01 ނޮވެމްބަރ 2017
އަންހެނަކު ކުޑަ ކުއްޖެއްގެ ގައިގައި ވާގަނޑެއް ޖަހައިގެން އިންގްލެންޑްގެ ލިވަޕޫލް ސިޓީ ސެންޓާގެ ޕޭވްމަންޓް މަތިން ދަމާފައި ގެންދާ މަންޒަރު މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ލުމާ އެކު މި ވީޑިއޯ ވައިރަލްވެ ގިނަ ބަޔަކު މި އަންހެންމީހާ އަށް ނުރުހުމުގެ ބަސްތައް އަމާޒުވި އެވެ. އެކަމަކު އޭނާ މިހާރު އަންނަނީ އެއީ އޭނާ ގޯސްކޮށް ކުރި ކަމެއް ނޫން ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
އަންހެނަކު ކުޑަ ކުއްޖެއްގެ ގައިގައި ވާގަނޑެއް ޖަހައިގެން އިންގްލެންޑްގެ ލިވަޕޫލް ސިޓީ ސެންޓާގެ ޕޭވްމަންޓް މަތިން ދަމާފައި ގެންދާ މަންޒަރު މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ލުމާ އެކު މި ވީޑިއޯ ވައިރަލްވެ ގިނަ ބަޔަކު މި އަންހެންމީހާ އަށް ނުރުހުމުގެ ބަސްތައް އަމާޒުވި އެވެ. އެކަމަކު އޭނާ މިހާރު އަންނަނީ އެއީ އޭނާ ގޯސްކޮށް ކުރި ކަމެއް ނޫން ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
ލިވަޕޫލް އީކޯ އަށް އެމީހާ ބުނެފައިވާ ގޮތުގައި އޭނާ ދަރިން ބަލަހައްޓާ ގޮތާ މެދު ފާޑުކިޔަން ޖެހޭނީ ކަމުގެ ހަގީގަތް އޮޅުން ފިލުވައިފަ އެވެ. ނަން ހާމަކުރަން ބޭނުން ނުވާ މި މީހާ ބުނި ގޮތުގައި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅަކީ އޮޓިސްޓިކް ކުއްޖެކެވެ. އަދި ކުއްޖާ އެތަނުން ގެންދެވޭނެ އެނޫން ގޮތެއް އޭނާއަކަށް ނެތެވެ.
"އަހަރެންގެ ދަރިފުޅަކީ ވަރަށް ބޮޑަށް އޮޓިސްޓިކް މައްސަލަ ހުންނަ ކުއްޖެއް. އޭނާ ބަލިބޮޑުވާ ވަގުތު ބިންމަތީގައި އޮށޯންނާނީ. ވީޑިއޯއިން އެ ފެންނަނީ އަހަންނަން އޭނާ އެތަނުން ގެންދެވޭނެ ހަމައެކަނި ގޮތަށް ގެންދަނިކޮށް،" އަންހެންމީހާ ބުންޏެވެ.
އަންހެންމީހާ ބުނި ގޮތުގައި ދަރިފުޅު އަބަދުވެސް ހަދާނީ ހަމަ އެހެންނެވެ. އަދި ބިންމަތީގައި އޮށޯތުމަށް ފަހު ނުވެސް ތެދުވާނެ އެވެ. އަދި ނެގިޔަކަ ވެސް ނުދޭނެ އެވެ.
މި ވީޑިއޯ އަށް ކޮމެންޓްކޮށްފައިވާ ބައެއް މީހުން ވަނީ މަންޒަރު ބަލަން ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އެ އަންހެން މީހާ ހުއްޓުވަން ނޫޅުނީ ކީއްވެތޯ ވެސް ސުވާލުކޮށްފަ އެވެ.
އުމުރުން 31 އަހަރުގެ އަންހެންމީހާ ބުނި ގޮތުގައި އޭނާއަކީ ވަރަށް ނުލަފާ މަންމައެއްގެ ގޮތުގައި ލޭބަލް ކުރިޔަސް އެއީ ހަގީގަތެއް ނޫނެވެ.
