11 އޮކްޓޯބަރ 2017
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ހުށަހެޅި ލިޔުންތައް ހައި ކޯޓަށް ފޮނުވައިދޭން ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ހުށަހެޅި ލިޔުންތައް ހައި ކޯޓަށް ފޮނުވައިދޭން ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާގެ އިބްތިިދާއީ އަޑުއެހުން މިދިޔަ މަހުުގެ 25 ވަނަ ދުވަހު ބާއްވާފައި ވާއިރު އެ އަޑުއެހުމުގައި އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން ކޮންމެ މައްސަލައެއްގެ ވެސް އިބްތިދާއީ މަރުހަލާގައި އެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭތީ އެވެ.
އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުގެ އިތުރުން ފާރިސް ބަންދުން ދޫކުރެވެން ނެތް ކަމަށް ވެސް އެ އަޑުއެހުމުގައި ކޯޓުން ނިންމި އެވެ. އަދި ފުރަތަމަ އެ ދައުވާ ކޯޓަށް ހުށަހެޅިއިރު ނުބައި މާއްދާއަކާ ހަވާލާދީފައި އޮއްވާ ފަހުން އެ ދައުވާ އިސްލާހު ކޮށްފައިވާތީ އެއީ ވެސް ދައުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް ބުނެ ފާރިސްގެ ވަކީލުން އިޖްރާއީ ނުކުތާ ނެގި އެވެ. އެ ނުކުތާގައި ވެސް އެދުވަހު ކޯޓުން ނިންމީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކޯޓުގެ އެ ނިންމުންތައް އިސްތިއުނާފް ކުރަން ފާރިސްގެ ފަރާތުން ހުށަހެޅުމުން، އެ ނިިންމި ނިންމުމުގެ ލިޔުންތައް ނެތް ކަމަށް ބުނެ ކޯޓުން ވަނީ އިސްތިއުނާފް ފޯމް ބަލައިނުގެންފަ އެވެ. އެ ލިޔުން ހުށަހެޅިފައި ނެތީ ކްރިމިނަލް ކޯޓުން އެ ލިޔުންތައް ނުދޭތީ ކަމަށާއި އެހެންވެ އިސްތިއުނާފް ފޯމް ބަލައިގަނެ، ހައި ކޯޓަށް ފޮނުވައިދޭން އެދި، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިދިޔަ ހޯމަ ދުވަހު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
އެ ނިންމުންތައް ލިޔުމުން ދޭނެ ކަމަށް އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވެސް ވަނީ ވިދާޅުވެފަ އެވެ.
މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރާ އެ ދައުވާ އެ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.
އެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމި، މިހާރު އޮތީ ޝަރީއަތުގެ އަޑުއެހުންތައް ފަށައިފަ އެވެ.
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު
"ޝާފިއުގެ އިންޓަވިއުއާއެކު، ދައުވާގެ އަސާސެއް ނެތް"
މަޖިލިސް ހަތަރު މެމްބަރަކު ޝަހުސް އޮޅުވާލި: މައުމޫން
ފާރިސް މަޖިލީހަށް ނުގެންދިއުމަކީ ކުށެއް: މައުމޫން
"ފާރިސްގެ ދައުވާ އިސްލާހުކުރީ މުއްދަތު ހަމަވި ފަހުން"
ޝަރީއަތް މަޑުނުޖައްސަން ނިންމުމުން އިސްތިއުނާފަށް ދަނީ
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ބޭއިންސާފުން ޖަލުގައި ހުރުމަކީ ޚިދުމަތެއް: ފާރިސް
މައުމޫން އުންމީދުކުރައްވަނީ އިބޫ ހޮވި އިންސާފު ލިބުމަށް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް