Roadha Mihaaru
މަރަމުން ދުވަނީ! ފުލުހުންނަކަށް ނުހުއްޓުވޭ!

މަރަމުން ދުވަނީ! ފުލުހުންނަކަށް ނުހުއްޓުވޭ!

24 ސެޕްޓެމްބަރ 2017

މާލޭގައި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި، ވަޅި ހަރައި ތިން ވަނަ މީހާ ރޭ ވަނީ މަރާލައިފަ އެވެ. އަނެއްކާ ވެސް އިތުރު މަރެކެވެ. އޭގެ ކުރިން ހިނގައިދިޔަ ރަހުމު ކުޑަ ދެ މަރުގެ ހަނދާންތައް އަދި މިއުޅެނީ ނުގޮހެވެ. ތަހުގީގު އޮތީ ފެށި މަރުހަލާގަ އެވެ. އެ ދެ މަރާ ގުޅޭ ބައެއް މީހުން އަދިވެސް ދަނީ ހޯދަމުންނެވެ. ތަހުގީގާ ބެހޭ އެހާ ގިނަ މައުލޫމާތުތަކެއް އަދި ފެންމަތި ވެފައި ނެތަސް، އެއީ ގުރޫޕު މާރާމާރީއާ ގުޅުން ހުރި ދެ މަރު ކަމަށް ވަނީ ބެލެވިފަ އެވެ. ރޭ ވެސް އެ ދިޔައީ ބެލެވޭ ގޮތުން އެ ސިލްސިލާގެ ބައެކެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި، ވަޅި ހަރައި ތިން ވަނަ މީހާ ރޭ ވަނީ މަރާލައިފަ އެވެ. އަނެއްކާ ވެސް އިތުރު މަރެކެވެ. އޭގެ ކުރިން ހިނގައިދިޔަ ރަހުމު ކުޑަ ދެ މަރުގެ ހަނދާންތައް އަދި މިއުޅެނީ ނުގޮހެވެ. ތަހުގީގު އޮތީ ފެށި މަރުހަލާގަ އެވެ. އެ ދެ މަރާ ގުޅޭ ބައެއް މީހުން އަދިވެސް ދަނީ ހޯދަމުންނެވެ. ތަހުގީގާ ބެހޭ އެހާ ގިނަ މައުލޫމާތުތަކެއް އަދި ފެންމަތި ވެފައި ނެތަސް، އެއީ ގުރޫޕު މާރާމާރީއާ ގުޅުން ހުރި ދެ މަރު ކަމަށް ވަނީ ބެލެވިފަ އެވެ. ރޭ ވެސް އެ ދިޔައީ ބެލެވޭ ގޮތުން އެ ސިލްސިލާގެ ބައެކެވެ.

ސުވާލަކީ މި އެވެ؛ ގުރޫޕުތައް ނުކުމެ މީހުން މަރަމުން ދުވާއިރު، މާލެތެރެ ރައްކާތެރި ތަނަކަށް ހެދުމަށް މި ސަރުކާރުން ވެފައިވާ ވައުދު ކޮބައި ހެއްޔެވެ؟ ތަހުގީގުތަކާއި ޝަރީއަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ނުގޮސް، މިހާ ގިނަ ދުވަސްވީ އިރު ވެސް މައްސަލައިގައި ހިމެނޭ މީސްމީހުން ހޯދައި އަދިވެސް ނުނިމެނީ ކީއްވެ ހެއްޔެވެ؟ މާރާމާރީ ހުއްޓުވުމަށް ޓަކައި ފުލުހުންނާއި އިންޓެލިޖެންސްގެ ދައުރު ކޮބައި ހެއްޔެވެ؟

ޖުލައި މަހު ހިންގި މާރާމާރީތަކުގައި މަރާލި ނަދީމް (ކ) އަދި އަނަސް.

ޖުލައި މަހު ހިންގި މާރާމާރީތަކުގައި މަރާލި ނަދީމް (ކ) އަދި އަނަސް.

މަރުގެ ކުރީގެ މައްސަލަތައް ވެސް ނުނިމި

ޖުލައި މަހުގެ ތެރޭގައި ރަހުމް ކުޑަގޮތަކަށް ދެ ޒުވާނަކު މަރާލި ފަހުން، އައިޓަމްސް ފިހާރަ ކައިރިން ރޭ 11 ޖަހާކަންހާއިރު، ވަޅި ޖަހައި މަރާލީ ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހުމަދެވެ.

މީހުން މެރުމުގެ ސިލްސިލާއެއް ދެމިގެންދާއިރު މިދިޔަ ޖުލައި މަހަށް ބަލާއިރު ހަފުތާއެއްގެ ތެރޭގައި ފަސް މާރާމާރީ ހިންގި އެވެ. ކެފޭއެއްގެ ތެރޭގައި އިންދައި ތޫނު އެއްޗަކުން ހަމަލާދީ 24 އަހަރުގެ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައާ ގުޅިގެން ހައްޔަރު ކުރިކަން އެނގިފައި ވަނީ އެންމެ މީހެކެވެ. އެއީ މީގެ ކުރިން ފުލުހުން އާއްމުކުރި ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މުހައްމަދު މަފާޒެވެ. އޭނާ ހައްޔަރު ކުރީ ވެސް ނަދީމު މަރާލިތާ އެތައް ދުވަހެއް ފަހުންނެވެ.

