03 ޑިސެމްބަރ 2017
ވިލާ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން، ހަރަދު ކުޑަކުރުމަށް، ވީމީޑިއާގެ 15 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
ވިލާ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން، ހަރަދު ކުޑަކުރުމަށް، ވީމީޑިއާގެ 15 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނގީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކުންފުނީގެ ދަށުން ހިންގާ ވީމީޑިއާގައި ޓީވީ ސްޓޭޝަނަކާއި ރޭޑިއޯ ސްޓޭޝަނަކާއި އޮންލައިން ނޫހެއްގެ އިތުރުން މެގަޒިނެއް ނެރެ އެވެ.
ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން މި ހުރިހާ ތަނަކުން ވެސް މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ.
ވީމީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިރޭ ވިދާޅުވީ މިއީ އެތަނަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި އެއް ފަހަރާ ގިނަ ބަޔަކު ވަކިކުރަން ޖެހުމަކީ އޭނާއަށް ވަރަށް އުނދަގޫވި ކަމެއް ކަމަށާއި ނަމަވެސް މި ވަގުތު އެހެން ގޮޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ވެރިޔާއަށް ދިމާވެފައިވާ ހާލަތުން މި ވަގުތު އެހެން ޗޮއިސްއެއް ނެތް. ކެރިއަރުގައި ވެސް އަޅުގަނޑަށް ވަރަށް އުނދަގޫ ނިންމުމެއް މިއީ. އެކަމަކު ކަންތައްތައް ހުރި ގޮތުން ވަކި އަދަދަކަށް މުވައްޒަފުން މަދުކުރަން އެބަ ޖެހޭ،" މޮންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވީއެފްއެމްގެ ޕްރޮޑަކްޝަން ޑިޕާޓްމެންޓުގެ ހުރިހާ މުވައްޒަފުން ވަކިކުރަން ޖެހުނު ކަމަށެވެ. އޭގެ އިތުރުން ވީމީޑިއާގެ ހުރިހާ ޑިޕާޓްމެންޓަކުންހެން ވަރަށް ދުވަސް ވީ މުވައްޒަފުން ވެސް ވަކިކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމް މިހާރު ވަނީ ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ގަވައިދާ ހިލާފަށް ކުރެއްވި ދަތުރެއް ކަމަށާއި ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފަ އެވެ.
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ގާސިމް ޖަރުމަނަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
މުސާރަނުދެވި ވީމީޑިއާ ހުއްޓާލަން ޖެހިދާނެކަން އަންގައިފި
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
ވީމީޑިއާގެ ސީއޯއޯގެ މަގާމުން މޮންދު ވަކިވެއްޖެ
އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި:ގާސިމް
އެމްޑީއެން އުވާލުމަކީ ދީނަށް ލިބުނު ނަސްރެއް: ގާސިމް