08 ޖުލައި 2016
މީގެ ފަސް އަހަރު ކުރިން ގުޅުން ބަދަހިކުރަމުން އަންނަ، އަދި ދައރިން ކުދިން ވެސް ލިބިފައިވާ ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ އީވާ މެންޑޭޒާއި ރިއަން ގޮސްލިން ކައިވެނިކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން ގުޅުން ބަދަހިކުރަމުން އަންނަ، އަދި ދައރިން ކުދިން ވެސް ލިބިފައިވާ ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ އީވާ މެންޑޭޒާއި ރިއަން ގޮސްލިން ކައިވެނިކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުން ވަރަށް ސިއްރުން ކައިވެނި ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި ވަރަށް އާދައިގެ ގޮތަކަށް ބޭއްވި ކައިވެނީގެ ހަފުލާ އޮތީ ހޮލީވުޑްގައި ދެ މީހުން ދިރިއުޅެމުން އަންނަ ގޭގަ އެވެ.
ހަފުލާގައި ބައިވެރިވީ ދެ މީހުންގެ ގާތް ރަހުމަތްތެރިންގެ ތެރެއިން 30 މީހުން ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރިއަން 35، ގެ ކައިވެންޏަށް އެދުނީ އީވާ، 42 އެވެ. އަދި ވަގުތުން ރިއަން އެކަމަށް އެއްބަސްވެފައިވާ ކަމަށްވެ އެވެ.
"ހިޗް" އާއި "ގޯސްޓް ރައިޑާ" ފަދަ ފިލްމުތައް ކުޅެފައިވާ އީވާ އާއި "ދަ ނޯޓްބުކް" ގެ ތަރި ރިއަން ކައިވެނި ކުރި އިރު، އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅު އެސްމެރެލްޑާ އަމަޑާ ގޮސްލިން އަށް މިހާރު އަހަރެކެވެ.
އަދި ދެވަނަ ދަރިފުޅު އަމަޑާ ލީ ގޮސްލިން އުފަންވީ މިދިޔަ އެޕްރީލް މަހު އެވެ.
"ބާބީ" ޓްރެއިލާ 2: މާގޮޓާ އެކު ވަރުގަދަ ކާސްޓެއް
"ބާބީ" ގެ ލޯބިވެރިޔާގެ ރޯލަށް ރަޔަން
ރަޔަން ގޮޒްލިންއަކީ ނީލް އާމްސްޓްރޯންގް
އެންމެ އަގުބޮޑު ތަރިއަކީ ޑެނިއެލް ކްރެއިގް
"ލާ ލާ ލޭންޑް" އާ މެދު ފަހުރުވެރިވަން: ރަޔަން
"ލަ ލަ ލޭންޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި
ސިޔާސީ ދެބަސްވުމެއްގައި ޖޯޖް އާއި އާމާލް ވަރިފަށަށް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
ލިއަމްގެ މަރާ ގުޅޭ ތުހުމަތުތަކެއް އޭނާ ހުރި ހޮޓަލަށް