ކާބޯތަކެއްޗާ ބެހޭ ގާނޫނެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
16 އޮކްޓޯބަރ 2017
ކާބޯތަކެއްޗާ ބެހޭ ގާނޫނެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ފުރަަތަމަ ސިޔާސަތު ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެ ބިލް ޑްރާފްޓުކުރުމުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކާބޯތަކެއްޗާ ބެހޭ ބިލަށް ގާނޫނީ ލަފާ ވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވުމުން ކާބޯތަކެތި ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބިލް ޑްރާފްޓްކުރުމުގައި ކަމާ ބެހޭ މިނިސްޓްރީތަކާއި ޖަމިއްޔާތަކުގެ އިތުރުން އެ ދާއިރާއާ ގުޅުން ހުރި އެކި ފަރާތްތަކުގެ އެއްބާރުލުން ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ކާބޯތަކެއްޗާ ބެހޭ ބިލެއް ތައްޔާރުކުރެވިގެން ދާނީ އެންމެންގެ ވެސް މަޝްވަރާއާ އެކު. އެ ބިލް އެކުލަވާލެވި މިހާރު ފަހު މަރުހަލާގައި މި އުޅެނީ،" ނާޒިމް ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން ލިބެން ޖެހޭ ލަފާތައް ލިބުމާ އެކު ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނަން."
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް
ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އިފްތިތާހުކޮށްފި
ހޮސްޕިޓަލްތަކަށް 600 މުވައްޒަފުން މި އަހަރު ނަގަނީ
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
އެސްޓީއޯއިން ގެންނަ ބޭސް 1،000 އަށް އިތުރުވެއްޖެ
އައްޑޫ ކެތު ލެބުގެ ހިދުމަތް 4 މަސް ތެރޭގައި ފެށޭނެ
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ
ކޮލެޖުތަކުގެ ދަރިވަރުން ލޭ ހަދިޔާކުރާ އެމްބެސެޑަރުންނަށް
18 ރަށެއްގެ ސިއްހީ ހިދުމަތްދޭ އިމާރާތް ހަވާލުކޮށްފި
ސައިޕްރަސްއާ ގުޅިގެން ތެލެސީމިއާ ފަރުވާ ހަރުދަނާކުރަނީ