15 އޮކްޓޯބަރ 2017
ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރިއަށްދާ ނަމަ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރިއަށްދާ ނަމަ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަަލުން ނަސްރީނާ އިބްރާހިމް ބޭސްފަރުވާ އަށް މެލޭޝިޔާ އަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ފާރިސްގެ ޝަރީއަތް ވެސް ދާނީ އިންސާފުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އިންސާފުން ހިނގައްޖެ ނަމަ ދަރިކަލުން ވަރަށް އަވަހަށް މިނިވަންވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ހައްޔަރުކުރި ފާރިސްގެ މައްޗަށް ދެ ދައުވާއެއް ކޮށް ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ފަށައިފަ އެވެ. އެއީ ރިޝްވަތުގެ ދައުވާގެ އިތުރުން ޝަހުޝް އޮޅުވާލުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ ޕީޕީއެމުން ވަކިކުރި ފަހުން ވެސް އެ ޕާޓީގެ ބައެއް އެއްޗެހި ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ރަނގަޅު ވާނެ ކަމަށް އުއްމީދުކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ފާރިސް މިނިވަންވާނެ ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށެވެ.
".. އޭނާ [ފާރިސް] އެހުރީ އެއްވެސް ކުށެއް ކޮށްފައެއް ނޫން. އޭނާގެ މައްޗަށް ކުށެއް ސާބިތުވާ އެއްވެސް ހެއްކެއް ވެސް ނެތް. އެހެންވީމަ ހަމަ އާއި އިންސާފުން ޝަރީއަތް ހިނގާ ކަމުގައި ވަންޏާ އަޅުގަނޑު ދެކޭ ގޮތުގައި، ހަމަ އާއި އިންސާފުން ޝަރީއަތް ހިނގާނީ. އެހެންވީމާ އޭނާ ސަލާމަތްވާނެ،" ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި މައުމޫން ވިދާޅުވި އެވެ.
"ވަރަށް އަވަހަށް [އެކަން] ނިމޭނެ އިރާދަކުރެއްވިއްޔާ."
މާފުށީ ޖަލުގައި ފާރިސް ހުންނެވި ތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސް އިން ވަނީ މިދިޔަ ބުދަ ދުވަހު އޭނާ ގޭ ބަންދުކޮށްފަ އެވެ.
ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ މައުމޫން ވަނީ ފާރިސް ނުހައްގުން ޖަލަށްލީ، އެމަނިކުފާނަށް އަމާޒުކޮށް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ބޭއިންސާފުން ޖަލުގައި ހުރުމަކީ ޚިދުމަތެއް: ފާރިސް
މައުމޫން، ކަފާލާތުގެ ދަށުން މިނިވަންކޮށްފި
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް
މައުމޫނާއި ފާރިސް، ނަދީމްގެ ބަންދުގެ މައްސަލަހައިކޯޓަށް
ކަންތައްވީ ގޮތުން މައުމޫން ދެރަވޭ، ހިތްވަރު އެގޮތުގައި
ސިޔާސީ ބޭފުޅުންނަށް ޒަރޫރީ ބޭނުންތަކަށް ތަކެތި ނުލިބޭ