18 ނޮވެމްބަރ 2017
ލިބިފައިވާ ހުނަރު އެހެން މީހުންނަށް ދައްކާލުމަކީ އުމުރުން 20 އަހަރުގެ ހަސަން ރިފާޒުގެ އަބަދުވެސް އަމާޒެވެ. އެހެންވެ، އަމިއްލަ ގޭގައި އިނދެގެން ކުރެހުމުގެ ބަދަލުގައި އޭނާ އެންމެ ފުރަތަމަ ފެށީ މީހުންގެ ގޭގޭގެ ފާރުތަކުގައި ކުރަހައިދޭށެވެ. ހިތާނުކޮށްގެން އުޅޭ ގޭގެ ޑެކަރޭޓްކުރުމާއި ރަށުގައި ބާއްވާ އެކި ހަފުލާތަކަށް ތަން ތައްޔާރުކޮށް، އެތަންތަނުގައި އޭނާ ކުރަހައިދިނެވެ.
ލިބިފައިވާ ހުނަރު އެހެން މީހުންނަށް ދައްކާލުމަކީ އުމުރުން 20 އަހަރުގެ ހަސަން ރިފާޒުގެ އަބަދުވެސް އަމާޒެވެ. އެހެންވެ، އަމިއްލަ ގޭގައި އިނދެގެން ކުރެހުމުގެ ބަދަލުގައި އޭނާ އެންމެ ފުރަތަމަ ފެށީ މީހުންގެ ގޭގޭގެ ފާރުތަކުގައި ކުރަހައިދޭށެވެ. ހިތާނުކޮށްގެން އުޅޭ ގޭގެ ޑެކަރޭޓްކުރުމާއި ރަށުގައި ބާއްވާ އެކި ހަފުލާތަކަށް ތަން ތައްޔާރުކޮށް، އެތަންތަނުގައި އޭނާ ކުރަހައިދިނެވެ.
މިހާރު އޭނާއަކީ ބީރައްޓެހި ރަށެއްގައި، އަމިއްލައަށް ކުޑަ ސުވެނިއަ ފިހާރައެއް ހުޅުވައިގެން އެތަނުގައި ކުރަހަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. ގެސްޓުހައުސްތަކުން ފުރިފައިވާ ކ. މާފުއްޓަށް ރިފާޒު ބަދަވިތާ އަދި ވީ މަހެއް ނަމަވެސް އޭނާގެ ކުރެހުންތަކަށް އެ ރަށުގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
"އަބަދު ވެސް ބޭނުންވީ އެންމެ ކުރާހިތްވާ މަސައްކަތުން އަމިއްލައަށް ވިޔަފާރިއެއް ފަށަން. އުމުރުން އަދި މާބޮޑު ނޫނަސް މަސައްކަތް ކޮށްފިއްޔާ ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އޮތީމައި މި ރަށަށް ބަދަލުވީ،" ރިފާޒް ބުންޏެވެ.
ރިފާޒް ކުރަހާފައިވާ ކުރެހުމެއް: މިއީ ރާއްޖޭގައި ފުޅާކޮށް ކުރެވިދާނެ ވިޔަފާރިއެއްކަމަށް އޭނާ ދެކޭ
އެކަމަކު މިހާ ހިސާބަށް އަންނަން ވެސް އޭނާއަށް ކުރަން ޖެހުނީ ފަސޭހަ ދަތުރެއް ނޫނެވެ.
އުފަން ރަށުގައި ރިފާޒްގެ ކުރެހުންތަކަށް މީހުންގެ ތައުރީފް ލިބުނު ނަމަވެސް އެ ކުރެހުންތަކުން އޭނާއަކަށް އާމްދަނީއެއް ނުލިބުނެވެ. އެހެންވެ، އެ ފަދަ އެހެން ޒުވާނުންނެކޭ އެއްގޮތަށް އޭނާ ވެސް ބަދަލުވީ މާލެ އަށެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރީ މާލޭގެ ސްވެނިއާ ފިހާރައެއްގަ އެވެ.
ޓީޝާޓުގައި ތައްގަނޑު ޖެހުމާއި ބައެއް ގުދުރަތީ މަންޒަރުތައް ފިހާރައިގައި އިނދެގެން ކުރަހައި ވިއްކި ނަމަވެސް އޭނާގެ ހުނަރުވެރިކަން އޮތީ ވަކި ހިސާބެއްގައި ހިފެހެއްޓިފަ އެވެ. އޭނާ ބޭނުންވީ ހުނަރުވެރިކަން އިތުރުކޮށް، ތަފާތު ވައްތަރުގެ ކުރެހުންތައް ކުރަހާށެވެ.
ނަސީބު އަތުގައި ހިފީ، އެ ސްވެނިއާ ފިހާރައިން ވަކިވެ، މާލޭގެ ހެދުން ވިއްކާ ފިހާރައެއްގައި މަސައްކަތް ކުރަނިކޮށެވެ. ރިސޯޓެއްގެ ކުރަހާތަނަކުން ވަޒީފާ ލިބުނު އިރު ވެސް ކުރެހުމުގެ ރޮނގުން މާބޮޑު އެއްޗެއް އެނގޭ ކަމަކަށް ރިފާޒް ގަބޫލެއް ނުކުރެ އެވެ.
ރިފާޒް ކުރެހުމެއް: މި ފަދަ ކުރެހުންތަކަށް ޓޫރިސްޓުންގެ ބޮޑު ތަރުހީބެއް ލިބޭ ކަަމަށް އޭނާ ބުނޭ
"އެކަމަކު އެތަނުގައި މަސައްކަތް ކުރި ނުވަ މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. އެންމެ ބޮޑު ކަމަކަށް އެނގުނީ މިއީ އަސްލު ބޭރު މީހުން ވަރަށް ރެސްޕެކްޓު ކުރާ މަސައްކަތެއްކަން. އާއްމުކޮށް ދިވެހިން އާޓިސްޓެކޭ ބުނީމައި ހީކުރަނީ ގޮނޑީގައި އިނދެގެން ހަމަ ކުރަހަނީއޭ. މާބޮޑު ސަމާލު ކަމެއް ނުލިބޭ،" ރިފާޒު ބުންޏެވެ.
"އެކަމަކު ރިސޯޓަށް ބަދަލުވި ފަހުން އެނގުނު އާޓިސްޓުންނަކީ ޓޫރިސްޓުން ވަރަށް ގަދަރު ކުރާ ބައެއްކަން. ކުރަހާއިރު ވަރަށް ހައިރާންވެފައި ތިބޭނީ. ސެލްފީ ވެސް ނަގާނެ. އެ މީހުންގެ ފަރާތުން ލިބުނު ލޯބި އެއީ މި ދާއިރާއިން ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ރިފާޒް ބުންޏެވެ.
ކާއްޓެއް ބޭނުންކޮށްގެން ރިފާޒް ހަދާފައިވާ ވެލަޔަކާއި މަޑިއެއް
އޭނާގެ ވަޒީފާއަކީ ޓޫރިސްޓުން ގަޔާވާ އެއްޗެހި ކުރަހައިދިނުމެވެ. ބައެއް ފަހަރު ކުރަހާ ނިމެންދެން ޓޫރިސްޓުން ކައިރީގައި ތިބުމާއި އެ ކުރެހުން ގަނެގެން ދާއިރު، ކުރެހުންތެރިޔާގެ ނަން ލިޔުއްވައި ސޮއިކުރުވައިގެން ދާގޮތުން، ރިފާޒްއަށް ޔަގީންވީ ޓޫރިޒަމް ދާއިރާގައި ކުރެހުންތެރިންނަށް މުސްތަގްބަލު އޮތްކަމެވެ.
ރިސޯޓު ވަޒީފާއިން ކެނޑިގެން ބޭބެއަކާ އެކު މާފުއްޓަށް ވެސް ބަދަލުވީ އެ އުއްމީދުގަ އެވެ. ކުރެހުމުގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށެވެ.
ގެސްޓުހައުސްގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާފުށީގައި ސުވެނިއާ ފިހާރަތައް ގިނަ ނަމަވެސް، އާމްދަނީ ހޯދުމުގެ ގޮތުން ކުރަހާ މީހުން ވަރަށް މަދެވެ. އެ ރަށުން ލިބުނު ކުޑަ ތަންކޮޅެއްގައި ރިފާޒްމެންގެ ވިޔަފާރި ފަށައިގަތްތާ އަދިި މާގިނަ ދުވަހެއް ވެސް ނުވެ އެވެ.
