Roadha Mihaaru
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑުކޮށްފި

04 ޖެނުއަރީ 2024

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އިއްޔެ އިިން ފެށިގެން ސަސްޕެންޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އިއްޔެ އިިން ފެށިގެން ސަސްޕެންޑުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލަތަކަކާ ގުޅިގެން، މުސާރަ ހިންގާ ގޮތަށް އެ ކޮމިޝަނުން އޭނާ ސަސްޕެންޑުކުރީ 30 ދުވަހަށެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

އަހުމަދު އަލީ، އެޑިއުކޭޝަންގެ ޕީއެސްއަކަށް ހަމަޖެއްސީ ޖޫން 13، 2019 ގަ އެވެ.

ފަސް އަހަރަށް އައްޔަންކުރާ އެ މަގާމުގައި އޭނާގެ ދައުރު ހަމަވާން ބާކީ އޮތީ ފަސް މަސް ދުވަހެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށް ބާއްވާ ބައްދަލުވުންތަކުގައި އޭނާ ބައިވެރިއެއް ނުކުރެ އެވެ.

އެކަމަކު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު "މިހާރު" އަށް ވިދާޅުވީ، އޭނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީއެސް އަހުމަދު އަލީގެ ފަރާތުން އެއްވެސް މައްސަލައެއް ފާހަގަނުވާ ކަމަށެވެ.

"ވަރަށް ކޯޕަރޭޓިވްކޮށް ޕީއެސް އުޅުއްވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.