03 ޖުލައި 2016
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހާ ހަމައަށް މާލެ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ފައިސާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހާ ހަމައަށް މާލެ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ފައިސާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މީސަމް މުސްތަފާ ވިދާޅުވީ މިދިޔަ އަންގާރަ ދުވަހާ ހަމައަށް 116314 މީހުން ރާއްޖެއިން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ވިލިމާލެ، މާލެ، ހުޅުމާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މިއަދު 10:30-2:30 އާ ހަމައަށް ފިތުރު ޒަކާތް ބަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބޮލަކަށް 500ރ. ގެ މަގުންނެވެ.
ފިތުރު ޒަކާތް ބަލައި އިސްލާމީ މަރުކަޒު ކައިރިގައި ބަޔަކު މަޑުކޮށްލައިގެން.--ފޮޓޯ:އިސްލާމީ މަރުކަޒު
ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް ފިތުރު ޒަކާތް ދޫކުރުމާއި ބަލައިގަންނަމުން އަންނަނީ އެ ރަށެއްގެ ކައުންސިލް އިދާރާއެއް މެދުވެރިކޮންނެވެ.
ފަގީރުންގެ ގޮތުގައި މާލެ ސަރަހައްދުން އެކަނި ވެސް 5000 މީހުން ރަޖިސްޓްރީކޮށްފައި ވެ އެވެ.
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ފަގީރުންގެލިސްޓުން މިއަހަރު 2،000 މީހަކު މަދުވެއްޖެ
ކޮވިޑާ ގުޅިގެން ފަގީރުންގެ އަދަދު އިތުރުވެއްޖެ
ފަގީރުންގެ ދަފްތަރުގައި ތިބީ 8،764 މީހުން
ޒަކާތް ހޯދުމަށް 16،294 މީހަކު ރަޖިސްޓަރީ ކުރި
ޒަކާތުގެ ގޮތުގައި މާލޭގައި ބޮލަކަށް 1،300 ރުފިޔާ
ފަގީރުންގެ ލިސްޓުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 900ރ. ބަހަނީ
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.