Roadha Mihaaru
އެޑިއުކޭޝަން މިނިސްޓްރީއަށް އާ ޕީއެސްއެއް އައްޔަންކޮށްފި

އެޑިއުކޭޝަން މިނިސްޓްރީ އަށް އާ ޕީއެސްއެއް އައްޔަން ކޮށްފި

09 ނޮވެމްބަރ 2017

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

އެ މިނިސްޓްރީގެ ޕީއެސް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރީ ގ. ދިލްކަޝް، މުހައްމަދު ސައީދެވެ.

އޭނާ އަކީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސައީދަކީ 1989 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުންދާ ބޭފުޅެކެވެ. ސައީދު ސަރުކާރުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ކަމަށް ސައީދު އައްޔަން ކުރެއްވީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި ޑރ. އަބްދުލް މުހުސިން މުހައްމަދު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިދިޔަ އޮގަސްޓް މަހު ހަމަޖެއްސުމާ ގުޅިގެންނެވެ.

ޕާމަނަންޓް ސެކެޓްރީންނަކީ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. އެ މަގާމަށް ސީއެސްސީން މިހާރު ބޭފުޅުން އައްޔަން ކުރައްވަނީ އެ މިނިސްޓްރީއެއް ހިންގަވާ މިނިސްޓަރުގެ ލަފާގެ މަތިންނެވެ.