Roadha Mihaaru
ހިކެން ބޭނުމިއްޔާ ހެނދުނު ސައި ބޯންޖެހޭނެ

ހިކެން ބޭނުމިއްޔާ ހެނދުނު ސައި ބޯންޖެހޭނެ

06 ޑިސެމްބަރ 2017

ހެނދުނު ނާސްތާ ނުކުރާ ނަމަ ބޮޑީ ކްލޮކް ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ. އަދި އެކަމުގެ ސަބަބުން ބަރުދަން އިތުރުވާގޮތް ދިމާވެ އެވެ. ހެނދުނު ނާސްތާ ނުކޮށް ހުރެފައި ދުވާލުގެ އެހެން ގަޑިތަކުގައި މާ ގިނައިން ނުކެޔަސް މިކަން މިގޮތަށް ދިމާވާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހެނދުނު ނާސްތާ ނުކުރާ ނަމަ ބޮޑީ ކްލޮކް ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ. އަދި އެކަމުގެ ސަބަބުން ބަރުދަން އިތުރުވާގޮތް ދިމާވެ އެވެ. ހެނދުނު ނާސްތާ ނުކޮށް ހުރެފައި ދުވާލުގެ އެހެން ގަޑިތަކުގައި މާ ގިނައިން ނުކެޔަސް މިކަން މިގޮތަށް ދިމާވާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ.

ހެނދުނުގެ ނާސްތާ ދޫކޮށްލުން ފަދަ، ކެއުމުގެ އާދަތައް ވަކި ހަމައެއްގައި ނުހިފެހެއްޓުމުން ފަލަބަލި، ޓައިޕް 2 ޑައިބެޓީސް، ލޭ މައްޗަށް ދިއުން އަދި ހިތާއި ސިކުނޑިއާ ގުޅިފައިވާ ނިޒާމުގެ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. ނަމަވެސް ހެނދުނުގެ ސައި ނުބޮއެގެން ހަށިގަނޑުގެ އިންޓާނަލް ބޮޑީ ކްލޮކަށް މިހާ ބޮޑު ބަދަލެއް އަންނަ ސަބަބެއް އަދި މާ ރަނގަޅަށް ސާފެއް ނުވެ އެވެ.

ތެލް އަވީވް ޔުނިވަސިޓީ އާއި ހީބްރޫ ޔުނިވަސިޓީގެ ސައިންސްވެރިންގެ މި ހޯދުމުން އެނގުނު ގޮތުގައި ހަކުރުބަލި ހުންނަ މީހުންނާއި ނުހުންނަ މީހުން ވެސް ހެނދުނުގެ ސައި ބުއިމުން ލޭގައި ގުލްކޯޒް ހުންނަ މިންވަރާއި އިންސިއުލިން އުފެދޭ ގޮތަށް ވެސް ބަދަލުތަކެއް އާދެ އެވެ.

"އަަހަރެމެންގެ ހޯދުމުން ދެއްކި ގޮތުގައި ހެނދުނު ސައި ބުއިމުން އުފެދޭ ޖީންއެއްގެ ސަބަބުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދެނީ،" މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ. އަދި މިއީ ލޭގެ ޕްރެޝަރާއި ސަރުބީ ވިރުވާ މިންވަރަށް ވެސް އަސަރު ފޯރުވާ ޖީންއެއް ކަމަށް ވެ އެވެ.

"ގަވާއިދުން ކޮންމެ ދުވަހަކު ހެނދުނުގެ ސައި 9:30 ގެ ކުރިން ބުއިމުން ސަރުބީ ވިރުވާ ނިޒާމަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަންނާނެ. މިިކަމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް މަގުފަހިވާނެ. އަދި ހަކުރުބައްޔައި އުމުރުން ދުވަސްވުމުން ޖެހޭ އެކި ބަލިތަކުން ދިމާވާ އިތުރު މައްސަލަތައް ދިމާވުން ލަސް ވާނެ،" ސައިންސްވެރިޔާ ވިދާޅުވި އެވެ.