24 ނޮވެމްބަރ 2017
ގާހިރާ (ނޮވެމްބަރު 24) - މިސްރުގެ އުތުރުގެ ސައިނާއީ ޕްރޮވިންސްގެ މިސްކިތަކަށް ހަނގުރާމަވެރިން ހަމަލާދީ 235 މީހުން މަރާލާފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ގާހިރާ (ނޮވެމްބަރު 24) - މިސްރުގެ އުތުރުގެ ސައިނާއީ ޕްރޮވިންސްގެ މިސްކިތަކަށް ހަނގުރާމަވެރިން ހަމަލާދީ 235 މީހުން މަރާލާފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބިރް އަލް އާބިދު ޓަނުގައި ހުރި އަލް ރައުދާ މިސްކިތުގައި ބޮން ގޮއްވާ އަދި ބަޑީގެ ހަމަލާދީފައި ވަނީ ހުކުރު ވަގުތު އެވެ. މިއީ ހަނގުރާމަވެރިން 2013 ވަނަ އަހަރު ސައިނާއީ އަށް ހަމަލާދޭން ފެށި ފަހުން އެ ޕްރޮވިންސްގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.
ފުލުހުން ބުނީ ހަތަރު ވެހިކަލެއްގައި އައި ހަނގުރާމަވެރިން މިސްކިތުގައި ބޮން ގޮއްވާ އަދި ހުކުރަށް ގޮސް ތިބި މީހުން ގަޔަށް ބަޑި ޖެހީ ކަމަށެވެ. މިސްކިތުން ފޭބި މީހުން ގަޔަށް ބަޑިޖެހި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނުއުފުލަ އެވެ.
ސައިނާއީ އަށް މީގެ ކުރިން އެތައް ހަމަލާއެއް ދިން ނަމަވެސް މިއީ މިސްކިތެއްގެ އެތެރޭގައި ހަމަލާ ދިން ފުރަތަމަ ފަހަރެވެ.
މިސްކިތަށް ދިން ހަމަލާގެ ބަދަލު ވަރަށް ހިތިވާނެ: ސީސީ
އެކަކު ސަލާމަތްވީ މަރުވެފައިވާ މީހުންގެ ދަށަށް ވަނުމުން
މިސްކިތުގައި ހަމަލާ ދިން މީހުން އައިއެސްގެ ދިދަ ގެންގުޅުނު
ސީނާގައި މިސްރުގެ 11 ސިފައިން މަރާލައިފި
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
ލަންޑަނުގެ ބޮޑު މިސްކިތުގައި އިމާމަށް ހަމަލާދީފި
ހުކުރު ވަގުތު މިސްކިތުގައި ދިން ހަމަލާގައި 62 މަރު
ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން
މިސްކިތަށް ހަމަލާ ދިން މީހާ އަށް ޓެރަރިޒަމްގެ ދައުވާ
ލަންކާގެ މިސްކިތްތަކަށް ހަމަލާދޭތީ ކާފިއު ހިންގައިފި