Roadha Mihaaru
މުސާފިރީން: އުމްރާއަށް ގެންދިއުމުގެ އެންމެ ކުރީގައި

މުސާފިރީން: އުމްރާ އަށް މީހުން ގެންދިއުމުގައި ދެ ވަނަ އެއް ނެތް!

29 އޮކްޓޯބަރ 2017

ހައްޖަށް ނުވަތަ އުމްރާ އަކަށް ދިއުމަކީ ކޮންމެ މުސްލިމަކު ވެސް ކުރާނެ އެންމެ ބޮޑު އެއް އުންމީދެވެ. ނަމަވެސް، މިހާރު މިކަމުގެ އަގުތައް މިވަނީ ހައްދު ފަހަނަ އަޅައިގެން ގޮސް، ބޮޑު ވިޔަފާރި އަކަށް ބަަދަލުވެފަ އެވެ. މިއީ އާންމުންގެ ގިނަ ބައެއްގެ ޝަކުވާއެކެވެ.

އަލީ ޝިނާން އަލީ ޝިނާން

ހައްޖަށް ނުވަތަ އުމްރާ އަކަށް ދިއުމަކީ ކޮންމެ މުސްލިމަކު ވެސް ކުރާނެ އެންމެ ބޮޑު އެއް އުންމީދެވެ. ނަމަވެސް، މިހާރު މިކަމުގެ އަގުތައް މިވަނީ ހައްދު ފަހަނަ އަޅައިގެން ގޮސް، ބޮޑު ވިޔަފާރި އަކަށް ބަަދަލުވެފަ އެވެ. މިއީ އާންމުންގެ ގިނަ ބައެއްގެ ޝަކުވާއެކެވެ.

ދައްކަން މި އުޅެނީ މީގެ ތިން ވަރަކަށް އަހަރު ކުރިން، ވީހާވެސް ހެޔޮ އަގެއްގައި އާންމުންނަށް ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މާތް މަގުސަދާއެކު އުފެއްދި "މުސާފިރީން"ގެ ވާހަކަ އެވެ.

މުސާފިރީން ހިއްގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަނަސް އަބްދުﷲ ވިދާޅުވީ، އެ ގްރޫޕްގެ ބެލެނިވެރިކަމުގައި ކޮންމެ ފަރާތަކަށް ވެސް އުމްރާ އަށް ދެވިދާނެ ކަމަށެވެ. އަދި އުމްރާ އަށް ގެންދާ އަގު ހެޔޮވެފައި، އެ އަގު ދެއްކުމުގައި ވެސް އެތައް ފަސޭހަތަކެއް ދީފައިވާ ކަމަށެވެ.

މުސާފިރީން އިން އުމްރާ އަށް ގެންދިޔަ ބައެއް ފަރާތްތަކަށް، އެ ގްރޫޕްގެ ޝެއިހެއް މައުލޫމާތު ދެއްވަނީ.

މުސާފިރީން އިން އުމްރާ އަށް ގެންދިޔަ ބައެއް ފަރާތްތަކަށް، އެ ގްރޫޕްގެ ޝެއިހެއް މައުލޫމާތު ދެއްވަނީ.

"އަޅުގަނޑުމެންގެ އަގުތައް ހެޔޮވާނެ. އަނެއްކާ އެވަރަށް ފައިސާ ނުދެއްކޭ ނަމަ، ބަހާލައިގެން ވެސް ފައިސާ ދެއްކިދާނެ. ފައިސާ ހިފައިގެން އޮފީހަށް ނައިސް، އަޅުގަނޑުމެންގެ އެކައުންޓަށް ޖަމާ ކޮށްފައި ސްލިޕްކޮޅު ފޮނުވާލުމުން ވެސް މައްސަލައެއް ނުޖެހޭނެ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމްރާ އަށް ދާން ބޭނުންވާ މީހުން، ފޯނުކޮށްފައި ބުނުމުން އެ މީހަކު ހުރި ތަނަކަށް ގޮސް ރަޖިސްޓްރީ ކޮށްދީ ޕާސްޕޯޓާ ހަވާލުވުން ފަދަ، އެތައް ފަސޭހަތަކެއް އެ ގްރޫޕުން އުމްރާ އަށް ގެންދާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

އަނަސް ވިދާޅުވީ، އެ ގްރޫޕުން އުމްރާ އަށް ގެންދާ މީހުން ބައިތިއްބަނީ ހަތަރު ތަރީގެ ފެންވަރުގެ ހޮޓާތަކުގައި ކަމަށެވެ. އަދި އެއީ ހިނގާފައި، ހަރަމްފުޅަށް 5-8 މިނެޓުން ދެވޭހާ ކައިރީގައި ހުންނަ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އެތަނުގައި ފެންވަރު ރަނގަޅު ދިވެހި ކެއުން، ދިވެހި ކައްކާއަކާއެކު އެ ތަންތަނުން ހަމަޖެހިފައިވާނެ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

ދިޔާާފާ ގްރޫޕްގެ އެމްޑީ އަނަސް އަށް އެވޯޑް ހަވާލުކުރައްވަނީ.

ދިޔާާފާ ގްރޫޕްގެ އެމްޑީ އަނަސް އަށް އެވޯޑް ހަވާލުކުރައްވަނީ.

އެ ގްރޫޕުގެ ހިދުމަތުގެ ފެންވަރަށް ބެލުމަށް ފަހު، އެ ގްރޫޕުން އުމްރާއަށްދާ ފަރާތްތައް ބައިތިއްބާ ދިޔާފާ ހޮޓެލް ގްރޫޕުން ވަނީ އެވޯޑެއް ވެސް ދީފަ އެވެ. އަނަސް ވިދާޅުވީ އެވޯޑް ދިނީ، އުމްރާ އަށް ގެންދާ ފަރާތްތަކަށްދޭ ހިދުމަތްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި މިއީ ދިވެހި އުމްރާ ގްރޫޕަކަށް ދިޔާފާ އިން ދިން ފުރަތަމަ އެވޯޑް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ ޑިސެންބަރު މަހު ބޮޑު ބަންދާ ދިމާކޮށް މުސާފިރީން އިން އުމްރާ އަށް މީހުން ގެންދިއުމަށް ވަނީ ތައްޔާރުވެފަ އެވެ. އެ ގްރޫޕުން މިހާރު ގެންދަނީ ބުކިންހެއްދުމާއި ފައިސާ ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މުސާފިރީން އިން އުމްރާ އަށް ދާ ފަރާތްތަކަށް، ދިވެހި ކެއުންތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

މުސާފިރީން އިން އުމްރާ އަށް ދާ ފަރާތްތަކަށް، ދިވެހި ކެއުންތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

އަނަސް ވިިދާޅުވީ، އުމްރާ ދަތުރުތަކުގައި ސައުދީގެ އާސާރީ ސަރަހައްދުތައް ބަލާލަން ދެވޭނެ ކަމަށެވެ. އަދި އެ ބަަޔަކު ބޭނުންވެއްނެ ނަމަ ވަކިންވެސް، ޓްރިޕްތައް ރޭވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގްރޫޕުން މިހާތަނަށް ގިނަ ބަޔަކު އުމްރާ އަށް ގެންދިޔަ ނަމަވެސް، ހައްޖަށް ގެންދިއުމުގެ ފުރުސަތެއް އަދި ނުލިބެ އެވެ. ނަމަވެސް، އެ ގްރޫޕުން ތިބީ ދިވެހިން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމުގެ ފޮނި އުންމީދުގަ އެވެ.