17 އޮކްޓޯބަރ 2017
މަސާޖުކުރުމުގެ ގާބިލްކަން ލިބިފައިވާ ރޮބޮޓެއް ސިންގަޕޫރުގެ ކްލިނިކެއްގައި ބަލިމީހުންނަށް ފަރުވާދޭން ފަށައިފި އެވެ.
މަސާޖުކުރުމުގެ ގާބިލްކަން ލިބިފައިވާ ރޮބޮޓެއް ސިންގަޕޫރުގެ ކްލިނިކެއްގައި ބަލިމީހުންނަށް ފަރުވާދޭން ފަށައިފި އެވެ.
"އެކްސްޕަޓް މެނިޕިއުލެޓިވް މަސާޖު އޮޓޮމޭޝަން" ކުރުކޮށްލާފައި އެމާގެ ނަން ދީފައިވާ ރޮބޮޓް އުފެއްދި މީހުން ބުނާގޮތުގައި އިންސާނުންގެ އަތްތިލަ އާއި ބޮޑުވައިއިނގިއްޔާ އެއްގޮތަށް މަސައްކަތްކުރާ މި ރޮބޮޓަކީ ބުރަކައްޓާއި ކަކޫ މަސާޖުކުރަން ޚާއްސަވެގެންވާ އެއްޗެކެވެ.
އެމާ އުފެއްދީ ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަސިޓީގައި ހަދާފައިވާ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އޭއައިޓްރީޓް އިންނެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި ޑޮކްޓަރަކާއި މަސާޖު ތެރަޕިސްޓަކާ އެކު މަސައްކަތްކުރާ ރޮބޮޓްގެ ހަރަކާތްތައް، ޕްރޮފެޝަނަލް މަސާޖުކުރާ މީހުންނާ ވަރަށް އެއްގޮތް ކަމަށް ބަލިމީހުން ބުނެ އެވެ.
ސިންގަޕޫރުގެ ނޯވާ ހެލްތު ޓްރެޑިޝަނަލް ޗައިނީޒް މެޑިކަލް ކްލިނިކްގައި މި މަހު 9 ވަނަ ދުވަހު މި ރޮބޮޓް ބޭނުންކުރަން ވަނީ ފަށައިފަ އެވެ.
ބަލިމީހާ އަށް އެންމެ އެކަށީގެންވަނީ ކޮން ކަހަލަ މަސާޖެއްކަން ދެނެގަތުމާއި ފަރުވާއާ އެއްވަރަށް މީހާ ރަނގަޅުވަމުންދާ މިންވަރު ބަލަމުން ގެންދިޔުމުގެ ގާބިލްކަން އެމާ އަށް ލިބިގެންވެ އެވެ.
އޭއައިޓްރީޓް އިން ބުނާގޮތުގައި މި ރޮބޮޓަކީ ދިގު މުއްދަތަށް ތަދުތައް މެނޭޖުކުރަން ޖެހޭ މީހުންނަށް ޚަރަދުކުޑަ އިޚްތިޔާރެކެވެ.
މަސައްކަތް ބުރަ މަސާޖުތަކަށް އެމާ ބޭނުންކުރުމުން ބަލިމީހުންނަށް މިހާރަށް ވުރެ ހެޔޮ އަގެއްގައި ގިނަ ވަގުތު މަސާޖުކޮށްދެވޭނެ ކަމަށާއި އޭރުން ތެރަޕިސްޓުންނަށް ހުސްވާ ވަގުތުގެ ބޭނުން ހިފާނީ މިހާރު ރޮބޮޓަށް މަސާޖު ނުކުރެވޭ، ކަރު ފަދަ ތަންތަން މަސާޖުކޮށްދޭން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސިންގަޕޫރްގައި ޑެލިވަރީ ރޮބޮޓްގެ ހިދުމަތް
ސިންގަޕޫރްގެ ޕާކެއްގައި ރޮބޮޓް ކުއްތާ ޓެސްޓްކުރަނީ
ސިންގަޕޫރުގެ ބާނީގެ ގެކޮޅާ މެދު އަލުން ކޯޅުން ފެށިއްޖެ
ސިންގަޕޫރުގައި ލިމްއާ ދެކޮޅަށް އަޑުއުފުލި ސަޕޯޓަރު ފުރުން މަނާކޮށްފި
ބިލިއަނަރު އޮންގުގެ މައްޗަށް ސިންގަޕޫރުގައި ދައުވާކޮށްފި
ސިންގަޕޫރުގެ ކުރީގެ ވަޒީރު ދައުވާތަކަށް އިއުތިރާފްވެއްޖެ
ސިންގަޕޫރުގެ "ބޭފޭންސީ" ރާއްޖެ އަށް!
އަނބިމީހާ މަރަން ހުކުމްކުރޭތޯ ކާރުގައި ބެހެއްޓީ ޑްރަގް
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި