19 އޮކްޓޯބަރ 2017
ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ނުވަ މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން އަމުރު ނެރެދިން ނަމަވެސް އެކަމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ތައްޔާރުވެފައި ނުވާތީ ޓެގް އަޅުވަން 14 ދުވަސް ނަގާނެ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ނުވަ މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން އަމުރު ނެރެދިން ނަމަވެސް އެކަމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ތައްޔާރުވެފައި ނުވާތީ ޓެގް އަޅުވަން 14 ދުވަސް ނަގާނެ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މޮނިކޮން އަމުރު ނުވަ މީހެއްގެ މައްޗަށް ނެރެދީފައިވާއިރު އިއްޔެ ވަނީ ތިން މީހެއްގެ މައްޗަށް އެ އަމުރު ތަންފީޒް ކުރަން ފަށައިފަ އެވެ. ނަމަވެސް އަމުރު ތަންފީޒު ކުރަމުން އަދި އަންނަނީ ކުށްވެރިން މޮނީޓާ ކުރަން ޓެގް ނާޅުވަ އެވެ.
އެ ޓެގްގެ ސަބަބުން، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމަކަށް އެ މީހުން އުޅޭނޫޅޭ ގޮތް ބެލެ އެވެ.
މިހާރަށް އެނގިފައިވާ ގޮތުގައި އެކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ތައްޔާރުވެފައި ނުވާތީ ސެޓަޕް ހުރީ ނެހެދި އެވެ. އެކަމަށް 14 ވަރަކަށް ދުވަސް ނަގަ އެވެ.
އެކަމާ ގުޅިގެން ފުލުހުންނާއި ހޯމް މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެކެވެ. އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ހައިކޯޓުން ނެރޭ އެ އަމުރު ތަންފީޒު ކުރަން ޖެހޭ ބަޔަކީ ފުލުހުންނެވެ.
ގޭންގްތަކާއި ލީޑަރުންނާއި ކަނޑައެޅުން ކޮމިޓީއަކަށް
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި
މޮނިކޮން އަމުރު އައި ހަތަރު މީހަކު ވީތަނެއް ނޭނގޭ
މާރާމާރީތައް ކުރިއަށް، އަދިވެސް ޓެގެއް ނޭޅުވޭ!
މިހަފުތާގެ ތެރޭގައި ޓެގް އަޅުވާނަން: ހޯމް މިނިސްޓަރު
މަރަމުން ދުވަނީ! ފުލުހުންނަކަށް ނުހުއްޓުވޭ!
މާރާމާރީތަކާ ގުޅިގެން އަޒްލީންގެ ފާޑުކިޔުން މީޑިއާ އަށް
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި