01 ނޮވެމްބަރ 2017
ދިވެހި ލީގުގައި 2014 ވަނަ އަހަރު މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ބީޖީ ސްޕޯޓްސް ކްލަބާ އެއްވަރުވުމުން، ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އޭނާ ބޭނުންވި ކުޅުން އެ މެޗުގައި ނުފެނުމާ އެކު އެ މެޗަށް ފަހު އިންމަ މަގާމުން ވަކިވި އެވެ. ތިން އަހަރު ފަހުން އިންމަ އަލުން އެނބުރި މާޒިޔާ އަށް އައިއިރު، އެ ކްލަބް ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް އެ މުއްދަތުގެ ތެރޭގައި ކާމިޔާބު ކޮށްފަ އެވެ. އިންމަ ބުނީ އުފަލާ އެކު މަގާމާ ހަވާލުވިއިރު މިއީ ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ދިވެހި ލީގުގައި 2014 ވަނަ އަހަރު މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ބީޖީ ސްޕޯޓްސް ކްލަބާ އެއްވަރުވުމުން، ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އޭނާ ބޭނުންވި ކުޅުން އެ މެޗުގައި ނުފެނުމާ އެކު އެ މެޗަށް ފަހު އިންމަ މަގާމުން ވަކިވި އެވެ. ތިން އަހަރު ފަހުން އިންމަ އަލުން އެނބުރި މާޒިޔާ އަށް އައިއިރު، އެ ކްލަބް ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް އެ މުއްދަތުގެ ތެރޭގައި ކާމިޔާބު ކޮށްފަ އެވެ. އިންމަ ބުނީ އުފަލާ އެކު މަގާމާ ހަވާލުވިއިރު މިއީ ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ވަރަށް ހިތްހަމަ ޖެހޭ. ދެން ހިތްހަމަ ޖެހުމާ އެކު ވަރަށް ބޮޑު ޒިންމާއެއް މިއީ. އަޅުގަނޑު ބުނާނީ އެއިރާ އަޅާކިޔާއިރު ފުޓްބޯޅަ އަށް ވެސް ވަރަށް ގިނަ ބަދަލުތަކެއް އައިސްފިއޭ. ކުޅުންތެރިންތެރިންނަށް ވެސް އަދި ކްލަބްތަކަށް ވެސް. އުއްމީދަކީ މި ބަދަލުތަކާ އެކު މާޒިޔާ ކުރީގެ ފޯމަށް ގެންދަން. އިރާދަކުރެއްވިއްޔާ ގެންދެވޭނެ،" އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ބުންޏެވެ.
މާޒިޔާ އިން ވަކިވުމަށް ފަހު އިންމަ ފާއިތުވި އަހަރުތަކުގައި ފެނުނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އެ މަގާމުގައި އިންމަ ހުރިއިރު، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޓީމުގެ ހެޑް ކޯޗެއްގެ މަގާމު ފުރައިފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިން ޔަމަނާ ދެކޮޅަށް ކުޅުނު މެޗެވެ.
"ގައުމީ ޓީމަށް އެންމެ ފަހުން އައި ހަތަރު ކޯޗާ އެކު ވެސް އަޅުގަނޑު މަސައްކަތް ކުރިން. މި ކޯޗުންނާ އެކު މަސައްކަތް ކުރިއިރު ވަރަށް ގިނަ އެއްޗެސް ދަސްވި. ދެން އިރާދަކުރެއްވިއްޔާ މާޒިޔާ ހަވާލުވެގެން އަޅުގަނޑަށް ލިބުނު ހުރިހާ ތަޖުރިބާ އާއި ހުރިހާ އިލްމެއްގެ ބޭނުންކުރާނަން،" މާޒިޔާ އަށް 2012 ވަަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްދިން އިންމަ ބުންޏެވެ.
މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި އިރުއްސުރެން އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. އަހަރުން އަހަރަށް ޓީމު ވަރުގަދަކޮށް ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަމުން އައީ އިންމަގެ ކޯޗުކަމުގަ އެވެ. އޭނާ ބުނީ އަލުން އެ ޓީމާ ގުޅުމުން ކުރެވެނީ އެނބުރި އާއިލާއާ ގުޅުމުގެ އިހުސާސް ކަމަށެވެ.
އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އިންމަ (ވ) އާއި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްހާބު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑު އަށް ވަރަކަށް އަހަރު ގެންގުޅުނު ޓީމެއް މިއީ. މާޒިޔާ އަށް އަޅުގަނޑު އައީމަ އަނބުރާ އާއިލާ އަށް އައުން ކަހަލަ އިހުސާސެއް ކުރެވެނީ. ވަރަށް ކުއްލި ގޮތަކަށް އައި ކަމެއް މި ކަމަކީ. އެންމެ ފަހުން ހުރި ކޯޗު (ސެކުލޮސްކީ) ދިއުމާ އެކު. މި ހުށަހެޅުން އައީމަ އަޅުގަނޑު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރެ ވަރަށް ވިސްނިން. ދެން މި ވަގުތަކީ އެންމެ ރަނގަޅު ކަމަށް ފެންނަ ވަގުތު ކަމަށްވީމަ އަޅުގަނޑު ހަވާލުވީ،" އިންމަ ބުންޏެވެ.
މާޒިޔާ އަކީ ސްކޮޑަށް ބަލާއިރު ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ތިބި ޓީމެކެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން އެ ޓީމުގެ ސްކޮޑުގައި ހިމެނެ އެވެ.
"ވަރަށް ރަނގަޅު ކުޅުންތެރިން ސްކޮޑުގައި އެބަހުރި ހަމަ. ރާއްޖޭގެ ޓީމުތަކުގެ ތެރެއިން ހިމެނޭ އެންމެ ރަނގަޅު ކުޅުންތެރިން މާޒިޔާގައި މިތިބީ. ބައެއް މުހިއްމު ކުޅުންތެރިން އިންޖަރީގައި ތިއްބަސް އެކަން ރަނގަޅުކުރެވޭ ފަދަ ކުޅުންތެރިން އެބަތިބި،" އިންމަ ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނިއު އަށް 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތީ ތިން މެޗެވެ.
އިންމަ ބުނީ ލީގަށް ވާދަކުރުމަށް ވުރެން މާޒިޔާ އަށް މުހިއްމީ ދެން ހުރި މުބާާރާތްތައް ކަމަށެވެ.
"އަޅުގަނޑުމެން ލީގަށް ފައިޓް ކުރުމަށްވުރެން އަޅުގަނޑުމެންގެ ވިސްނުން މިހުރީ އެފްއޭ ކަޕަށާއި ޕްރެޒިޑެންޓްސް ކަޕަށް،" އިންމަ ބުންޏެވެ.
މާޒިޔާ އިން ބުނީ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީއާ އެކު މި މަހުގެ 31 ގެ ނިޔަލަށް ކޮންޓްރެކްޓް ހެދީ އޭރު އެފްއޭއެމްގެ ޝެޑިއުލުގައިވާ ގޮތުން މި މަހުގެ ނިޔަލަށް ލީގު ނިމޭނެ ކަމަށް ބުނެފައިވުމުން ކަމަށެވެ. އަދި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން ނިންމީ ދެ ފަރާތުން ވެސް އެކަން ބޭނުންވާތީ ކަމަށެވެ.
އިންމަގެ ކޯޗުކަމުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅޭ މެޗެވެ.
މާޒިޔާގެ ނަތީޖާތައް ރަނގަޅުކުރަން އިންމަ އަމާޒުހިފާފައި
ތިން އަހަރަށް ފަހު އިންމަ އެނބުރި މާޒިޔާ އަށް
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
މާޒިޔާ ފައިދާ ނަގަން، ދަ ގްރާންޑޭ ދުލެއް ނުދޭނެ
ކުރިއަރާނީ ހުރި ޕްރެޝަރުތަކަށް ހޭނިގެން: ސެކުލޮސްކީ
މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު
"އުފާކުރެވެން ނެތް، ފުޓްބޯޅައިގެ ހާލަތު މާ ދެރަ"
މާޒިޔާގެ ކުޅުން ދަށްވުމުން އިންމަ މާޔޫސްވެފައި
ޓީސީއާ ދެކޮޅަށް މާޒިޔާ އަށް ނަތީޖާ ނެރެވޭނެ: އިންމަ
މާޒިޔާ ވަރުގަދަކޮށް އެނބުރި އަންނާނެ: އިންމަ