10 ނޮވެމްބަރ 2017
މިއަދުގެ ހުކުރު ނަމާދުގެ ޚުތުބާ ބިނާކޮށްފައި ވަނީ ހަދީސްގެ އެއްބަޔަށް ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހުކުރު ނަމާދުގެ ޚުތުބާ ބިނާކޮށްފައި ވަނީ ހަދީސްގެ އެއްބަޔަށް ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހުތުބާ ޚާއްސަ ކޮށްފައި ވަނީ ކޮންމެ ހާލެއްގައި ވެސް ވެރިންނަށް ކިޔަމަން ވުމާ ގުޅޭ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އެ ޚުތުބާގައި، ވެރިންނާ ދެކޮޅަށް ނުތެދުވެވޭނެ ކަމުގެ ގިނަ ދަލީލުތަކެއް ދެއްކި އެވެ.
ރ. މަޑުއްވަރީގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ޚުތުބާ އަށް ފާޑުވިދާޅުވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވިދާޅުވީ، އިސްލާމީ ވެރިކަމުގެ ނިޒާމުގެ ވާހަކަތައް ޚުތުބާގައި ދެއްކި އިރު، ވެރިން ޖަވާބުދާރީ ކުރާ ވާހަކަ އަޑުއިވިވަޑައި ނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ހައްތަހާ ވެސް ޚުތުބާގައި ދެއްކީ ވެރިންނަށް ކިޔަމަން ވުމުގެ ވާހަކަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޚުތުބާގައި ދަލީލެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކީރިތި ރަސޫލާގެ ދެ ހަދީސެއް އޭނާ ފާހަގަ ކުރެއްވި އެވެ.
ފުރަތަމަ ހަދީސަކީ ރުހުމުގަ އާއި ނުރުހުމުގައި ވެސް އަދި ހިތް އެދޭ ކަންކަމާއި ނޭދޭ ކަންކަމުގައި ވެސް ވެރިމީހާގެ ފަރާތުން އަނިޔާވެރި ކަމެއް ކުރިމަތިވިޔަސް އޭނާ އަށް ކިޔަމަން ވުމާ ގުޅޭގޮތުން ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެވެ. އަދި ސަހީހު މުސްލިމު ރިވާ ކުރައްވާފައިވާ، އެންމެ ހެޔޮވެރިންނަކީ ތިޔަބައި މީހުން ލޯބިވާ ވެރިން އަދި ތިޔަބައި މީހުން ދެކެ ލޯބިވާ ވެރިން ކަމާއި ތިޔަބައި މީހުންނަށް ހެޔޮ ދުއާ ކުރާ އަދި ތިޔަބައިމީހުން ހެޔޮދު އާކުރާ ވެރިން ކަމަށް ހަދީސް ކުރައްވާފައިވާ ބަސްފުޅެވެ.
މިއީ ސައްހަ ދެ ހަދީސް ނަމަވެސް، އެ ހަދީސްގެ ފަހަތުގައިވާ ބައި ޚުތުބާގައި އަލިއަޅުވާލާފައި ނެތް ކަމަށް މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހަދީސްގެ ފަހަތުގައި ބައިގައި އޮންނާނީ "އަދި ތިޔަ ބައިމީހުންގެ ތެރޭގައި ހިމެނޭ އެންމެ ނުބައި ވެރިންނަކީ ތިޔަބައި މީހުންގެ ދެކެ އެންމެ ރުޅިއަންނަ ވެރިންނެވެ. އަދި ތިޔަބައި މީހުން އެ ބަޔަކަށް ލައުނަތް ދޭ ވެރިންނެވެ. އަދި އެ ބަޔަކު ތިޔަބައި މީހުންނަށް ލައުނަތް ދޭ ވެރިން" ކަމުގަ އެވެ.
"އިލްމުވެރިން ވިދާޅުވަނީ ހަދީސެއް ބައިބައިކޮށްގެން ގެނައުމަކީ މައްސަލައެއް ނޫން ކަމަށް. އެކަމަކު އެއް މައުލޫއަކާ ގުޅޭ ވާހަކައެއް ނަމަ އެ މައުލޫ ފުރިހަމަ ކުރަން ޖެހޭނެ،" މަޖީދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހަދީސްގައި ރިވާ ކުރައްވާފައިވާ ހާދިސާގެ އަލީގައި އިލްމުވެރިން ވިދާޅުވަނީ ވެރިންނަށް ކިޔަމަން ވުމަކީ އިސްލާމީ ވެރިކަމުގެ ނިޒާމުގައި އޮންނަ ކަމެއް ކަމުގައި ވިޔަސް ވެރިންގެ ފަރާތުން ފެންނަ ނުބައި ކަންތައްތަކުގެ ވާހަކަ ދައްކައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވެސް އެ ނިޒާމުުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދި މުސްލިމު ވެރިންގެ ކުރިމަތީގައި ހައްގު ބަސް ބުނެ، ވެރިން ޖަވާބުދާރީ ކުރުވުމުގެ ކަންކަން ތާރީޚުގައި ހިނގާފައިވާ ކަން ފާހަގަ ކުރައްވައި، އެ ކަންކަން މަޖީދު ވިދާޅުވެ ދެއްވި އެވެ.
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"
ބާއްޖަވެރިކަންލިބޭނީ ﷲއާ ގުޅުން ރަނގަޅު ނަމަ: މެންކް
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު
މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި
ތާރީހީ ދުވަހެއް، އަންހެންބޭފުޅެއްގެ ފުރަތަމަ ހުތުބާ!
ހުތުބާ ތަރުޖަމާކޮށް ސަބްޓައިޓަލް އަރުވަން ފަށައިފި
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި
ބިޑްތަކުން ނާޖާއިޒް ފައިދާ ނެގުން ބޮޑު ވައްކަމެއް
ޝަރީއަތް ނޭނގޭމީހުންނާ ހެދި އަންހެނުންނަށް އަނިޔާ ލިބޭ
ތިން މަހަށް ފަހު އުފަލުން ހުކުރަށް