Roadha Mihaaru
ބޯންމެރޯ ހަދަން 32 ކުއްޖަކަށް ފުރުސަތު ދީފި

ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ހަދަން މި އަހަރު 32 ކުއްޖަކަށް ފުރުސަތު ދީފި

15 ޖެނުއަރީ 2018

ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން 32 ކުއްޖަކަށް ފުރުސަތު ދީ އެކަމުގެ ލިޔުން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން 32 ކުއްޖަކަށް ފުރުސަތު ދީ އެކަމުގެ ލިޔުން މިއަދު ދީފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ހަދާ ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ބޯން މެރޯ ހެދުމުގެ ފުރުސަތު ހޯދައި ދިނުމަކީ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

ރައީސް ޔާމީން ކުރިން ވިދާޅުވެފައި ވަނީ ފަސް އަހަރުގެ ތެރޭގައި 25 ކުދިންނަށް ބޯން މެރޯ ހެދުމުގެ ފުރުސަތު ހޯދައި ދެއްވާނެ ކަމަށް ވާއިރު، ތިން އަހަރުގެ ތެރޭގައި އެ ވައުދު ފުއްދަވާފައިވާ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، ފަސްޓް ލޭޑީ ފާތުން މިއަދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، ފަސްޓް ލޭޑީ ފާތުން މިއަދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ފަންޑުގެ ޚަރަދުގައި ބޯން މެރޯ ހެދުމުގެ ފުރުސަތު މިއަދު ލިބުނު ކުދިންނާއެކު، ޒަކާތު ފަންޑުން ވަނީ މިހާތަނަށް 55 ކުއްޖަކަށް ބޯން މެރޯ މަގު ފަހިކޮށްދީފަ އެވެ.

"ރައީސް ވައުދުވެވަޑައިގެންނެވީ ފަސް އަހަރުގެ ތެރޭގައި، ޖުމްލަ 25 ކުދިންނަށް ފުރުސަތު ދޭން. އެއީ އަހަރަަކު ފަސް ކުދިން. އެކަމަކު 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް 23 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ބޯން މެރޯ ހަދަން ލިބުމަކީ އެ ކުދިންގެ އާއިލާތަކަށް ލިބުނު ބޮޑު އުފަލެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން މިދިޔަ އަހަރު 277 މީހަކަށް ޒަކާތު ފަންޑުން އެހީދީފައިވާ ކަމަށެވެ. އަދި މުޅި ސިއްހީ ދާއިރާއަށް ޒަކާތު ފަންޑުން ނުވަ މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަން ޒިޔާދު ފާހަގަކުރެއްވި އެވެ.

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، ފަސްޓް ލޭޑީ ފާތުން މިއަދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، ފަސްޓް ލޭޑީ ފާތުން މިއަދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތަނަވަސްކަން ހުރި މީހުންނަށް ޒަކާތް ދެއްކުން އަވަސް ކުރުމަށް ޒިޔާދު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމުގެ ފޮނި ފައިދާ ގިނަ ބަޔަކަށް އޭރުން ކުރާނެކަން ފާހަގަކުރެއްވި އެވެ.

ތެލެސީމިއާ ބައްޔަކީ މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ކަމެކެވެ. މި ބަލި ޖެހިގެން މިހާތަނަށް 861 ކުއްޖަކު ރަޖިސްޓްރީ ކޮށްފައިވާއިރު، މިދިޔަ އަހަރު އަލަށް 12 ކުއްޖަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ބޯން މެރޯ ޓްރާންސްޕްލާންޓަކީ މި ކުދިންނަށް އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ.

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުދިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޯން މެރޯ ހަދަން ދާ ކޮންމެ ކުއްޖަކަށް ނުވަ ލައްކަ އާއި މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވެ އެވެ. އަދި މި ކުދިން ފަރުވާ ކުރުމަށް ތިނެއް ނޫނީ ހަތަރު މަސް ހޭދަވެ އެވެ.

ބޯން މެރޯ ހެދުމަށްފަހު، ރިވިއު ހަދަން ޖެހޭނެ އެވެ. އެކަމަށް ވެސް ހަރަދުކުރާނީ ޒަކާތު ފަންޑުންނެވެ.