22 އޮކްޓޯބަރ 2017
އަންނަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓު އަމާޒުކޮށްފައި ވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓު އަމާޒުކޮށްފައި ވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ފަހުގެ ތާރީޚެއްގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ނިހާން "މިހާރު" އަށް ވިދާޅުވީ އެ ބަޖެޓު މައިގަނޑު ގޮތެއްގައި ޚާއްސަކޮށްފައި ވަނީ މުހިއްމު ދެ ދާއިރާ އަކަށް ކަމަށެވެ. އެއީ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަމުގެ ނިޒާމްގެ އިތުރުން މަޖިލީހަށް މެމްބަރުންތަކެއް އިންތިޚާބު ކުރަން ކަމަށް ވިދާޅުވި ނަމަވެސް ބަޖެޓުގެ ތަފްސީލެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގެ އަދަދުތައް އާއްމު ކުރާނީ، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުންނެވެ.
2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޚަރަދުތައް ބެހިފައިވާ ގޮތް
ނިހާން ވިދާޅުވީ އެންސްޕާ އާއި އާސަންދަ އަށް ބަޖެޓް މުހިންމުވީ، ރައްޔިތުންގެ ބޭސްފަރުވާގެ އެއްވެސް ކަމެއް ލަސްވާން ސަރުކާރުން ބޭނުން ނުވާތީ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެންސްޕާ އަށް އަށް މި އަހަރު ދޭން ބަޖެޓުގައި ދޭން ކަނޑައެޅީ 731 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ގާތްގަނޑަކަށް ނިމުނުއިރު، ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެއް، އެންސްޕާ އާއި އާސަންދަ އަށް ހޭދަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ފައިސާ ނުލިބިއްޖެ ނަމަ، ނިހާން ވިދާޅުވި ގޮތުގައި، އާސަންދަ އިން މިދިޔަ އަހަރާއި މި އަހަރުގެ ބައެއް ބިލްތަކަށް ވެސް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނެ އެވެ.
"ދިވެހި ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދީފައި އެ ފައިސާ ނުދައްކައި އޮންނަ ސަރުކާރަކަށް ރައީސް ޔާމީންގެ ސަރުކާރު ވާކަށް ބޭނުމެއް ނުވޭ. ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދެވީ ހަމަ ދިވެހިން. މިއީ ބޭރު ބަޔަކަށް ދީފައި އަދި ވަކި ބަޔަކަށް އޮޅުވާލައިގެން ގެންގޮސްފައި ހުރި އެއްޗެއް ވެސް ނޫން. ދިވެހި ރައްޔިތުންގެ ބަލި ހާލަތު ހުރި ގޮތުން ބޭސްކުރަން ހޭދަވި މިންވަރު މިއީ،" ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު
އާސަންދަ އިން ކުރިން ބުނެފައިވާ ގޮތުގައި އެތަނަށް ކަނޑައެޅި ބަޖެޓުން އެންމެ ގިނަ ހޭދައެއްކޮށްފައި ވަނީ ރާއްޖޭގެ ފާމަސީތަކާއި ބޭރުގެ ހޮސްޕިޓްލަތަކަށެވެ. ފާމަސީތަކަށް ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ރާއްޖެ އިން ބޭރަށް 60 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އާސަންދަ އިން ވަނީ ބުނެފަ އެވެ.
އާސަންދަގެ ޚިދުމަތް ފޯރުކޯށްދޭ ތަންތަނަށް އެތައް މިލިއަނުން ފައިސާ ދައްކަން ޖެހިފައި ހުރިއިރު، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބޭތީ ބައެއް ތަންތަނުން ދަނީ ޝަކުވާކުރަމުންނެވެ. މި މައްސަލާގައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، ދައުލަތުން އެއްވެސް ފައިސާއެއް ދައްކަން ޖެހިފައިވާ ނަމަ އެ ފައިސާ އެ ފަރާތަކަށް ދޭނެ ކަމަށެވެ.
ނިހާން ވިދާޅުވީ މުހިއްމު މި ދާއިރާގެ އިތުރުން، ވަކި މަޝްރޫއެއް ކަނޑައަޅައި އެ މަޝްރޫއެއް ހިންގަން ފައިސާ ހޯދަން ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ބައި އިލެކްޝަނަށް ޚާއްސަކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ސާފުނުވި ނަމަވެސް ހަ ދާއިރާއެއްގެ އިންތިހާބަށް 12 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ.
ކޮމިޝަންގެ ބަޖެޓުން އިންތިހާބުތައް ބޭއްވެން ނެތިގެން އެ ފައިސާ ހަމަޖައްސައިދޭން އިލެކްޝަންސް އިން ފިނޭންސް މިނިސްޓްރީގައި އެދުނެވެ. އިންތިޚާބު ލަސްވަނީ އެ ފައިސާ ހަމަޖައްސަން ފިނޭންސަށް ވެސް ދަތިތަކެއް ކުރިމަތިވުމުންނެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން މި ނިންމީ ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރަން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވަނިކޮށެވެ. އެ މިނިސްޓްރީގެ ސާކިއުލާއެއްގައިވާ ގޮތުން އެ ފިޔަވަޅު އަޅަނީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގެ ބޭނުމުގަ އެވެ.
ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ
ފޮނުވީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް
ދިވެހިންގެ ތަސައްވުރު ރަނގަޅަށް ކުރެވޭނީ މި ބަޖެޓުން
އާސަންދަ އާއި މުސާރަ ކުޑަ ނުވާނެ، މަދުކުރާނީ އިސްރާފު
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ނިހާން، ނައިބަކީ އާމިރު
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ހަފުތާއެއް ދީފި