Roadha Mihaaru
ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ

މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ

24 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި 26 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި 26 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން އޮފީސް ހިންގުމާއި އެހެނިހެން ހަރަދުތަކަށް އީސީ އަށް ބޮޑު އަދަދެއް ދޭން ކަނޑައެޅިއިރު، މިއީ އިންތިހާބަށް ހަރަދުވާނެ ކަމަށް އީސީން ލަފާ ކުރި އަދަދަށްވުރެ 14 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އީސީން ކުރިން ބުނި ގޮތުގައި ހަ ދާއިރާއެއްގެ އިންތިހާބަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލުނު ހަ މެމްބަރުން (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

މަޖިލީހުގެ ގޮނޑި ގެއްލުނު ހަ މެމްބަރުން (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

ބައި އިލެކްޝަން ބާއްވަން ނިންމި ދާއިރާތަކަކީ ދިއްދޫ ދާއިރާ، ވިލިނގިލީ ދާއިރާ، ތުލުސްދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، މައްޗަންގޮޅީ ދެކުނު ދާއިރާ އަދި ދަނގެތީ ދާއިރާގެ އެވެ. އެކަމަކު، މިހާތަނަށް އައިއިރު ވެސް، ބައި އިލެކްޝަން ބާއްވާނެ ތާރީހެއް އީސީން އިއުލާނެއް ނުކުރެ އެވެ.

ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މި އަހަރު ހިނގާނެ ކަމަށް ބެލެވޭ ޚަރަދުތައް ހަމަޖެއްސުމަށް 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފަ އެވެ. މިއީ ގާނޫނުއަސާސީގެ ދަށުން އޭރަކު އޮންނަ ސަރުކާރަށް ލިބިދީފައި އޮންނަ ބާރެކެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި އެންމެ ބޮޑަށް ހަރަދު ވާނެ ކަމަށް ބުނެފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް އެކަނިވެސް 330 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން އިންޝިއުރަންސް ސްކީމަށް އިތުރު 300 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަހަރުގެ މިހާތަނަށް އެ ސްކީމަށް 406.9 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.

މީގެއިތުރުން ސިއްހީ ދާއިރާއާ ގުޅުން ހުރި ވަސީލަތްތައް ހޯދުމަށް އިތުރު 30 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ. މި އަހަރުގެ ބަޖެޓުގައި މެޑިކަލް ސަޕްލައިޒް/ ކޮންޒިއުމްބަލްސް އަށް ފާސްކޮށްފައި ވަނީ 298.9 މިލިއަން ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

އަހަރުގެ މިހާތަނަށް ކޮންޒިއުމަބަލްސް އަށް 256 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ހަރަދަކީ އަހަރަކުން އަހަރެއް ބޮޑުވަމުންދާ ހަރަދެއް ކަމުން މި އަހަރު ވެސް މެޑިކަލް ކޮންޒިއުމަބަލްސް އަށް ބަޖެޓް ކުރި ވަރަށް ވުރެ އިތުރަށް ހަރުދު ހިނގާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ހަމައެއާއެކު، ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އިންޖީނު ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ އިތުރު 50 މިލިއަން ރުފިޔާ އާއި ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުން ރީޖަނަލް އެއާޕޯޓްސް އަށް ބޭނުންވާ 40 މިލިއަން ރުފިޔާ އާއި ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ 47 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ބަޖެޓުގައި ހިމެނުމަށް ހުށަހެޅި ކަންތައްކުގެ ހުލާސާއެއް:

- އައިޖީއެމްއެޗް އަދި ހެލްތު ދާއިރާ (30 މިލިއަން ރުފިޔާ)

- ސިއްހީ އިންޝުއަރެންސްގެ ނިޒާމު، އާސަންދަ (300 މިލިއަން ރުފިޔާ)

- މޯލްޑިވްސް ޕޮލިސް ސާވިސް (50 މިލިއަން ރުފިޔާ)

- އިލެކްޝަން (26 މިލިއަން ރުފިޔާ)

- ރީޖަނަލް އެއާޕޯޓްސް (40 މިލިއަން ރުފިޔާ)

- އެޑިއުކޭޝަން މިނިސްޓްރީ (47 މިލިއަން ރުފިޔާ)

ޖުމްލަ: 493 މިލިއަން ރުފިޔާ