25 ނޮވެމްބަރ 2017
ގާހިރާ (ނޮވެމްބަރު 25) - މިސްރުގެ އުތުރުގެ ސައިނާއީގެ މިސްކިތަކަށް ހަމަލާދީ 300 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާގެ ބަދަލު ވަރަށް ހިތިކޮށް ދޭނެ ކަމުގެ އިންޒާރު ރައީސް އަބްދުލް ފައްތާހު ސީސީ ދެއްވައިފި އެވެ.
ގާހިރާ (ނޮވެމްބަރު 25) - މިސްރުގެ އުތުރުގެ ސައިނާއީގެ މިސްކިތަކަށް ހަމަލާދީ 300 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާގެ ބަދަލު ވަރަށް ހިތިކޮށް ދޭނެ ކަމުގެ އިންޒާރު ރައީސް އަބްދުލް ފައްތާހު ސީސީ ދެއްވައިފި އެވެ.
ބީރް އަލް އާބިދު ޓައުނުގެ އަލް ރައުދާ މިސްކިތަށް ހުކުރަށް މީހުން ޖަމާވެފައި ވަނިކޮށް މިސްކިތުގައި އިއްޔެ ބޮން ގޮއްވާ އަދި ފަހުން ވަނީ ބަޑިން ވެސް ހަމަލާދީފަ އެވެ. މިސްކިތުގައި ބޮން ގޮއްވުމުން، އެ ހަމަލާ އިން ސަލާމަތްވާ ބޭރަށް ނުކުތް މީހުން ގަޔަށް ވަނީ މިސްކިތުގެ ބޭރުގައި ހަތިޔާރު ހިފައިގެން ތިބި މީހުން ބަޑި ޖަހައިފަ އެވެ. މިސްރު ސިފައިން ބުނެފައި ވަނީ މި ހަމަލާގެ ރައްދެއްގެ ގޮތުން ޓެރަރިސްޓުން ތިބި ތަންތަނަށް ވައިގެ ހަމަލާދީފައިވާ ކަމަށެވެ.
މިސްރުގެ މިސްކިތަށް ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދެނީ. --ފޮޓޯ:އީޕީއޭ
މިސްރުގެ ފަހުގެ ތާރީޚުގައި ދިން އެންމެ ނުރައްކާ މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. މި ހަމަލާގައި ވަނީ 30 ކުޑަ ކުއްޖަކު ވެސް މަރުވެފަ އެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ޒަޚމްވެފައިވެ އެވެ.
"މިއީ ޓެރަރިޒަމާ ދެކޮޅަށް މިސްރުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ދޭ ހަމަލާތައް. އެކަމަކު މި ހަމަލާ ދިން މީހުންގެ ކިބައިން މިސްރު ސިފައިން ބަދަލު ހިފާނެ،" ސީސީ ވިދާޅުވި އެވެ.
ސައިނާއީ ޕެނިންސުލާގައި އާއްމުކޮށް ހަމަލާ ދެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިފައިވާ ޖަމާއަތްތަކުންނެވެ. ހަމަލާ ދިން މިސްކިތް އާއްމުކޮށް ބޭނުން ކުރަނީ ސޫފީންނެވެ.
މިސްރުގެ ސައިނާއީގެ މިސްކިތަކަށް ހަމަލާދީ 235 މީހުން މަރާލައިފި
އެކަކު ސަލާމަތްވީ މަރުވެފައިވާ މީހުންގެ ދަށަށް ވަނުމުން
މިސްކިތުގައި ހަމަލާ ދިން މީހުން އައިއެސްގެ ދިދަ ގެންގުޅުނު
ސީނާގައި މިސްރުގެ 11 ސިފައިން މަރާލައިފި
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
ލަންޑަނުގެ ބޮޑު މިސްކިތުގައި އިމާމަށް ހަމަލާދީފި
ހުކުރު ވަގުތު މިސްކިތުގައި ދިން ހަމަލާގައި 62 މަރު
ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން
މިސްކިތަށް ހަމަލާ ދިން މީހާ އަށް ޓެރަރިޒަމްގެ ދައުވާ
ލަންކާގެ މިސްކިތްތަކަށް ހަމަލާދޭތީ ކާފިއު ހިންގައިފި