Roadha Mihaaru
ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ރ. އަތޮޅަށް

ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ރ. އަތޮޅަށް

24 އޮކްޓޯބަރ 2017

ސަރުކާރުން ހިންގި މަޝްރޫއުތަކެއް ނިންމައި އެ މަޝްރޫއުތަކުގެ ހިދުމަތް ފެށުމަށާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުން ހިންގި މަޝްރޫއުތަކެއް ނިންމައި އެ މަޝްރޫއުތަކުގެ ހިދުމަތް ފެށުމަށާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ރ. މީދު އާއި މަޑުއްވަރީގެ އިތުރުން އެ އަތޮޅު ފައިނަށެވެ.

ރައީސް އޮފީހުން ބުނީ ފުރަތަމަ މަޑުއްވަރީ އަށް ވަޑައިގެން އެ ރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވާނެ ކަމަށެވެ. ފައިނަށް ވަޑައިގެން އެ ރަށު ބަނދަރު ހުޅުއްވައިދެއްވައި މީދޫގައި ބިނާކޮށްފައިވާ މިސްކިތް ހުޅުއްވައިދެއްވާނެ އެވެ. މީގެ އިތުރުން އެ ރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ގއ. ގެ އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފަ އެވެ.