މެނީލާ (ނޮވެމްބަރު 13) - ޝަރީއަތުން ބޭރުން މީހުން މަރަމުން ގެންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެއާ އެކު އޮތީ ރަނގަޅު ގުޅުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
13 ނޮވެމްބަރ 2017
މެނީލާ (ނޮވެމްބަރު 13) - ޝަރީއަތުން ބޭރުން މީހުން މަރަމުން ގެންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެއާ އެކު އޮތީ ރަނގަޅު ގުޅުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕުގެ އޭޝިއާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ފިލިޕީންސަށް ވަޑައިގެން ޑުޓާޓެއާ ބައްދަލު ކުރައްވާ ވިދާޅުވީ ދެ ފަރާތުގެ މެދުގައި އޮތީ ގާތް، ކާމިޔާބު ގުޅުމެއް ކަމަށެވެ. ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވި އިރު އެތައް ބަޔަކު ވަނީ، ޑްރަގާ ދެކޮޅަށް ޑުޓާޓެ ފައްޓަވާފައިވާ ހަނގުރާމައާ ގުޅޭ ގޮތުން ހަރުކަށި ބަޔާނެއް ދެއްވުމަށް ގޮވާލައިފަ އެވެ.
ޑުޓާޓޭ އާއި ޓްރަމްޕުގެ ބައްދަލުވުމުގައި ނޫސްވެރިން ބައިވެރިއެއް ނުކުރެ އެވެ. ޑުޓާޓެގެ ތަރުޖަމާން ވިދާޅުވީ 40 މިނިޓަށް ދެމިގެން ދިޔަ ބައްދަލުވުމުގައި އިންސާނީ ހައްގުތަކާ ގުޅޭ އެއްވެސް ވާހަކައެއް ޓްރަމްޕް ނުދައްކަވާ ކަމަށެވެ. ނަމަވެސް ޓްރަމްޕުގެ ތަރުޖަމާން ސާރާ ހަކަބީ ސެންޑާސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ވާހަކަ ވެސް ޓްރަމްޕް ދެއްކެވި ކަމަށާއި އެކަމަކު ވަރަށް ކުޑަކޮށް ކަމަށެވެ.
މިދިޔަ އަހަރުގެ އިންތީޚާބު ކާމިޔާބު ކުރެއްވުމާ އެކު ޑުޓާޓެ ވަނީ ޑްރަގާ ދެކޮޅަށް ހަރުކަށި ހަނގުރާމައެއް ފައްޓަވައިފަ އެވެ. ޑްރަގު ހުއްޓުވަން ހިންގާ ހަރަކާތުގައި މިހާތަނަށް ވަނީ 3،967 މީހުން މަރާލައިފަ އެވެ. ޑުޓާޓެ ދާދި ފަހުން ވަނީ އުމުރުން 16 އަހަރުގައި ވެސް މީހަކު މަރާލި ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިން ވަނީ ޑަވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އަމިއްލަ އަށް މީހުން މެރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ޑުޓާޓެ އަށް ވައިޓް ހައުސް އަށް ދައުވަތު ދިނުމުން ފާޑުކިޔުން
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ޓްރަމްޕް ތާއީދު: ޑުޓާޓެ
އޮބާމާގެ ހަލާކަށް ފިލިޕީންސްގެ ރައީސް ގޮވާލައްވައިފި
"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
ޓިކްޓޮކް ގަންނާނެ ބަޔަކު ހޯދަން އިތުރު 75 ދުވަސް ދީފި
އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީ އަލުން ދެނީ
އައިސީސީގެ އަމުރަށް ޑުޓާޓޭ ހައްޔަރުކޮށްފި
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް