ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލެވެން ނެތް ކަމަށާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ވެސް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
15 ނޮވެމްބަރ 2017
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލެވެން ނެތް ކަމަށާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ވެސް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބަޖެޓުގައި ހާއްސަ އިސްކަމެއް ދީފައި ވާނެ ކަމަށެވެ. އެގޮތުން ތަރައްގީގެ އެކި މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"2018 ވަނަ އަހަރަކީ ވެސް ދައުލަތުގެ ބަޖެޓުން ރައްޔިތުން އުއްމީދުކުރާ ފަދަ މަޝްރޫއުތަކެއް ފަށައި ހަރަދު ކުރާނެ އަހަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހަށް އަންނަ ކޮންމެ ލޮޅުމެއް ރާއްޖޭގެ ކްރެޑިޓް ރޭޓިން އާއި ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންގައި ލިސްޓްކޮށްފައިވާ ސޮވެރިން ބޮންޑަށް އަސަރު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ރޭޓިން އާއި ބޮންޑުގެ ހިޔަނި ރާއްޖެ އަށް ފަހިވާ ގޮތަށް ބޭއްވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސީހު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
"މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން. ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ވިސްނާ ކޮންމެ މީހެއްގެ ވާޖިބެއް. އެހެންކަމުން ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުމަކީ ގައުމީ ޒިންމާއެއް ކަމުގައި ހައްދަވާނެ ކަމަށް އުންމީދު ކުރަން،" މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ވާނީ އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް އިގްތިސާދީ ކުރިއެރުން ދަމަހައްޓައިދޭ ބަޖެޓަކަށެވެ. އެހެންވެ، އިގްތިސާދުގެ ކުރިބޯއްޓަށް ވާސިލްވުމަށް ދައުލަތުން ކުރަމުންދާ ހޭދަ މަޑުޖައްސާލެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓުގެ ލަނޑުދަނޑި އަކީ ގައުމު އާރާސްތު ކުރުމާއި އިންސާނީ ވަސީލަތްތައް ގާއިމުކުރުމާއެކު، އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ މަޑުޖައްސާނުލައި މިހާރު ހިނގަމުންދާ ގިނަ ގުނަ މަޝްރޫއުތައް ނިންމައި ދައުލަތް ވަރުގަދަ ކުރުމާއި އިގްތިސާދީ މަންފާ ލިބޭ އާ މަންފާތަކާއި އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ޕްރޮގްރާމްތައް ފެށުން،" އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރެއްވި ޖަލްސާގައި މުނައްވަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް އިގްތިސާދީ މަންފާ ލިބިގެން ދިއުމަކީ ބަޖެޓުގެ ލަނޑުދަނޑިއެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ނިހާނު (ވ) އާއި މުހައްމަދު އިސްމާއިލް. - ފޮޓޯ: މަޖިލިސް
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އަހަންމިއްޔަތު ކަމެއް ދީ، މަޝްރޫއުތައް ނިންމައި ނަތީޖާ ހާސިލް ވާނެ ގޮތަށް ތައްޔާރު ކުރި ބަޖެޓެއް ކަމަށެވެ. މުނައްވަރު ވަނީ މުއައްސަސާތަކަށް ބަޖެޓުގައި ހިމަނާފައިވާ ކަންކަން، އެ ހިފެހެއްޓިފައި އޮތް މިންވަރުގައި ބަހައްޓައި ދިނުމަށް އެދިވަޑައިގަންނަވައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.
މީގެއިތުރުން ބަޖެޓުގައި ރިކަރަންޓު ހަރަދަށް 16.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކުރަނީ މުސަރަ އާއި ޕެންޝަނަށެވެ. ބަޖެޓުގެ 11.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ. މީގެތެރެއިން ބޮޑު ބައެއް ހަރަދު ކުރަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.
ބަޖެޓުގައި ނެތަސް، އެއާޕޯޓުތައް އަޅާނަން: މުނައްވަރު
ދަތިއަޅުވައި ވައްޓާލައިގެން މަޝްރޫއުތައް ނުހިނގާނެ
ދަރުމަވަންތަ ހޮސްޕިޓަލަށް 818 މިލިއަން ރުފިޔާ
ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން 234 މިލިއަން
27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