ރިފާޒް ތައްޔާރުކޮށްފައިވާ ފްރިޖް މެގްނެޓްތަކެއް
ލޯނެއް ނުވަތަ އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި އެ ވިޔަފާރި އެމީހުން ފަށައިގަތީ އަތުގައި ހުރި ހުރިހާ ފައިސާއެއް އެކަމަށް ހޭދަކޮށްގެންނެވެ. ކުރެހުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެ އަތްމަތި ހުސްކޮށްލި ނަމަވެސް، މާފުށިން އެމީހުން އުއްމީދުކުރާ ވަރުގެ ވިޔަފާރިއެއް ލިބޭނެކަމާމެދު ރިފާޒް ޝައްކެއް ނުކުރެ އެވެ.
"އަކާޝާ ކަރްޗިން" ނަމުގައި ހިންގާ އެ ފިހާރައަށް ރަށުގެ އާއްމުންގެ ސަމާލުކަން ވެސް ވަނީ ލިބެން ފަށާފަ އެވެ. އެގޮތުން ކައުންސިލްގެ ބައެއް ޑެކަރޭޝަންތަކާއި ރަށުގެ ބައެއް ގެސްޓްހައުސްތަކަށް ކުރަހައިދިނުމުގެ ފުރުސަތުތައް އަންނަނީ ލިބެމުންނެވެ. އަދި ރީތި މަންޒަރުތައް ކުރަހާފައި ޓީޝާޓު އެތަނުން ވިއްކާއިރު ދިވެހިން ވެސް އެ ތަކެތި ގިނައިން ގަންނަ ކަމަށް ރިފާޒް ބުންޏެވެ.
"މިތަނުގައި މިހާރު ކުރަހަން ކެންވަސް އާއި އެކި ކަހަލަ ޕެއިންޓިންތަކާއި ޓީޝާޓުގައި ވެސް. އަދި މިތަނުން ޓޫރިސްޓުންނަށް އެކި ކަހަލަ ސުވެނިއާ ވިއްކާއިރު އެއިން ކޮންމެ އެއްޗެއްގައި ވެސް ހުންނާނީ ކުރަހާފައި،" ދުވާލާއި ރޭގަނޑުގެ ބޮޑުބައެއް ކުރެހުމުގައި ހޭދަކުރާ އެ ޒުވާނާ ބުންޏެވެ.
ރާއްޖޭގެ ރީތި މަންޒަރުތައް ކުރަހާފައިވާ ކާށިތަކެއް: މި ހުނަރުވެރިކަން ޓޫރިޒަމް ދާއިރާގައި ކުރިއެރުވޭނެ ކަމަށް ރިފާޒް ގަބޫލް ކުރޭ
ކުރެހުމުގެ އިތުރުން ކާއްޓާއި ނާށި އަދި އުކާލެވޭ ލަކުޑިކޮޅު ފަދަ އެއްޗެހިން އެކި ސްވެނިއާ ހަދައިގެން ވެސް އޭނާ އަންނަނީ މީހުން ހައިރާން ކުރުވަމުންނެވެ.
މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބެމުން އަންނައިރު ގެސްޓްހައުސް ހުންނަ އެހެން ރަށްރަށުގައި ނުވަތަ ރިސޯޓެއްގައި މި ފަދަ ކުރަހާތަނެއް ހުޅުވުމަކީ ރިފާޒްގެ މިހާރުގެ އެންމެ ބޮޑު ހުވަފެނެވެ.
"އަސްލު ކުރެހުމުގެ ހުނަރު ހުރި ޒުވާނުންނަށް މި ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތުތައް މި ހުންނަނީ. ޓޫރިޒަމް ފުޅާވަމުން އަންނައިރު އެ މީހުންނަށް އަމާޒުކޮށްގެން އަމިއްލަ ހުނަރުވެރިކަން ދައްކާލެވިދާނެ،"
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟
މާފުއްޓަކީ ސަތޭކައިގެ ބްރޭންޑެއް؛ އުޖާލާ ޓޫރިޒަމެއް!
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!
ރާއްޖޭގެ އެންމެ ބޮޑު ގެސްޓުހައުސް މާފުށީގައި ހުޅުވައިފި
ހަ ރަށެއްގެ 22 ގެސްޓު ހައުސްއެއް މާދަމާ ހުޅުވާނެ
ޓޫރިސްޓްގެ ކިބައިން މަޖިލިސް މާފަށް އެދިއްޖެ
ޓޫރިސްޓް މައްސަލާގައި ނަޝީދާއި އިމްރާންގެ ހިޔާލު ތަފާތު
މާފުށިން ޓޫރިސްޓަކު ހައްޔަރުކުރުން: މިހާރު ތައުރީފް!