ފުލުހުން މިހާރު މައުލޫމާތު ދޭ ގޮތުގައި އެ މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރަން ވަނީ ފޮނުވައިފަ އެވެ. އެކަމަކު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ދެން އޮތީ 37 ތަނަކަށް ވަޅިން ހަމަލާދީ މަރާލި އަހުމަދު އަނަސް ގެ ވާހަކައެވެ. އޭނާ މަރާލީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ދިން ވަޅީގެ ހަަމަލާއެއްގަ އެވެ. "ކުށްވެރިވީ" އަނަސް ލައިގެން ހުރި ޓީޝާޓް ކަމަށް ގައުމުގެ އިސް ވެރިން ބުނާއިރު އެ މައްސަލާގެ ތުހުމަތުކުރެވޭ އެންމެން އަދިވެސް ހައްޔަރެއް ނުކުރެވެއެވެ. މާނައަކީ، އެ މީހުން ވީ އާންމުންގެ ތެރޭގައި ކަމެވެ.

އަނަސްގެ ގާތިލުންތަކެއް ހޯދަން މިދިޔަ ހަފުތާގައި ވެސް އިއުލާން ކުރި އެވެ. އެއީ ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒް، 21، އާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު، 21، އެވެ.

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފައިވާއިރު އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ ދޫވެފަ އެވެ.

ފުލުހުން ކޮބާ؟

ފުލުހުންގެ އެކިއެކި އިންޓެލިޖެންސް ރިޕޯޓްތަކަށާއި ބޮޑެތި ތުހުމަތުތަކަށް ސިޔާސީ އެތަކެއް ލީޑަރުންނެއް މިހާރު ވެސް ޖަލުގައި ބަންދުކޮށްފައި އެބަ ތިއްބެވެ. ސިޔާސީ ގޮތުން ޕްރެޝަރެއް ދޭން އުޅޭ ކޮންމެ މީހެއްގެ މައްޗަށް އިންޓެލިޖެންސް ރިޕޯޓެއް ލިބެ އެވެ. ސިޔާސީ ޖަލްސާތަކާއި އެއްވުންތައް ހުއްޓުވެ އެވެ. އެކަން އެހެން ވާއިރު މުޖުތަމައުގެ ހަމަޖެހުން ނުހުއްޓުވެނީ ކީއްވެތޯ މިއީ އާންމުން އަބަދު ކުރަމުން އަންނަ ސުވާލެކެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި މާރާމާރީތައް ހުއްޓުވުމަށް މޮނިކޯން އަމުރު ނެރެ ޓެގް އެޅުވުމަށް ހޯމް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަަނަށް ވެސް އެކަމުގެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ. ޓެގް އެޅުވުމުން ކުށްވެރިން މޮނީޓާ ކުރުމަށް ފަސޭހަވާއިރު ކުށް މަދު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެކެވެ. އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ހައިކޯޓުން ނެރޭ އެ އަމުރު ތަންފީޒު ކުރަން ޖެހޭ ބަޔަކީ ފުލުހުންނެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.

ޖުލައި މަހު ހިންގި މާރާމާރީތަކާ ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އޭރު ވިދާޅުވީ މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖުލައި މަހު ހަމަލާދީ މަރާލާފައިވާ ނަދީމް އަދި އަނަސްގެ މަހާނަ

ޖުލައި މަހު ހަމަލާދީ މަރާލާފައިވާ ނަދީމް އަދި އަނަސްގެ މަހާނަ

ފުލުހުންގެ ކުރީގެ އިސް ބޭފުޅަކު ވިދާޅުވީ ގުރޫޕު މާރާމާރީތަކަކީ ފުލުހުން ހުއްޓުވަން ބޭނުން ނަމަ ހުއްޓުވަން ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ގޭންގު މާރާމާރީތަކާއި ގޭނގު ކުށްތަކާއި ގޭންގުތަކާއި ގޭންގުތަކުގެ އިސް މީސްމީހުންނާއި ގޭންގުތަކުގެ މެމްބަރުންނާ ބެހޭ ހުރިހާ މައުލޫމާތަކާއި ހުރިހާ ހަރަކާތްތަކެއްގެ މައުލޫމާތު ފުުލުހުންނަށް އެނގޭނެތީ އެވެ.

"އަޅުގަނޑު މަސައްކަތް ކުރި އިރު (މީގެ ހަތަރު ފަސް އަހަރެއްހާ ދުވަސްކުރިން) ވެސް އެ މައުލޫމާތު ވަރަށް ފުރިހަމަ އަށް ފުލުހުންނަށް ލިބިފައި ހުންނާނެ. މާލޭގައި މާރާމާރީއެއް ހިންގައިފިއްޔާ ބައެއް ފަހަރު އެކަން ކުރުމުގެ ކުރިންް ނޭނގުނަސް، ކުރުމާ ހިސާބުން ފުލުހުންނަށް އޭގެ މޯޓިވޭޝަން އެނގޭނެ. ގޭންގުތަކާ ބެހޭ ހުރިހާ މައުލޫމާތެއް، ހުރިހާ ހަރަކާތެއް ހަގީގަތުގައި ފުލުހުންނަށް އެނގެން ވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ގޭންގުތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރާތަނެއް އަޅުގަނޑަކަށް މިހާރަކު ނުފެނޭ."

ހަގީގަތުގައި ވެސް އެއީ ހަގީގަތަކަށް ވެދާނެ އެވެ؛ އެހެން ނޫން ނަމަ ފުލުފުލުން މިހާ ގިނަ މަރުގެ ކޭސްތަކެއް ފެންމަތިވެގެން ނުވާނެ އެވެ. "އަކަ ކިލޯ މީޓަރެއް ހަމަނުވާ ފަސްގަނޑެއްގައި" މިއީ ދެން ބޮޑުވަރެކެވެ.