ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު އަރުވައިފި އެވެ.
23 އޮކްޓޯބަރ 2017
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު އަރުވައިފި އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސީ މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ. ނަމަވެސް އެ ގައުމުގެ ރައީސް ސިރިސޭނާ އަށް އެ ފަތްކޮޅު އެރުވުން ލަސްވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އޭނާ އަށް އޮތީ އަމާޒުވެފަ އެވެ.
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސެނާއަށް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ ހެނދުނު 10:30 ގަ އެވެ.
މުންދުގެ މަގާމުގެ ފަތްކޮޅު ލަންކާގެ ރައީސަށް އެރުވުން ލަސްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މުންދު ބަލައިނުގަތުމަށް އެދި އިދިކޮޅު ބައެއް ފަރާތްތަކުން ލަންކާ ސަރުކާރަށް ޕްރެޝަރު ކުރުމުން ކަމަށް، އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.
އިދިކޮޅު ހަރަކާތުން މުންދު ދެކެ ހިތްހަމަނުޖެހުނީ ސަރުކާރުން އަންގައިފި ނަމަ މަގު މައްޗަށް އޭނާ އަމިއްލަ އަށް ނުކުންނަވައިގެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރަައްވާނެ ކަމަށް ވިދާޅުވުމުންނެވެ.
މުންދު ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި ދެ ގައުމުގެ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން އޭނާ އަށް ފާޑުކިޔަމުން ދަނީ ލަންކާގެ ހާރިޖީ އުސޫލުތައް ނޭނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާ ސަފީރަކަށް އައްޔަން ކުރެއްވުމުގެ ކުރިން މުންދު ހުންނެވީ އޮގަސްޓް 2016 އިން ފެށިގެން ޖަޕާންގެ ސަފީރަކަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއުކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.
މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ހުންނެވީ ޒާހިޔާ ޒަރީރެވެ.
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން މިއަދު
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ލަންކާގެ އެއްބާރުލުން ކަށަވަރުކޮށްދިން: ސަރުކާރު
ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
ގާތް ގައުމަކުން ރާއްޖެ އާމެދު ހަސަދަވެރިވޭ: ސައީދު
"ލަންކާއާ އެކު އޮތް ގުޅުން އާ ސަފީރުން ބަދަހިކުރާނެ"
ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ދަށަށް
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން