26 އޮކްޓޯބަރ 2017
ލަންޑަން (އޮކްޓޯބަރު 26) - އިނގިރޭސި ލީގު ކަޕުގައި ރޭ އެވަޓަން އަތުން 2-1 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފި އެވެ.
ލަންޑަން (އޮކްޓޯބަރު 26) - އިނގިރޭސި ލީގު ކަޕުގައި ރޭ އެވަޓަން އަތުން 2-1 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފި އެވެ.
ރޭގެ މެޗުގެ 26 ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިއާ ޗާލީ މުސޮންޑާ ދިން ބޯޅަ އަކުން ޗެލްސީ އަށް ލީޑުނަގައިދިނީ އެންޓޯނިއޯ ރޫޑީގާ އެވެ. މިއީ ރޯމާ ދޫކޮށް މި ފަހަރު ޗެލްސީ އަށް ބަދަލުވި ރުޑީގާ ޗެލްސީ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ރޭގެ މެޗުގައި އެވަޓަން އިން ކުޅުނީ އެ ޓީމުގެ ވަގުތީ ކޯޗު ޑޭވިޑް އަންސްވޯތުގެ އިރުޝާދުގެ ދަށުންނެވެ. އެވަޓަން އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދޭން އަޑެމޯލާ ލުކްމަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ވިލިއަން އެވެ. އަދި މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެވަޓަންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޑޮމިނިކް ކެލްވާޓް ލެވިން އެވެ.
ރޭގެ މެޗުގައި ޓޮޓެންހަމުން ވަނީ މޫސާ ސިސޯކޯ އާއި ޑެލެ އަލީގެ ލަނޑުތަކުން ދެ ލަނޑުގެ ލީޑެއް ނަަގައިފަ އެވެ. ވެސްޓް ހޭމުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. ވެސްޓް ހޭމްގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ ގާނާގެ ފޯވާޑް އަންދްރޭ އަޔޫ އެވެ. އަނެއް ލަނޑު ޖެހީ އެންޖެލޯ އޮގްބޯނާ އެވެ.
މި މެޗުގެ ކުރިން ވެސްޓް ހޭމްގެ ބޯޑުން ވަނީ އެ ޓީމުގެ ކޯޗު ސްލަވެން ބިލިޗްގެ ވަޒީފާ ސަލާމަތްކުރަން އޭނާ އަށް ފަހު ފުރުސަތެއްގެ ގޮތުގައި ކުރިއަށް އޮތް ތިން މެޗު ދީފަ އެވެ. ރޭގެ މެޗަށް ފަހު ބިލިޗް ބުނީ ފުރަތަމަ ކޮޅުގައި ދެ ލަނޑު ކޮޅަށް ވަނުމުން ކުޑަ މާޔޫސްކަމެއް ލިބުނު ކަމަށެވެ.
"ފުރަތަމަ ދެ ލަނޑު އަހަރެމެން ކޮޅަށް ވަނުމުން މާޔޫސްކަމެއް ލިބުނު. އެއީ ހީވީ އަހަރެމެން ކުރިން މެޗުގައި (ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗު) ދިޔަ ގޮތަށް ދާނެހެން. އެކަމަކު ކުޅުންތެރިންގެ ހިތްވަރުން މި މެޗު ކާމިޔާބު ކޮށްފި. މިއީ ސީޒަނުގައި ކުރިއަށް އެޅުނު ފިޔަވަޅެއް،" ބިލިޗް ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ބަލިވީ ފުރަތަމަ ހާފުގައި ދެއްކި ކުޅުން ދެ ވަނަ ހާފުގައި ނުދެއްކުމުން ކަމަށެވެ.
ވީއޭއާރުން ޓޮޓެންހަމް ހުއްޓުވައިފި، ޗެލްސީ ފައިނަލަށް
ސެމީގެ ފުރަތަމަ ލެގުގައި ޗެލްސީން ޓޮޓެންހަމް ބަލިކޮށްފި
ޔުނައިޓެޑް ކަޓައިފި، ލަންޑަނުގެ 4 ޓީމު ކުރިޔަށް
ޗެލްސީ ކަޓުވާލުމަށް ފަހު ޓޮޓެންހަމް ކުއާޓާ އަށް
ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ކުއާޓާ އަށް
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ކްލޮޕްގެ ވަދާއީ ލީގުކަޕު ޗެލްސީ ރޮއްވާލައި ތަށިނަގައިފި
ޗެލްސީއާ ދެކޮޅަށް ވެމްބްލީގައި ކުޅޭނީ ލިވަޕޫލް
ދެވަނަ ލެގު އަދި އެބައޮތް: ތިއާގޯ ސިލްވާ
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