09 ނޮވެމްބަރ 2016
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ އައްޔަންކޮށްފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ އައްޔަންކޮށްފި އެވެ.
ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރަކަށް އައްޔަންކުރީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓް ދިރާސާކުރަނީ މާލިއްޔަތު ކޮމެޓީ އާއި އިގުތިސޯދީ ކޮމިޓީ ގުޅިގެންނެވެ.
ނިހާނަށް މުގައްރިރުކަން އަދި އާމިރަށް ނައިބު މުގައްރިރުކަން ދިނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.
މި އަހަރު ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވީ ނިހާނެވެ. ނަމަވެސް އޭރު ނައިބު މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފެވެ.
މާލިއްޔަތު ކޮމެޓީގައި ތިއްބަވަނީ ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު، ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް، ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން ޝަހުދީ، ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު، ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު، ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް އަދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރެވެ. އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް، ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ފަޒާދު، މަޑަވެލީ ދާއިރާގެ ޕީޕީއެމް މެމްބަރު މުއާޒް މުހައްމަދު ރަޝީދު، ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ، ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ، މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް، ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް އަދި ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލިހަށް އިއްޔެ ހުށަހެޅުއްވީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ބަޖެޓުގެ ތެރެއިން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި ހަރަދުގެ 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. ބަޖެޓު ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ކުރާ ހަރަދު (7.2 ބިލިއަން ރުފިޔާ، 26.7 ޕަސެންޓް) އާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު (10.3 ބިލިއަން ރުފިޔާ، 40.2 ޕަސެންޓް) އާއި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދު (3.5 ބިލިއަން ރުފިޔާ، 12.5 ޕަސެންޓް) އަދި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމުގެ ހަރަދު (5.9 ބިލިއަން ރުފިޔާ، 20.6 ޕަސެންޓް) އެވެ.
ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު މާދަމާ ހުށަހަޅަނީ
3 އަހަރުން 19 ބިލިއަން ރުފިޔާ ދައްކަންޖެހޭ: ޒިޔަތު
"ލޯނާއި ބޮންޑުގެ ސަބަބުން ރިޒާވަށް އަސަރު ކުރާނެ"
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ނިހާން، ނައިބަކީ އާމިރު
ބަޖެޓު އަމާޒުކުރީ އެންސްޕާ އާއި ބައި އިލެކްޝަނަށް
ދައުލަތުގެ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި
ދިވެހިންގެ ތަސައްވުރު ރަނގަޅަށް ކުރެވޭނީ މި ބަޖެޓުން