"ޖަޖްކުރުމުގެ ކުރިން އެމީހުން އަހާލަން ވާނެ ކީއްތޯ މިވަނީ. އަހަރެން ކައިރިއަށް އައީ ވެސް އެންމެ ދެ އަންހެނުން. އަހަރެން އެމީހުން ކައިރީ ބުނިން އޮޓިޒަމް މައްސަލަ ވަރަށް ބޮޑަށް ހުންނަ ކުއްޖެކޭ މީ،" އަންހެންމީހާ ބުންޏެވެ.
"އޭނައަކީ ހަމަ ނޯމަލް ކުއްޖެއް. ހަމައެކަނި އޮޓިޒަމް ހުންނަނީ،" އަންހެންމީހާ ބުންޏެވެ.
އަންހެންމީހާ ބުނި ގޮތުގައި އޭނާ ވަރަށް މަދުން ނޫނީ ގެއިން ބޭރަކަށް ވެސް ނުނިކުމެ އެވެ. އެއީ ދަރިފުޅު ރުޅިގަދަވެގެން މިގޮތަށް ހަދާތީ އެވެ. ގިނަ މީހުން ތިބޭ ތަންތަނަށް ދާން ދަރިފުޅު ބޭނުމެއް ނުވެ އެވެ. އެހެންވެ ބޭރަށް ނެރެފި ނަމަ ދަރިފުޅު އުޅެނީ އެގޮތަށެވެ.
"މީހުންނަކަށް އިހްސާސެެއް ނުކުރެވޭނެ އޮޓިސްޓީކް ކުއްޖެއް ގެންގުޅުމަކީ ކިހާ އުނދަގޫ ކަމެއް ކަމެއް. ޚާއްސަކޮށް އެހާ ވަރުގަދަ ކުއްޖެއް. ދަރިފުޅު ވަރަށް ގިނައިން އަހަރެންނަށް ހަމަލަދީ އަހަރެން ބިންމައްޗަށް ވައްޓާލާވެސް ހަދާ. ނަމަވެސް އެއީ ދަރިފުޅަށް އެނގިގެން ކުރާ ކަމެއް ނޫން. ދަރިފުޅަކަށް ނޭނގޭ އަހަންނަށް ތަަދުވާނެކަމެއް،" އަންހެންމީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިފުޅު އޭނާގެ އެކުވެރި ކުދިންނަށް ވެސް ހަދާނީ ހަމަ އެހެންނެވެ. އަދި އޭނާ ގޮވައިގެން އުޅުމަކީ ވަަރަށް ސްޓްރެސްފުލް ކަމެއް ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.
އަންހެންމީހާ އުޅެނީ އޭނާގެ ދަރިފުޅުގެ ގައިގައި ވާގަނޑެއް ޖަހައިގެންނެވެ. ވާ ޖަހައިގެން އުޅޭ ސަބަބު ކިޔައިދެމުން އަންހެންމީހާ ބުނީ ނުރައްކާތެރި އެއްވެސް ކަމެއް ދަރިފުޅަށް ނުވިސްނޭ ކަމަށެވެ. އެހެންވެ ދަރިފުޅުގެ ގައިގައި ވާ ޖަހައިގެން ނޫނީ ނުހިފެހެއްޓޭ ކަމަށް ބުންޏެވެ.
އަންހެން މީހާ ދިފާއުގައި ވާހަކަ ދައްކާފައި ވިޔަސް ފުލުހުން ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
ބައްޕަ އަށް ސީޕީއާރް ދިން ކުއްޖަކަށް އެވޯޑެއް
ޔޫކޭގެ އެންމެ ބޮޑު އާއިލާގައި 17 ދަރިން
އެޑެލްގެ ލަވައެއް ޑިލިޓްކުރަން ކޯޓު އަމުރެއް ނެރެފި
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ލަންކާ ބަޔަކު ފޯޅަވަހީގައި ހިފެހެއްޓީ ގާނޫނާ ހިލާފަށް
ލަންޑަންގައި އައްޑޫ ޕްރޮމޯޓް ކުރަން ހަތްލައްކަ ރުފިޔާ!
ސީރިއާގެ އެޗްޓީއެސްއާ ޔޫކޭއިން ވެސް ވާހަކަ ދައްކަނީ
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ރައީސް މުއިއްޒުގެ ދެކަނބަލުން އިނގިރޭސި ވިލާތަށް