Roadha Mihaaru
ސްޓެލްކޯއިން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅަނީ

ސްޓެލްކޯ އިން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅާނެ ބަޔަކު ހޯދަނީ

23 ނޮވެމްބަރ 2017

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ސްޓެލްކޯ އިން އަޅާ 15 ބުރީގެ ދެ ޓަވަރު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ސްޓެލްކޯ އިން އަޅާ 15 ބުރީގެ ދެ ޓަވަރު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފި އެވެ.

ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މީގެ ތެރެއިން ބައެއް ފްލެޓްތައް އަޅަން ހަވާލުކޮށްފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ.

ފްލެޓްތައް އަޅަން ކުންފުނިތަކާ ހަވާލުކުރީ، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރުމަށް ފަހު ބާކީ ހުންނަ ފްލެޓްތައް އާއްމުންނަށް ވިއްކާލެވޭ ގޮތަށެވެ.

ސްޓެލްކޯގެ ދެ ޓަވަރު އިމާރާތްކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ގެ ކުރިން ޕްރޮޕޯސަލް ހުށަޙަޅަން ޖެހެ އެވެ. މި ޓަވަރުތައް އިމާރާތް ކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ވެސް ފުރުސަތު އެބަ އޮތް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ އިތުރުން އެސްޓީއޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުން ވެސް ފްލެޓް އެޅުމާ ވަނީ ހަވާލުވެފަ އެވެ. އެކަމަކު ފްލެޓް އަޅާނެ ބަޔަކު ހޯދަން މި ކުންފުނިތަކުން އަދި އިއުލާނެއް ނުކުރެ އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު 2019 އަށް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.