06 ޑިސެމްބަރ 2017
މައްސަލައެއް އުޅޭ ކަމަށް ބުނެ ލައިފް ފެނުގެ ބެޗެއް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރީ އެ ކުންފުނީގެ ވިޔަފާރި އަށް ގަސްދުގައި ގެއްލުން ދިނުމަށް ކަަމަށް އެ ފެން އުފައްދާ އިންޓަނޭޝަނަލް ބެވަރޭޖްކޯ ލިމިޓެޑް(އައިބީސީ) އިން ބުނެފި އެވެ.
މައްސަލައެއް އުޅޭ ކަމަށް ބުނެ ލައިފް ފެނުގެ ބެޗެއް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރީ އެ ކުންފުނީގެ ވިޔަފާރި އަށް ގަސްދުގައި ގެއްލުން ދިނުމަށް ކަަމަށް އެ ފެން އުފައްދާ އިންޓަނޭޝަނަލް ބެވަރޭޖްކޯ ލިމިޓެޑް(އައިބީސީ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ވިއްކުން މަނާކުރީ ލައިފްގެ 447 އެމްއެލްގެ ބެޗެކެވެ. އެމްއެފްޑީއޭ އިން ބުނީ އެ ބެޗްގެ ފެންފުޅިތަކުގައި ކަޅު ކުލައިގެ ކުނޑިތަކެއް ހުރި ކަމަށެވެ.
މިކަމާ ގުޅިގެން އައިބީސީން ނެރުނު ބަޔާނެއްގައި ބުނީ 447 އެމްއެލްގެ ބެޗްގެ ފެން ނުވިއްކުމަށް އެމްއެފްޑީއޭ އިން އަންގާފައި ވަނީ އެ ކުންފުންޏަށް ފޮނުވަންޖެހޭ ލެބޯޓްރީ ތަހުލީލްތަކުގެ ރިޕޯޓާއި ކުނޑި ފެނިފައިވާ ކަމަށް ބުނެ ސީލް ކޮށްފައިވާ ފުޅި އައިބީސީއާ ހަވާލު ކުރުމެއް ވެސް ނެތި ކަމަށެވެ.
"އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ކުންފުނީގެ ބޮޓެލިން ޕްލާންޓް އިންސްޕެކްޓްކޮށް މިފަދަ ކުނޑިކޮޅުތައް ބޮޓެލިން ޕުރޮސެސްގައި ފުޅި އަށް އެޅުމަކީ ވެދާނެކަމެއްތޯ ބަލާފައި ނުވޭ،" އެމްއެފްޑީއޭ އަށް ރައްދު ދީ އައިބީސީން ނެރުނު ބަޔާނުގައި ވެ އެވެ.
އެ ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި އެމްއެފްޑީއޭ އިން އަމަލު ކޮށްފައިވަނީ އާންމުންގެ ތެރޭގައި ހަގީގަތް އޮޅޭ ގޮތަށް ވަރަށް ޒިންމާދާރުކަން ކުޑަކޮށެވެ.
އައިބީސީން ބުނީ އެ ކުންފުނިން އުފައްދާ ފެނަކީ އެމްއެފްޑީއޭގެ ނޭޝަނަލް ހެލްތް ލެބޯޓްރީން ތަހުލީލްކޮށް އެއްވެސް މައްސަލައެއް ނެތް ކަމުގެ ރިޕޯޓް ދިނުމުން ބާޒާރަށް ނެރޭ އުފެއްދުމެއް ކަމަށެވެ. މައްސަލަ ޖެހުނު ކަމަށް ބުނާ ފެނަކީ ވެސް އެ ހުއްދަތައް އެމްއެފްޑީއޭއިން ދީފައިވާ ފެނެއް ކަމަށް އައިބީސީން ބުނެ އެވެ.
ލައިފް ފެނުގައި މައްސަލައެއް ނޫޅޭނެ: ހެޕީ މާކެޓް
ލައިފް ފެނަށް 20 އަހަރު ފުރިއްޖެ
ސަރަހައްދުގައި އެންމެ ރަނގަޅު ފެން ދޫކުރަނީ ރާއްޖޭގައި
އޯޑަރު ނެގުން މަޑުޖައްސާލުމުން ފެން ލިބުން ދަތިވެއްޖެ
ބޮޑު އަގުގައި ފެން ނުވިއްކުމަށް ސަރުކާރުން ގޮވާލައިފި
ފެނުގެ ޑިމާންޑް ބޮޑު، ޕްލާންޓްތައް މަރާމާތުގައި
ދެ ހަފުތާ ވީއިރު ވެސް ބޯފެން ލިބުން ދަތިވެފައި
އަނެއްކާ ވެސް ބޯ ފެން ލިބުން ތާށިވެއްޖެ
ތާށިކަން ފިލުވާލުމަށް "ލައިފު"ން އިތުރަށް އުފައްދަނީ
މާލެއިން ބޯފެން ލިބުން ދަތިވެއްޖެ!