ރާއްޖޭގައި ތެލެސީމިއާގެ ފަރުވާ ހަރުދަނާކުރަން ސައިޕްރަސްއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
21 މެއި 2025
ރާއްޖޭގައި ތެލެސީމިއާގެ ފަރުވާ ހަރުދަނާކުރަން ސައިޕްރަސްއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްވިޒަލެންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި އެ އެގްރިމެންޓުގައި ސޮއިކުރެއްވީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ސައިޕްރަސްގެ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސް އެވެ.
މިނިސްޓްރީން ބުނީ އެ އެގްރިމެންޓުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ދޭނީ ރާއްޖޭގައި ތެެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށެވެ. އޭގެ ތެރޭގައި؛
- ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި ބަލި ދެނެގަތުމާއި ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދުން
- މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުން
- ސިއްހީ ހިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރަން ސައިޕްރަސްއިން އެހީ ދިނުން
އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 18 ޕަސެންޓު މީހުންނަށް ތެލެސީމިއާ ފަރުވާދޭ ކަމަށާއި އެއީ އާއްމު ސިއްހަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ގައުމެއްގެ ފަރާތުން އިބުރަތް ހާސިލްކޮށް، އެ ފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި ލޭ އެޅުމާއި ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތެލެސީމިއާ ކަންކަން ހަރުދަނާކުރަން ސައިޕްރަސްގެ އެހީ
ބޯންމެރޯ ހަދަން 32 ކުއްޖަކަށް ފުރުސަތު ދީފި
އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް، މަސައްކަތް ނުފެށޭ
ބޯންމެރޯ ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ
ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އިފްތިތާހުކޮށްފި
ހޮސްޕިޓަލްތަކަށް 600 މުވައްޒަފުން މި އަހަރު ނަގަނީ
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
އެސްޓީއޯއިން ގެންނަ ބޭސް 1،000 އަށް އިތުރުވެއްޖެ
އައްޑޫ ކެތު ލެބުގެ ހިދުމަތް 4 މަސް ތެރޭގައި ފެށޭނެ
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