16 އޮކްޓޯބަރ 2017
ކްލިކް ކޮމްޕިއުޓާސްގެ އާ ޝޯރޫމެއް މަޖީދީ މަގުގައި ހުޅުވައި، އެތަނުގެ ވިޔަފާރި ފުޅާކޮށްފި އެވެ.
ކްލިކް ކޮމްޕިއުޓާސްގެ އާ ޝޯރޫމެއް މަޖީދީ މަގުގައި ހުޅުވައި، އެތަނުގެ ވިޔަފާރި ފުޅާކޮށްފި އެވެ.
އާ ޝޯރޫމް ހުޅުއްވައިދެއްވީ ކްލިކް ކޮމްޕިއުޓާސްގެ ސީއީއޯ މުހައްމަދު ޒާހިރުގެ އަނބިކަނބަލުން، ނާދިޔާ މުހައްމަދެވެ.
އެތަން ހުޅުވީ ކުރިން ވެސް މަޖީދީ މަގުގައި ކްލިކް ކޮމްޕިއުޓާސްގެ ފިހާރަ ހިންގަމުން ދިޔަ މ. ޑައިމަންޑް ވެލީގަ އެވެ. އެކަމަކު ސަންފްރަންޓް ލިވިން ފަރުނީޗާ ސެންޓަރާ ޖެހިގެން ހުންނަ އެ ފިހާރަ އަލުން ހުޅުވީ ކުރިއަށް ވުރެ ބޮޑުކޮށް، އިތުރު ފްލޯއަކާ އެކުގަ އެވެ.
ކްލިކް ކޮމްޕިއުޓާސްގެ ސީއީއޯ މުހައްމަދު ޒާހިރުގެ އަނބިކަނބަލުން، ނާދިޔާ މުހައްމަދު އާ ޝޯރޫމް ހުޅުއްވައިދެއްވަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ
ކްލިކް ކޮމްޕިއުޓާސްގެ ޖެނަރަލް މެނޭޖަރު ރިފާޝާ ފާއިޒް ވިދާޅުވީ އާ ޝޯރޫމް ހުޅުވުމާ ގުޅިގެން އެތަނުން ގަންނަ ކޮންމެ ޕްރޮޑަކްޓަކުން ވަކި ވަރަކަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ގަަންނަ ކޮންމެ ޕްރޮޑަކްޓަކާ އެކު ހަދިޔާއެއް ދޭން ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ދުވަސް ވަންދެން ދެކެމުން ދިޔަ ހުވަފެނެއް. މިތަނާ އެކު، އަޅުގަނޑުމެންގެ ވިޔަފާރި އިތުރަށް ފުޅާވެ، ހިދުމަތްތައް އިތުރަށް ރަނގަޅުވެގެން ދާނެ،" ރިފާޝާ ވިދާޅުވި އެވެ.
ކްލިކް ކޮމްޕިއުޓާސްގެ ޖެނަރަލް މެނޭޖަރު ރިފާޝާ މީޑިއާއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ
އޭނާ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ކްލިކް ކޮމްޕިއުޓާސް އިން ވަރަށް ހާއްސަ އާ ޕްރޮޑަކްޓެއް ތައާރަފް ކުރާނެ ކަމަށެވެ. ނަމަވެސް އެ ޕްރޮޑަކްޓާ ބެހޭ ގޮތުން މިވަގުތު އެއްވެސް މައުލޫމާތެއް ހާމަނުކުރެއްވި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ކޮމްޕިއުޓަރު ވިއްކަމުން އަންނަ އެއް ކުންފުނި ކަމަށްވާ ކްލިކް ކޮމިއުޓާސް އިން އީދު މިސްކިތް ކައިރީގައި ވެސް ފިހާރައެއް ހިންގަ އެވެ.
ޔުނައިޓެޑު ފިހާރައިން ލޯޔަލްޓީ ކާޑެއް ތައާރަފް ކުރަނީ
ޔޫއެފްއެސް އިން މާލޭގައި ފިހާރައެއް ހުޅުވައިފި
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ފިހާރަތަކާ ގުޅުވައި،އިމިގްރޭޝަންގެ ނަމުގައި ފޭކްލިސްޓެއް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް
ފިންލެންޑް ސްކޫލަށް އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި