Roadha Mihaaru
އެކަނި ވެސް ވަގުތުކޮޅެއް ހޭދަކޮށްލަންވާނެ

އެކަނި ވެސް ވަގުތުކޮޅެއް ހޭދަކޮށްލަންވާނެ

28 ނޮވެމްބަރ 2017

ވަޒީފާ އާއި އެހެން މީހުންނަށް ހިދުމަތް ކުރުމުން އެކަހެރިވެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދަން ވަގުތު ހޭދަކުރުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މިއީ ފައިދާހުރި ވަގުތުކޮޅެއް ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ވަޒީފާ އާއި އެހެން މީހުންނަށް ހިދުމަތް ކުރުމުން އެކަހެރިވެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދަން ވަގުތު ހޭދަކުރުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މިއީ ފައިދާހުރި ވަގުތުކޮޅެއް ކަމަށެވެ.

މިގޮތަށް ހޭދަކުރާ ވަގުތުގެ ސަބަބުން ސްޓްރެސް ލެވެލް ދަށްވެ ޑިޕްރެޝަންގެ މައްސަލަތަކާ ދުރުވުމުގެ އިތުރުން އެމީހާގެ ކްރިއޭޓިވިޓީ ވެސް އިތުރުވެ އެވެ.

ކްރިއޭޓިވް މީހަކަށް ވުމަކީ އޭގެ ޒާތުގައި އެމީހާގެ ސިކުނޑީގެ ހިނގުމަށް ރަނގަޅު ބަދަލުތައް އައިސް ނަފްސާނީ ގޮތުން އެމީހަކަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ސާވޭގައި ސުވާލުކުރި 300 ވަރަކަށް މީހުން ބުނެފައި ވަނީ އެކަނިމާއެކަނި ވަގުތުކޮޅެއް ހޭދަކޮށްލުން އެމީހުންނަށް ވަރަށް މުހިއްމު ކަމަށެވެ. އެކަނި ވަގުތު ހޭދަކުރަނީ ކިހިނެއްތޯ ސުވާލުކުރުމުން ގިނަ މީހުން ދިން ޖަވާބުން އެ މީހުން އެ ވަގުތުކޮޅުގެ ތެރޭގައި މާ ކްރިއޭޓިވް ކަންތައްތައް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ދިރާސާ ކުރި ފަރާތުން ބުންޏެވެ.

ނަަމަވެސް އެހެން މީހުން ތިބޭ ތަންތަނުގައި ހުންނަން ބިރުގަންނަ މީހުންނަކަށް އެކަނި ލިބޭ ވަގުތުކޮޅުގެ ބޭނުން މާ އެދެވޭ ގޮތެއްގައި ނުހިފެ އެވެ.

ލަދުވެތި މިޒާޖުގެ ނުވަތަ އެހެން މީހުންނަށް ފެންނަ ހިސާބުގައި ކަންތައްތައް ކުރަން އުނދަގޫ މީހުންނަށް އެކަނި ލިބޭ ވަގުތުކޮޅުގެ ބޭނުން މާ ރަނގަޅަށް ހިފެ އެވެ. އެއީ އެމީހުން ކުރާ ކަންތައްތަކަށް ބަލާނެ ބަޔަކު ނެތްކަން އެނގޭތީ އެވެ.