލްތަކުން ބައްދަލުކުރަން ޖެހޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.
"އެހީދޭ ޖަމިއްޔާތަކާ ބައްދަލުކުރާއިރު ވެސް ހުއްދަ ހޯދަން ޖެހޭތޯ އަޅުގަނޑުމެންނާ ސުވާލު ކުރާތީވެ، ސިޓީއަކުން އެންގީ ކުރިން ވެސް އޮންނަ ގޮތަށް އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ ކަމަށް. އެކަމަކު ޑިޕްލޮމޭޓުންނާ ބައްދަލުކުރެވޭނީ މިނިސްޓްރީން ހުއްދަ ހޯދައިގެން. އެކަން އަދިވެސް ބަދަލެއް ނުވޭ،" އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޑިޕްލޮމޭޓުންނާ ބައްދަލުކުރުން ކައުންސިލްތަކަށް މަނާ ކުރީ، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް އާއި އިންޑިއާގެ އެމްބެސެޑަރު އަކިލޭޝް މިޝްރާ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ. ގއ. އަތޮޅު ކައުންސިލަރުންނާ މިޝްރާ ބައްދަލު ކުރައްވާފައި ވަނިކޮށް، އެ ކައުންސިލްގެ މެމްބަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި، އެފަދަ ބައްދަލުވުންތައް ބާއްވާނަމަ، ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތަށް ބުރޫއަރާނެ އެވެ.
ރަސްމީ އެކި ކަންކަމުގައި ޑިޕްލޮމޭޓުން ވަކިވަކިން ކައުންސިލްތަކާ ބައްދަލުކުރުން، ރާއްޖޭން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށުއަރާ ކަމަށް ސަރުކާރުން ބުނެ އެވެ. ރަސްމީ ކަމެއްގައި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކާ ބައްދަލުކުރާ ނަމަ، ފޮރިން މިނިސްޓްރީ ނުވަތަ އެކަމަކާ ގުޅުން ހުރި އިދާރާއަކަށް އަންގަން ރާއްޖޭގައި ހުންނަ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް 2014 ގައި ފޮރިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ވިއެނާ ކޮންވެންޝަންގައި ވެސް ބުނެފައި ވަނީ، ގައުމުތަކަށް ކަނޑައަޅާ ޑިޕްލޮމޭޓުން އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށެވެ. އަދި އެހެން ގައުމެއްގެ ޑިޕްލޮމެޓިކް އޮފީހަކުން ރަސްމީ ކަމެއް ކުރިއަށް ގެންދާނަމަ، އެކަން ކުރަން ޖެހޭނީ އެ ގައުމެއްގެ ފޮރިން މިނިސްޓްރީ ނުވަތަ އެކަމަށް ކަނޑައަޅާފައި ހުންނަ މިނިސްޓްރީއެއް މެދުވެރިވެގެން ކަަމަށް ވެސް އެ ކޮންވެންޝަންގައި ބުނެފައި ވެ އެވެ.
ކައުންސިލަރުންގެ އަމަލުގެ ސަބަބުން ގުޅުމަށް ބުރޫއަރާފާނެ
ކައުންސިލަށް ޑިޕްލޮމޭޓުންނާ ބައްދަލުކުރެވޭނީ ހުއްދައާއެކު
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު އިންޑިއާ އިން ދޮގުކޮށްފި
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި