Roadha Mihaaru
ސޮދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލް ފަށައިފި

ސޮދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލް ފަށައިފި

13 ޑިސެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ މި އަހަރުގެ ހިތާނީ ފެސްޓިވަލް މިއަދު ފަށައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ މި އަހަރުގެ ހިތާނީ ފެސްޓިވަލް މިއަދު ފަށައިފި އެވެ.

ހިތާނީ ފެސްޓިވަލްގެ ތައްޔާރީތައް ފަސްޓް ލޭޑީ ފާތުން މިއަދު ބައްލަވާލައްވަނީ.

ހިތާނީ ފެސްޓިވަލްގެ ތައްޔާރީތައް ފަސްޓް ލޭޑީ ފާތުން މިއަދު ބައްލަވާލައްވަނީ.

އެ ފައުންޑޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އެ ފެސްޓިވަލް މި އަހަރު ބާއްވަނީ ހުޅުމާލޭގެ ރެހެންދި ސްކޫލާއި ގޭޓް ވޭ އިންޓަނޭޝަނަލް ސްކޫލްގަ އެވެ. މި އަހަރުގެ ފެސްޓިވަލްގައި 500 ކުދިން ހިތާނު ކުރަން ހަމަޖެހިފައިވާ ކަމަށް ސޮދަގާތު ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.

ސޮދަގާތު ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، ހިތާނު ކޮށްފައިވާ ކުއްޖަކާ ފަސްޓް ލޭޑީ ފާތުން މިއަދު ސަލާމް ކުރައްވަނީ

ސޮދަގާތު ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، ހިތާނު ކޮށްފައިވާ ކުއްޖަކާ ފަސްޓް ލޭޑީ ފާތުން މިއަދު ސަލާމް ކުރައްވަނީ

މުޅިން ހިލޭ ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ހިތާނުކުރި ކުދިންނަށް ފަސްޓް ލޭޑީ ފާތުން މިއަދު ވަނީ ޒިޔާރަތް ކުރައްވައި، އެ ކުދިންގެ ހާލު ބައްލަވާލައްވައިފަ އެވެ.

ސޮދަގާތު ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، ހިތާނު ކޮށްފައިވާ ކުއްޖަކާ ފަސްޓް ލޭޑީ ފާތުން މިއަދު ވާހަކަ ދައްކަވަނީ.

ސޮދަގާތު ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، ހިތާނު ކޮށްފައިވާ ކުއްޖަކާ ފަސްޓް ލޭޑީ ފާތުން މިއަދު ވާހަކަ ދައްކަވަނީ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހިތާނު ކޮށްފައިވާ ތިބޭ ކުދިން އަދި އެ ކުދިންގެ ކައިރީގައި ތިބޭ ބެލެނިވެރިންގެ ކެއުމުގެ ޚަރަދުތައް ބަލަހައްޓަނީ ސޮދަގާތު ފައުންޑޭޝަނުންނެވެ. އަދި ކުދިންނާއި ބެލެނިވެރިންނަށް ޚާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

ހިތާނީ ފެސްޓިވަލްގެ ތައްޔާރީތައް ފަސްޓް ލޭޑީ ފާތުން ބައްލަވާލައްވަނީ.

ހިތާނީ ފެސްޓިވަލްގެ ތައްޔާރީތައް ފަސްޓް ލޭޑީ ފާތުން ބައްލަވާލައްވަނީ.

މިދިޔަ އަހަރު ވެސް ސޮދަގާތު ފައުންޑޭޝަނުން ވަނީ ހިތާނީ ފެސްޓިވަލެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ފެސްޓިވަލްގައި އެ ކުދިން ހިތާނު ކުރުމާއި ކުދިން ބެލެހެއްޓުމާއި ކެއުމުގެ ޚަރަދާއިި ޑޮކްޓަރަށް ދެއްކުމާއި ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެނީ ވެސް ސޮދަގާތު ފައުންޑޭޝަނުންނެވެ.