އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
15 ނޮވެމްބަރ 2017
އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ 25 ބުރީގެ އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އެތަނުން އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އެ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް 818 މިލިއަން ރުފިޔާ ކަނޑައެޅީ، ބޭނުންވާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި ހޯދަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ހޯދައި ކުއްލި ފަރުވާގެ ހިދުމަތް ގާއިމްކުރަން ވެސް އަންނަ އަހަރުގެ ބަޖެޓުން ހޭދަކުރާނެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި 26 އަށް އެތަން ހުޅުވުމެވެ.
އެ ހޮސްޕިޓަލާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތެވެ. އެތަނަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަކުރާއިރު، އެއީ އެފަދަ އިމާރާތަކާ އަޅާ ބަލާއިރު ދެ ގުނަ ބޮޑު އަދަދެއް ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެތަން އިމާރާތް ކުރަން، ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އާ ހޮސްޕިޓަލްގެ އިމާރާތަށް އަންނަ އަހަރު 447މިލިއަން
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!
ފިޒިއޮތެރަޕީގައި ދަރުމަވަންތަ އެންމެ ކުރީ ސަފަށް
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!
ތަރައްގީ މަޑުޖެއްސޭކަށް ނެތް، އުއްމީދުތައް ހާސިލްވާނެ
ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން 234 މިލިއަން
27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި