Roadha Mihaaru
ފެރީން ފައިބަނިކޮށް އަންހެނަކު ވެއްޓި އަނިޔާވެއްޖެ

ފެރީން ފައިބަނިކޮށް އަންހެނަކު މޫދަށް ވެއްޓި އަނިޔާވެއްޖެ

30 ސެޕްޓެމްބަރ 2017

ހުޅުމާލޭން މާލެ އައި އެމްޓީސީސީގެ ފެރީއަކުން ފައިބަން އުޅުނު އަންހެނަކު މޫދަށް ވެއްޓި ރޭ އަނިޔާވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭން މާލެ އައި އެމްޓީސީސީގެ ފެރީއަކުން ފައިބަން އުޅުނު އަންހެނަކު މޫދަށް ވެއްޓި ރޭ އަނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 50 އަހަރުން މަތީގެ އެ އަންހެން މީހާ މޫދަށް ވެއްޓުނީ އޭނާ ފައިބަން އުޅެނިކޮށް، ފެރީ ކުޑަކޮށް ފަހަތަށް ޖައްސާލުމުންނެވެ. އޭނާ ވެއްޓުނު އިރު، ފެރީގެ އަރިމަތީގައި ހަރުކޮށްފައި ހުރި ޓަޔަރެއްގައި ފައި އަޅައިގަނެ، ފަޔަށް ވަނީ އަނިޔާތަކެއް ވެފަ އެވެ.

އަންހެން މީހާ މޫދަށް ވެއްޓުމުން އޭނާ ސަލާމަތްކުރީ އޭރު އެތަނުގައި ތިބި ބައެއް މީހުން މޫދަށް ފުންމާލައިގެންނެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ވެސް އެ މީހުންނެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާގެ ފައިގެ ކަށިގަނޑަށް ވަނީ ގެއްލުންވެފަ އެވެ. އެކަމަކު ފައި ބިންދައިގެންނެއް ނުދެ އެވެ.