Roadha Mihaaru
ފޮރިން މިނިސްޓަރު ދުންޔާ އިސްތިއުފާ ދެއްވައިފި

ފޮރިން މިނިސްޓަރު ދުންޔާ އިސްތިއުފާ ދެއްވައިފި

05 ޖުލައި 2016

ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ މައުމޫން ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ މައުމޫން ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

ދުންޔާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަނުކުރެއްވި ނަމަވެސް، ދުންޔާގެ ބައްޕާފުޅު، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ޕާޓީތެރޭގައި ވަނީ ކޯޅުން އުފެދިފަ އެވެ.

ދުންޔާ އިސްތިއުފާ ދެއްވިއިރު، މިއަދުން ފެށިގެން އެކަމަނާ ހުންނެވީ ޗުއްޓީއެއްގަ އެވެ. ދުންޔާ ޗުއްޓީ ނެންގެވުމުން، މިއަދުން ފެށިގެން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާ ރައީސް ޔާމީން ވަނީ ހަވާލު ކުރައްވާފައި ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ.

ދުންޔާ އިސްތިއުފާ ދެއްވިއިރު، ބިޑް ކުރުމަކާ ނުލައި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިންތަކާއި ފަޅުތައް ދޫކުރުމަށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިސްވެ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ނުދެއްވި މައްސަލާގައި، އެކަމަނާގެ ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެ ޕާޓީން ވަކިކުރަން ސުލޫކް ކޮމިޓީން މީގެ އިރުކޮޅެއް ކުރިން ވަނީ ފާސްކޮށްފަ އެވެ.

މާލެ: ޖޫން 30، 2016: ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަކަށް ފަހު ފާރިސް (ކ) އިސްލާމިކް މިނިސްޓްރީގެ މުޝީރު މުހައްމަދު ރަޝީދު އިބްރާހިމްއާ ވާހަކަ ދައްކަވާލައްވަނީ. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ފާރިސްގެ އިތުރުން ސަރުކާރަށް ފާޑުކިޔައި ޓުވީޓެއްކޮށްގެން މަގާމުން ވަކިކުރި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި މާލޭ ސިޓީގެ މެމްބަރު ޒައިދުލް އަމީން ވެސް ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ކެބިނެޓަށް އަދި ޕީޕީއެމްގެ އެތެރެއަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ރައީސް ޔާމީނާ ދެމެދު އުފެދުނު ޒުވާބެއްގެ ތެރެއިން، އިސްތިއުފާ ދެއްވުމަށް ފަހު ޕީޕީއެމްގެ މެމްބަރު އަދި މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އުމަރު ވަނީ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.